logo
MPL

MPL

ޚަބަރު

އިންޑިޔާއިން ނެގި 400 މިލިޔަން ޑޮލަރުގެ ލޯނު އަނބުރާ ދައްކައިފި

ޒިދާން މުޙައްމަދު
23 އޭޕްރީލު 2026 - 16:49
އިންޑިޔާއިން ނެގި 400 މިލިޔަން ޑޮލަރުގެ ލޯނު އަނބުރާ ދައްކައިފި

ރިޒާވް ބެންކު އޮފް އިންޑިއާއިން 2024 ވަނަ އަހަރު ނަގާފައިވާ 400 މިލިޔަން ޑޮލަރުގެ ލޯނު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އަނބުރާ ދައްކައިފިއެވެ.

މި ލޯނަކީ 2024 ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިންޑިއާއަށް ކުރެއްވި ދަތުރުފުޅެއްގެ ތެރެއިން ޤާއިމުކުރި ކަރަންސީ ސްވޮޕް އެއްބަސްވުމެއްގެ ދަށުން ދޫކުރި ލޯނެކެވެ. ސަރުކާރުން ބުނީ ލޯނު ދައްކަންޖެހޭ ވަގުތު ހަމަވިއިރު އެ ލޯނު ދައްކައި ޚަލާސްކޮށްފައިވާ ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ލޯނު ދެއްކުމާ އެކު، އިންޑިއާއިން މިހާރު ވަނީ އިތުރު 30 ބިލިޔަން އިންޑިއާ ރުޕީސް ނުވަތަ 319 މިލިޔަން އެމެރިކާ ޑޮލަރުގެ ލޯނެއް ރާއްޖެއަށް ހަމަޖައްސައިދީފައެވެ. ސަރުކާރުން ބުނީ މި ލޯނުން މިވަގުތު ކުރިމަތިވަމުންދާ މާލީ ދަތިތަކަށް ހައްލު ހޯދުމާ އެކު އިޤްތިޞާދީ ތަރައްޤީއަށް މަސައްކަތްކުރެވޭނެ ކަމަށެވެ. އިންޑިއާއިން މި ލޯނު ހަމަޖެއްސުމާ ގުޅިގެން ދިވެހި ސަރުކާރުން ވަނީ އެކަމަށް ޝުކުރު އަދާކޮށް، ރާއްޖޭގެ ތަރައްޤީގައި އިންޑިއާއިން އަދާކުރާ ދައުރު ފާހަގަކޮށްފައެވެ.

މީގެ އިތުރުން 2019 ވަނަ އަހަރު ސްޓޭޓް ބޭންކު އޮފް އިންޑިއާ މެދުވެރިކޮށް ރާއްޖެއަށް ހަމަޖައްސައިދިން 150 މިލިޔަން ޑޮލަރުގެ ތެރެއިން 50 މިލިޔަން ޑޮލަރު ވެސް ސަރުކާރުން ވަނީ ދައްކައި ޚަލާސްކޮށްފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

30 ބިލިއަން ރުޕީސްގެ ސްވަޕް އަނބުރާ ދެއްކުން އިންޑިއާއިން ފަސްކޮށްދީފިޚަބަރު | 20 ދުވަސް ކުރިންއިންޑިއާއަށް ދެމެހެއްޓެނިވި އަމާންކަމާއި، އިތުރު ކުރިއެރުމަށް އެދެން: ނައިބު ރައީސްޚަބަރު | 3 މަސް ކުރިންއިންޑިއާއިން ހަކުރު ބޭރުކުރުން މަނާކޮށްފި، ރާއްޖެ އަށް ހުރަހެއްނެތްދުނިޔެ | 6 މަސް ކުރިންމިފްކޯގެ މަހުގެ އުފެއްދުންތައް ސްރީލަންކާގައި ރަސްމީކޮށް ތައާރަފުކޮށްފިވިޔަފާރި | 6 މަސް ކުރިން