logo
MPL

MPL

ވިޔަފާރި

މިފްކޯގެ މަހުގެ އުފެއްދުންތައް ސްރީލަންކާގައި ރަސްމީކޮށް ތައާރަފުކޮށްފި

މިފްކޯގެ މަހުގެ އުފެއްދުންތައް ސްރީލަންކާގައި ރަސްމީކޮށް ތައާރަފުކޮށްފި

ސްރީލަންކާގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މިފްކޯގެ މަހުގެ އުފެއްދުންތައް އެ ގައުމަށް ރަސްމީކޮށް ތައާރަފުކޮށްފިއެވެ.

މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒެވެ. މިފްކޯގެ އުފެއްދުންތައް ލަންކާއަށް ތައާރަފުކޮށްދެއްވީ މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙުމަދު ޝިޔާމެވެ. މި ރަސްމިއްޔާތުގައި ސްރީލަންކާގެ ޓްރޭޑް ކޮމާސް މިނިސްޓަރު ވަސަންތާ ސަމަރަސިންގެ އާއި ޑިވެލޮޕްމަންޓް އިންޓަރޕްލޭން ސިލޯންގެ ސީއީއޯ ޒުރައިޝް ހާޝިމް ބައިވެރިވެވަޑައިގެންނެވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންމަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާ އަޙުމަދު ޝިޔާމް ވިދާޅުވީ ރަސްމީކޮށް ތައާރަފުކުރުމުގެ ކުރިން ވެސް ސްރީލަންކާގެ ރައްޔިތުންގެ ހިތްތަކުގައި މިފްކޯގެ މަހުގެ އުފެއްދުންތަކަށް ޚާއްޞަ ލޯތްބެއް އޮތް ކަމަށެވެ. އަދި ދެ ގައުމުގެ ދެމެދުގައި އޮތް ދުވަސްވީ ގުޅުމުގެ މައްޗަށް ބިނާކޮށް، ލަންކާގެ ރައްޔިތުންނާއި ޚާއްޞަކޮށް ލަންކާގައި ދިރިއުޅޭ ދިވެހިންނަށް މި އުފެއްދުންތައް ފަސޭހައިން ލިބޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ. މީގެ އިތުރުން ރައީސް ޑރ. މުއިއްޒުގެ އިސްނެންގެވުމުގެ ދަށުން މަސްވެރިކަމުގެ ދާއިރާ ޒަމާނީކޮށް އިގުތިސާދީ ގޮތުން ފުޅާކޮށް، ތިމާވެއްޓާ ރައްޓެހި ސިނާއަތަކަށް ހެދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

ލަންކާގައި ތައާރަފުކުރި ތަކެތީގެ ތެރޭގައި މިފްކޯގެ ފަސްމީރު ބްރޭންޑްގެ ވަޅޯމަހާއި އެކި ބާވަތްތަކުގެ މަސްދަޅާއި ރިހާކުރާއި ޕެކެޓްގައި ބަންދުކޮށްފައި ހުންނަ މުގުރި މަސް ހިމެނެއެވެ. ކަނޑުގެ ވަސީލަތްތަކުން ދިވެހިންނަށް ލިބޭ ނަފާ އިތުރުކުރުމުގެ މަސައްކަތުގެ ތެރެއިން މިދިޔަ އަހަރުގެ ޖުލައި މަހު ވަނީ މަސްވެރިކަމުގެ އުފެއްދުންތަކަށް ޚާއްޞަ ގައުމީ ބްރޭންޑެއް ކަމަށްވާ "ފްރޮމް މޯލްޑިވްސް" ތައާރަފުކޮށްފައެވެ.

މި ބްރޭންޑަކީ ރައީސުލްޖުމްހޫރިއްޔާ އުފައްދަވައިފައިވާ މޯލްޑިވްސް ފިޝަރީސް އެންޑް އޯޝަން ރިސޯސަސް މާކެޓިންގ އެންޑް ޕްރޮމޯޝަން ކޯޕަރޭޝަންގެ އުފެއްދުމެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރާއްޖޭގެ ކަނޑުމަސް ޗައިނާގެ ބާޒާރަށް އެކްސްޕޯޓް ކުރުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފިޚަބަރު | 8 ދުވަސް ކުރިންގައުމުގެ ކާނާގެ ޔަގީންކަން ކަށަވަރުކުރުމަކީ ގައުމީ ސަލާމަތާ ގުޅިފައިވާ ކަމެއް: ވަޒީރު ޝިޔާމްޚަބަރު | 19 ދުވަސް ކުރިން މަސް ކިރާ މިންވަރަށް ބަލައި މިފްކޯއިން މަސް ގަންނަ އަގު އަނެއްކާވެސް ބޮޑުކޮށްފިޚަބަރު | 23 ދުވަސް ކުރިންމަސްވެރިކަމާއި ދަނޑުވެރިކަމުން ލިބޭ އާމްދަނީ އިތުރުކުރުމަށް އިންވެސްޓަރުންނަށް ދެވެންހުރި ލުއިތައް ބަލަނީޚަބަރު | މަހެއް ކުރިން