logo
E-Platinum
ޚަބަރު

މުޅި ރާއްޖޭގައި ހިންގާ ތަރައްޤީގެ ގިނަ މަޝްރޫޢޫތަކެއްގައި ސެޕްޓެމްބަރު މަހާ ހިސާބުގައި ސޮއިކުރެވޭނެ

އާމިނަތު ޝަފާ
23 ޖުލައި 2025 - 14:07
ރައީސް މަގޫދޫ ރައްޔިތުންނާ ބައްދަލުކުރެއްވުން
ރައީސް މަގޫދޫ ރައްޔިތުންނާ ބައްދަލުކުރެއްވުން

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގާ ތަރައްޤީގެ ގިނަ މަޝްރޫޢޫތަކެއްގައި ސެޕްޓެމްބަރު މަހާ ހިސާބުގައި ސޮއިކުރެވި، މާ ލަސްތަކެއް ނުވެ ޢަމަލީ މަސަސައްކަތްތައް ފެށޭނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.

މިލަދުންމަޑުލު ދެކުނުބުރީގެ މީހުން ދިރިއުޅޭ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު މެންދުރު، އެ އަތޮޅު މަގޫދޫއަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި، ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، އެމަނިކުފާނު ވެވަޑައިގެންފައިވާ ވަޢުދުފުޅުތަކާ އެއްގޮތަށް، ރަށުގެ ތަރައްޤީއަށްޓަކައި ކުރަންޖެހިފައިވާ ކަންކަމުގައި ޢަމަލީ ސިފަޖައްސަވައިދެއްވައި، އެ ވަޢުދުފުޅުތައް ފުއްދަވައިދެއްވާނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ.

އެމަނިކުފާނުގެ ވާހަކަފުޅުގައި ފުރަތަމަ ކަމެއްގެ ގޮތުގައި ފާހަގަކުރެއްވީ ދުވަސްތަކެއް ވަންދެން ހުއްޓިފައި އޮތް ފެނާއި ނަރުދަމާގެ މަޝްރޫޢެވެ. ނ. މަގޫދޫގައި ހުއްޓިފައިވާ ފެނާއި ނަރުދަމާގެ މަސައްކަތްތަކަށް ބައްލަވައިލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރުގެ ކަންކަން ރޭވިފައިވަނީ، އެއް ކުންފުނި އަނެއް ކުންފުންޏަށް އެހީތެރިކަން ފޯރުކޮށްދޭ ބީދައިންކަމަށެވެ. އެގޮތުން، މަޝްރޫޢަށް ބޭނުންވާ ތަކެތި ހޯދުމުގެ މަސައްކަތްތައް އެމް.ޑަބްލިއު.އެސް.ސީއިން ކުރިއަށްގެންދާއިރު، މަޝްރޫޢު ހިންގަން ބޭނުންވާ އިންސާނީ ވަސީލަތުގެ ކަންކަން ހަމަޖައްސަމުން ގެންދާނީ ފެނަކައިންކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގާ ތަރައްޤީގެ ގިނަ މަޝްރޫޢޫތަކެއްގައި ސެޕްޓެމްބަރު މަހާ ހިސާބުގައި ސޮއިކުރެވި، މާ ލަސްތަކެއް ނުވެ ޢަމަލީ މަސަސައްކަތްތައް ފެށޭނެކަމުގެ ޔަޤީންކަން ދެއްވައި ވާހަކަފުޅު ކުރިއަށް ގެންދަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ނ. މަގޫދޫގައި އަލަށް ފަށަން ހުރި ބައެއް މަޝްރޫޢުތަކަށްވެސް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން ރަށުގެ ޞިއްޙީ މަރުކަޒަށް ޖާގަ އިތުރުކުރުމަށް ތަރައްޤީކުރެވޭ އެކްސްޓެންޝަން ބިލްޑިންގްގެ މަޝްރޫޢާއި، ސްކޫލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ޙައްލު ކުރުމުގެ މަޝްރޫޢު އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ކުޅިވަރުގެ ދާއިރާއިން ރަށަށް ބޭނުންވާ ތަރައްޤީ ގެނެސްދެއްވާނެ ކަމުގެ ޔަޤީންކަންވެސް އެމަނިކުފާނު ދެއްވިއެވެ. މީގެ އިތުރުން، ޞިއްޙީ މަރުޒަށް މިވަގުތު ދިމާވެފައިވާ މުވައްޒަފުންގެ ދަތިކަމަށްވެސް، ކަމާ ގުޅޭ ވުޒާރާތަކާ މަޝްވަރާކުރައްވައިގެން ޙައްލު ހޯއްދަވައިދެއްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ހަމަމިއާއެކު، ނ.މަގޫދޫގެ ގިރާ ސަރަޙައްދު ހިމާޔަތްކުރުމަށް ހިންގާ ޝޯ ޕްރޮޓެކްޝަން މަޝްރޫޢުގައި އަންނަމަހު ސޮއިކުރެވޭއިރު، މޫދަށް އެރިއުޅެވޭ ސަރަޙައްދެއް ތަރައްޤީ ކުރުމުގެ ކަންކަންވެސް ހަމަޖައްސަވައިދެއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މި މަޝްރޫޢުގެ ޢަމަލީ މަސައްކަތްތައްވެސް މާ ލަހެއް ނުވެ ފެށޭނެ ކަމުގެ ޔަޤީންކަން އެމަނިކުފާނު ވަނީ ދެއްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު ނިންމަވާލައްވާފައި ވަނީ، އެމަނިކުފާނު އުއްމީދު ކުރައްވަނީ، ދެން ނ. މަގޫދޫއަށް ވަޑައިގަންނަވާނީ މި މަޝްރޫޢުތަކުގެ ނިމުން ފާހަގަކުރެއްވުމަށް ކަމުގައި ވިދާޅުވަމުންނެވެ.

Regional Airports
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

‘’ޤައުމީ ލޯބީގެ ކުރިމަތީގައި ސިޔާސީ އޮއިވަރަކީ އެއްވެސް މާނައެއް އޮތް އެއްޗެއް ނޫން’’ޚަބަރު | 5 ގަޑިއިރު ކުރިންއަންނަ ޖަނަވަރީ މަހު ވެލިދޫގައި ސީ ޕްލޭން ޕްލެޓްފޯމެއް ޤާއިމުކޮށް ޚިދުމަތް ފަށަނީޚަބަރު | 5 ގަޑިއިރު ކުރިންދާއިރާގެ މެމްބަރުގެ އެހީތެރިކަން ލިބޭނަމަ ކަންކަން ކުރަން މާ ބޮޑަަށް ފަސޭހަވީސް - ރައީސް ޚަބަރު | 6 ގަޑިއިރު ކުރިންވެލިދޫން ރައީސް އަށް ޕެޓިޝަނެއް: “ރައްޔިތުން އެދޭ ގޮތަށް ބަނދަރުގެ މައްސަލަ ހައްލުކޮށްދޭނަން”ޚަބަރު | 6 ގަޑިއިރު ކުރިން