logo
Bank of Maldives

Bank of Maldives

ޚަބަރު

ދާއިރާގެ މެމްބަރުގެ އެހީތެރިކަން ލިބޭނަމަ ކަންކަން ކުރަން މާ ބޮޑަަށް ފަސޭހަވީސް - ރައީސް

އަޙްމަދު ޒަލީފް
23 ޖުލައި 2025 - 18:02
ދާއިރާގެ މެމްބަރުގެ އެހީތެރިކަން ލިބޭނަމަ ކަންކަން ކުރަން މާ ބޮޑަަށް ފަސޭހަވީސް - ރައީސް

ވެލިދޫގެ ތަރައްޤީއަށް ބޭނުންވާ ކަންކަން ކުރުމުގައި ދާއިރާގެ މެމްބަރުގެ ފަރާތުން އެހީތެެރިކަން ލިބެމުން ނުދާ ކަމަށާއި، ތަރައްޤީގެ ކަންކަން ކުރުމުގައި މެމްބަރު ހުރަސް އަޅަމުންދާކަމަށް ރައީސް ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެވެ.

ރައީސުލްޖުމްހޫރިއްޔާ ނ. އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ނ. ވެލިދުއަށް ވަޑައިގެން ރައްޔިތުންނާއި ބައްދަލުކޮށް ރައީސް ވިދާޅުވީ މި ސަރުކާރުގެ ސިޔާސަތަކީ ހުރިހާ ރަށެއްގެ ރައްޔިތުންނަށް ހަމަހަމަގޮތެއްގައި ރައްޔިތުން އެދޭ ކަންކަން ފުރިހަމަކޮށްދީ، ހިދުމަތްކުރުން ކަމަށާއި އެމަނިކުފާނު ވެވަޑައިގެންނެވި ހުރިހާ ވައުދެއް ސަމާލުކަންދީގެން ވީހާވެސް އަވަހަށް ފުއްދައިދިނުން ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރައީސް ވިދާޅުވީ ވެލިދޫގައި ކުރިޔަށް ގެންދާ ތަރައްގީގެ އެއްވެސް ކަމެއްގައި ދާއިރާގެ މެންބަރުގެ އެހީތެރިކަމެއް ނުލިބޭ ކަމަށާއި ސަރުކާރުން އެރަށުގެ ތަރައްގީއަށް ކުރިޔަށްގެންދާ މަސައްކަތްތަކަށް ދާއިރާގެ މެންބަރު ހުރަސް އަޅުއްވަމުން ގެންދަވާ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވާހަކަފުޅުގައި، ރިޔާސީ އިންތިޚާބުގައި ވެލިދޫގެ ތަރައްޤީއަށް އެމަނިކުފާނު ވެވަޑައިގެންނެވި ވަޢުދުގައި ހިމެނޭ ކަންކަމާއި، އޭގައި ނުހިމެނޭ ކަންކަންވެސް ކުރިއަށްގެންދިއުމަށް ނިންމާފައިވާކަމަށެވެ. މިގޮތުން ރިޔާސީ ވަޢުދުގައި ހިމެނޭ ވަޢުދުތަކުގެ ތެރެއިން ބައެއް މަޝްރޫޢުތައް މިހާރު ފެށިފައިވާކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ އޮޑިދޯނިފަހަރު އެހެލުމާއި ފައިބަރު މަސައްކަތަށް ބޭނުންވާ ބިން ހިއްކުމުގެ މަޝްރޫޢު މިހާރު ފެށިފައިވާއިރު، އެކަން ބާރު ދުވެލީގައި ނުހުއްޓި ކުރިއަށް ގެންދަވާނެކަމަށެވެ.

ރާއްޖޭގެ 3 ސަރަހައްދެއްގައި ޑްރަގް ރިހެބިލިޓޭޝަން ސެންޓަރު ޤާއިމްކުރުމަށްވެސް ވަޢުދުވެފައިވާކަމަށާއި، އޭގެތެރެއިން އެއް ސެންޓަރު ވެލިދޫގައި ޤާއިމްކުރުމާއި، ފުލުހުންގެ ފެންވަރު ރަނގަޅު މަރުކަޒެއް ޤާއިމްކުރުންވެސް ފެށިފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ. މިއީ އަމާން ވެއްޓެއް ކަށަވަރުވެގެންދާނެ މަޝްރޫޢުތަކެއްކަންވެސް ރައީސް ވިދާޅުވިއެވެ.

ސިއްޙީ ދާއިރާ ތަރައްޤީކުރުމުގައި ހުރިހާ ރަށެއްވެސް އެރަށެއްގެ ފެންވަރުގައި، އިޤްތިޞާދީ ކުރިއެރުމަށްބަލައި ހަމަހަމަކޮށް ކުރިއަށް ގެންދިއުމަށް ނިންމާފައިވާކަމަށާއި، އެގޮތުން ވެލިދޫގައިވެސް ހޮސްޕިޓަލެއް ތަރައްްީކުރުމަށް ނިންމެވީ އެ ސިޔާސަތުގެ ތެރެއިންކަމަށް ރައީސް ވިދާޅުވިއެވެ. އަދި ހޮސްޕިޓަލް ތަރައްޤީކުރުމުގެ ކުރިން މިހާރުގެ ސިއްޙީ މަރުކަޒަށްވެސް އިތުރު ޚިދުމަތްތައް ތަޢާރަފްކޮށް، ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް އިސްކަންދެއްވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރައީސް ދެއްވީ، ސޮއިކުރި މަޝްރޫޢުތަކާ ހަވާލުވި ކުންފުނިތަކަށް ގަވައިދުން ފައިސާ ލިބޭނެކަމުގެ ޔަގީންކަންޚަބަރު | ގަޑިއިރެއް ކުރިންބަނގުރޫޓު ކޮށްލަން ޑިޒައިންކޮށްފަ އޮތް އިގްތިސާދު ކޮޅަށް ޖަހައި، ޕްރައިވެޓް ސެކްޓަރގެ އިތުބާރު ހޯދިއްޖެ: ރައީސްޚަބަރު | ގަޑިއިރެއް ކުރިންމިއީ ރެކޯޑެއް: އެއް ދުވަސް ތެރޭ 206 މަޝްރޫޢެއް އަމިއްލަ ކުންފުނިތަކަށް، ހުރިހާ ފައިދާއެއް ދިވެހިންނަށްޚަބަރު | 2 ގަޑިއިރު ކުރިންހަންކެޑެގައި އާ މަޝްރޫއެއް ހިންގަން ފުރުސަތު ދިނީ ތުރުކީގެ އިންވެސްޓަރަކަށް: ރައީސްޚަބަރު | 3 ގަޑިއިރު ކުރިން