logo
E-Platinum
ޚަބަރު

4000 ހައުސިންގ ޔުނިޓުތަކުގެ ކުލިން ސަބްސިޑީއެއް ދިނުމަށް ސަރުކާރުން ނިންމައިފި

ހުސައިން ވަސީމް
22 ޖުލައި 2025 - 18:26
ފޭސް ދެއެއްގައި އަޅާ ފްލެޓްތައް، ފޮޓޯ: ކޯޕަރޭޓް މޯލްޑިވްސް
ފޭސް ދެއެއްގައި އަޅާ ފްލެޓްތައް، ފޮޓޯ: ކޯޕަރޭޓް މޯލްޑިވްސް

ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ހުޅުމާލޭގައި ތަރައްޤީކޮށްފައިވާ 4000 ހައުސިންގ ޔުނިޓުތަކުގެ ކުލިން ސަބްސިޑީއެއް ދިނުމަށް ސަރުކާރުން ނިންމައިފިއެވެ.

އެފްޑިސީން ބުނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައިތަރައްޤީކޮށްފައިވާ 4000 ހައުސިންގ ޔުނިޓު ލިބޭ ފަރާތްތަކަށް އަތްފޯރާ ފަށުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމާއި، ޔުނިޓްތަކުގެ މަހު ކުލި ދައްކަންޖެހޭ މުއްދަތުގައި ދެއްކުމަށް ހިތްވަރު ދިނުމުގެ ގޮތުން ހައުސިންގ ޔުނިޓުތަކުގެ ކުލިން ސަބްސިޑީއެއް ދިނުމަށް ސަރުކާރުން ނިންމާފައިވާ ކަމަށެވެ.

ހައުސިންގ ޔުނިޓުތަކަށް ސަރުކާރުން ދިނުމަށް ނިންމާފައިވާ ސަބްސިޑީއާ ނުލައި މި މަޝްރޫއުގެ ދެ ކޮޓަރިގެ ޔުނިޓަކަށް ޖެހޭ އަގަކީ 9,000 ރުފިޔާއެވެ. އަދި ތިން ކޮޓަރީގެ ޔުނިޓްތަކަށް ސަބްސިޑީއާ ނުލާ ޖެހެނީ 13,000 ރުފިޔާއެވެ. އެހެންނަމަވެސް، ސަރުކާރުން ދީފައިވާ ސަބްސިޑީއާއެކު، ކޮންމެ މަހެއްގެ 10 ވަނަ ދުވަހުގެ ކުރިން ކުއްޔާއި މެއިންޓެނަންސް ފީ ދައްކާ ފަރާތްތަކުން ދެ ކޮޓަރީގެ ޔުނިޓުތަކަށް ކުލީގެ ގޮތުގައި ދައްކަންޖެހޭނީ 7,000 ރުފިޔާ އެވެ. އަދި ތިން ކޮޓަރީގެ ޔުނިޓުތަކުން ކުލީގެ ގޮތުގައި ދައްކަންޖެހޭނީ 9,000 ރުފިޔާ އެވެ.

މި މަޝްރޫޢުގެ ދަށުން ދޫކުރާ ހައުސިންގ ޔުނިޓްތަކުގެ މަހު ކުލީގެ ތެރެއިން ސަރުކާރުގެ ސަބްސިޑީގެ ގޮތުގައި ދިނުމަށް ނިންމާފައިވަނީ، ތިން ކޮޓަރީގެ ޔުނިޓަކަށް މަހަކު 4,000 ރުފިޔާ އަދި ދެ ކޮޓަރީގެ ޔުނިޓަކަށް މަހަކު 2,000 ރުފިޔާ އެވެ. ނަމަވެސް މަހުގެ 10 ވަނަ ދުވަހުގެ ފަހުން ކުލި ދައްކައިފިނަމަ، ސަބްސިޑީގެ ގޮތުގައި ސަރުކާރުން ދިނުމަށް ނިންމާފައިވާ ލުއިތަކަށް ބަދަލު އަންނާނެއެވެ. އެގޮތުން:

-މަހުގެ 16 ވަނަ ދުވަހުގެ ކުރިން ކުލިދައްކާ ފަރާތްތަކުން، ދެ ކޮޓަރީގެ ޔުނިޓުތަކަށް 7,500 ރުފިޔާ އަދި ތިން ކޮޓަރީގެ ޔުނިޓުތަކަށް 10,000 ރުފިޔާ ދައްކަން ޖެހޭނެއެވެ.      

-މަހުގެ 21 ވަނަ ދުވަހުގެ ކުރިން ކުލި ދައްކާ ފަރާތްތަކުން، ދެ ކޮޓަރީގެ ޔުނިޓުތަކަށް 8,000 ރުފިޔާ އަދި ތިން ކޮޓަރީގެ ޔުނިޓުތަކަށް 11,000 ރުފިޔާ ދައްކަން ޖެހޭނެއެވެ.

