logo
E-Platinum
ޚަބަރު

ފޮއްދޫ ބަނދަރު ހެދުމުގެ އަމަލީ މަސައްކަތް ރަސްމީކޮށް ރައީސް ފައްޓަވައިދެއްވައިފި

ހުސައިން ވަސީމް
23 ޖުލައި 2025 - 04:59
ފޮއްދޫ ބަނދަރު ހެދުމުގެ އަމަލީ މަސައްކަތް ރަސްމީކޮށް ރައީސް ފައްޓަވައިދެއްވައިފި

ނ. ފޮއްދޫ ބަނދަރު ތަރައްޤީ ކުރުމުގެ އަމަލީ މަސައްކަތް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު މިއަދު ރަސްމީކޮށްފައްޓަވައި ދެއްވައިފިއެވެ.

ރައީސް މުއިއްޒު ނ.އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަުރުފުޅުގެ ތެރެއިން ފޮއްދޫ އަކީ މި ދަތުރުގައި އެމަނިކުފާނު ވަޑައިގެންނެވި 9 ވަނަ ރަށެވެ.

ރައީސް މިއަދު ފޮއްދުއަށް ވަޑައިގެން އެރަށުގެ މުއައްސަސާތަކުގެ އިސްވެރިންނާއި މުވައްޒަފުންނާއި ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.އަދި އެރަށުގެ ރައްޔިތުންނާއި ކައުންސިލާއި އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ މެންބަރުންނާއި ބައްދަލުކުރެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.

ރައީސް މިއަދު ފޮއްދުއަށް ވަޑައިގެން އެ ރަށުގައި ތަރައްގީކުރުމަށް ނިންމާފައިވާ ބައެއް އުމްރާނީ މަސައްކަތްތަކުގެ އަމަލީ މަސައްކަތްތައް ފެއްޓެވުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ފޮއްދޫގެ ހެލްތް ސެންޓަރުގެ ބިންގާ އެޅުމާއި، ފޮއްދޫގައި އަލަށް އިމާރާތްކުރާ ފުލުހުންގެ މަރުކަޒުގެ ބިންގާ އެޅުމާއި، ފޮއްދޫގައި އަލަށް އިމާރާތްކުރާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ އެޅުމަށްވެސް ހަމަޖެހިފައިވެއެވެ.

ރައީސް ވިދާޅުވީ ފޮއްދޫގައި ފެށި ތަރައްޤީގެ ހަތަރު މަޝްރޫޢުގެ ތެރެއިން އެންމެ މުހިއްމު މަޝްރުޢަކީ ފޮއްދޫގެ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫއު ކަމަށެވެ. މި މަޝްރޫއު ރައްޔިތުން ބޭނުންވާގޮތަށް ވީހާވެސް އަވަހަށް ނިންމަވާލައްވާނެކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ އެރަށު ރައްޔިތުންނަށް ދެއްވިއެވެ. 

ފޮއްދޫގައި ބަނދަރެއް ނެތުމުގެ ސަބަބަުން އެކަމުގެ ދަތިތައް ރައްޔިތުންދަނީ ތަހައްމަލް ކުރަމުންނެވެ. މިހާރު ލަފާ ފުރުމަށް ބޭނުން ކުރަނީ ހަމައެކަނި ހުޅަނގު މޫސުމުގައި ބޭނުންކުރެވޭ ޖެޓީއެކެވެ. މިއަދު އަމަލީ މަސައްކަތް ފެށި ބަނދަރުގެ މަސައްކަތް ނިމުމާއެކު، ތަނަވަސް ބަނދަރެއް ލިބި ރަށަށް އަންނަ ފަތުރުވެރީންނާއި ރަށަށް ޒިޔާރަތްކުރާ މީހުންނަށް އެކަމުގެ ސަބަބުން ބޮޑެތި ފަސޭހަތަކެއް ލިބިގެން ދާނެ ކަމަށް އެ ރަށު ކަމއުންސިލުން ފާހަގަކުރެއެވެ.

ފޮއްދޫ ބަނދަރު ހެދުމުގެ މަޝްރޫޢުގެ ދަށުން، 30,648 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ އާ ހާބަރ ބޭސިން ފުންކުރުމާއި، 3,990 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ނެރު ފުންކުރުމާއި، 145 މީޓަރުގެ ބޭރުތޮއްޓެއް ލުމާއި، 165 މީޓަރުގެ ރިވެޓްމެންޓް ޖެހުމާއި، 130 މީޓަރުގެ އެއްގަމުތޮށި ލުމާއި، 125 މީޓަރު ދިގު 6 މީޓަރު ފުޅާ ޖެޓީއެއް ހެދުމާއި، 600 އަކަމީޓަރުގެ ޕޭވްމަންޓް ހެދުމާއި، ނެރު ބައްތި އާއި ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ކުރާނެއެވެ. މި މަޝްރޫޢަކީ 49.77 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.

ފޮއްދޫ އަކީ 504 މީހުންގެ އާބާދީއެއް އޮންނަ ރަށެކެވެ. ފޮއްދޫ ރައްޔިތުން ޢާއްމުކޮށް މަސައްކަތް ކުރަނީ ފަތުރުވެރިކަމުގެ ދާއިރާގައެވެ. މި ރަށަކީ ގެސްޓް ހައުސް ވިޔަފާރި ފުޅާ ދާއިރާއެއްގައި ކުރަމުން އަންނަ ރަށެކެވެ. މި ރަށުގައި 5 ގެސްޓް ހައުސް މިވަގުތު އަންނަނީ ހިންގަމުންނެވެ.

Regional Airports
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ވެލިދޫ ހޮސްޕިޓަލްގެ ބިންގާ އަޅައިފިޚަބަރު | 3 ގަޑިއިރު ކުރިންމުޅި ރާއްޖޭގައި ހިންގާ ތަރައްޤީގެ ގިނަ މަޝްރޫޢޫތަކެއްގައި ސެޕްޓެމްބަރު މަހާ ހިސާބުގައި ސޮއިކުރެވޭނެޚަބަރު | 3 ގަޑިއިރު ކުރިންވެލިދޫން 2.7 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތް ފަށައިފި ޚަބަރު | 3 ގަޑިއިރު ކުރިންރައީސް އަށް ވެލިދޫން ހޫނު މަރުހަބާއެއް ޚަބަރު | 3 ގަޑިއިރު ކުރިން