-މަހުގެ 26 ވަނަ ދުވަހުގެ ކުރިން ކުލި ދައްކާ ފަރާތްތަކުން، ދެ ކޮޓަރީގެ ޔުނިޓުތަކަށް 8,500 ރުފިޔާ އަދި 3 ކޮޓަރީގެ ޔުނިޓުތަކަށް 12,000 ރުފިޔާ ދައްކަން ޖެހޭނެއެވެ.

-މަހުގެ 26 ގެ ފަހުން ކުލި ދައްކާނަމަ، ކުލީގެ ގޮތުގައި ދައްކަން ޖެހޭނީ ސަބްސިޑީގެ މަންފާ ނުހިމަނާވާ މަހު ކުއްޔެވެ.

މަހު ކުލީގެ އިތުރުން ދެ ކޮޓަރީގެ ޔުނިޓުތަކަށް 1,000 ރުފިޔާ އަދި ތިން ކޮޓަރީގެ ޔުނިޓުތަކަށް 1,500 ރުފިޔާ، މެއިންޓެނަންސް ފީގެ ގޮތުގައި ނެގުމަށް ވެސް ވަނީ ނިންމާފައެވެ. ޔުނިޓުތަކުގެ މެއިންޓެނަންސް ފީ އަކީ ހައުސިންގ ޔުނިޓް ހިމެނޭ ޓަވަރުތަކުގެ ފެންވަރު، ބޭނުންކުރެވޭނެ ހާލަތެއްގައި ދިގުމުއްދަތަށް ދެމެހެއްޓުމަށްޓަކައި، ޓަވަރުތަކުގެ އެތެރެ އާއި ބޭރު އަދި އާއްމު ސަރަހައްދުތަކާއި މުޅި ޓަވަރުގެ މެއިންޓެނަންސް ބެލެހެއްޓުމަށް ނަގާ ފީއެކެވެ.

މީގެ އިތުރުން، ޔުނިޓުތައް ލިބޭ ފަރާތްތަކާއެކު އެއްބަސްވުމުގައި ސޮއިކޮށް، ޔުނިޓްތައް ހަވާލުކުރުމުގެ ކުރިން، އެއް ފަހަރު ދައްކަންޖެހޭ ސެކިއުރިޓީ ޑިޕޮސިޓެއް ނެގުމަށްވެސް އެފްޑީސީން ވަނީ ނިންމާފައެވެ. ސެކިއުރިޓީ ޑިޕޮސިޓުގެ ގޮތުގައި ނެގުމަށް ނިންމާފައިވަނީ ދެ ކޮޓަރީގެ ޔުނިޓަކަށް 15,000 ރުފިޔާ އަދި ތިން ކޮޓަރީގެ ޔުނިޓަކަށް 25,000 ރުފިޔާއެވެ. ޔުނިޓު ލިބޭ ފަރާތުން އެއްބަސްވުމުގައި ސޮއިކުރުމާއެކު، ސެކިއުރިޓީ ޑިޕޮސިޓްގެ އިންވޮއިސް އެފްޑީސީގެ ޕޯޓަލް މެދުވެރިކޮށް ޔުނިޓު ލިބޭ ފަރާތަށް ފޮނުވާނެއެވެ.

ޔުނިޓުގެ ތަޅުދަނޑި ހަވާލުކުރާނީ ސެކިއުރިޓީ ޑިޕޮސިޓަށްވާ ފައިސާ ޕޯޓަލް މެދުވެރިކޮށް ދެއްކުމުންނެވެ.

ބިންވެރިޔާ ސްކީމުގެ ދަށުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްޤީކުރަމުންދާ 4000 ހައުސިން ޔުނިޓުތަކުގެ  ފްލެޓްތައް ލިބުން ފަރާތްތަކާއެކު އެއްބަސްވުމުގައި ސޮއިކުރުމުގެ މަސައްކަތް މިހާރުވަނީ ފަށާފައެވެ.

Regional Airports
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފްލެޓް އެއްބަސްވުމުގައި ސޮއިކުރުމުގެ މަސައްކަތް އަވަސްކުރުމަށް ދަނީ މަސައްކަތްކުރަމުން: އެފްޑީސީޚަބަރު | ދުވަހެއް ކުރިން4000 ހައުސިންގ ޔުނިޓުތަކުގެ ކުލިން ސަބްސިޑީއެއް ދިނުމަށް ސަރުކާރުން ނިންމައިފިޚަބަރު | 11 ދުވަސް ކުރިންގުޅީފަޅު ބިންވެރިޔާ ގޯތިތަކުގެ އައު ރަޖިސްޓްރީއާއި އެއްބަސްވުން ދޫކުރަން ފަށައިފިޚަބަރު | މަހެއް ކުރިންގުޅިފަޅު ގޯތިތަކުގެ އާ ރަޖިސްޓްރީ ދޫކުރުމަށް އެޕޮއިންޓްމަންޓަށް ހުޅުވާލައިފިޚަބަރު | މަހެއް ކުރިން