logo
Bank of Maldives

Bank of Maldives

ޚަބަރު

ވެލިދޫ ހޮސްޕިޓަލްގެ ބިންގާ އަޅައިފި

އަޙްމަދު ޒަލީފް
23 ޖުލައި 2025 - 14:35
ވެލިދޫ ހޮސްޕިޓަލްގެ ބިންގާ އަޅައިފި

ނ. ވެލިދޫގައި މުޅިން އަލަށް ތަރައްޤީކުރާ ހޮސްޕިޓަލްގެ ބިންގާ އަޅައިފިއެވެ.

މި ޚާއްސަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ، ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުއެވެ.

ވެލިދޫގައި ހޮސްޕިޓަލް ތަރައްޤީކުރުމުގެ މަސައްކަތަކީ، އާބާދީ ބޮޑެތި ރަށްތަކުގައި، ސިއްޙީ ޚިދުމަތް ހޮސްޕިޓަލް ފެންވަރަށް ގެނައުމަށް ސަރުކާރުން ފަށާފަވާ މަޝްރޫގައި ހިމަނައިގެން ފަށާ މަސައްކަތެކެވެ. މިކަމުގެ އެއްބަސްވުމުގައި އާރްޑީސީއާއެކު ސޮއިކުރީ މިއަހަރުގެ މަރޗް މަހުގެ 29 ވަނަ ދުވަހުއެވެ.

Ad by Hajj Corporation

Ad by Hajj Corporation

IMG_8322.jpeg

ވެލިދޫ ހޮސްޕިޓަލްގެ މަސައްކަތް ސަރުކާރުން ހަވާލުކުރައްވާފައިވަނީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އާރްޑީސީއާއެވެ. އެރަށުގައި ބޭއްވި ރަސްމިއްޔާތުގައި ހޮސްޕިޓަލްގެ ބިންގާ އަޅުއްވައިދެއްވީ ސިއްޙީ ވަޒީރު އަބްދުﷲ ނާޒިމް އިބްރާޙިމްއާއި އާރްޑީސީގެ މެނޭޖިން ޑިރެކްޓަރ އަލީ ޒުހައިރު އަދި ވެލިދޫ ކައުންސިލްގެ ރައީސް އާތިފް ހުސައިންއެވެ.

މި މަސައްކަތް އާރްޑީސީއާ ހަވާލުކުރީ 540 ދުވަހުން ނިންމާގޮތަށް، 108 މިލިއަން ރުފިޔާއަށެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރާއްޖޭގައި ތިބި ބިދޭސީ މަސައްކަތްތެރިންގެ 98 އިންސައްތަ މީހުންގެ ބަޔޯމެޓްރިކްސް ފުރިހަމަކޮށްފިޚަބަރު | 3 ގަޑިއިރު ކުރިންމުހައްމަދު ރާމިޒް އަވަހާރަވުމާ ގުޅިގެން ރައީސް އޭނާގެ އާއިލާއަށް ތައުޒިޔާ ވިދާޅުވެއްޖެޚަބަރު | 12 ގަޑިއިރު ކުރިންސިންގަޕޫރުގައި ގަނާކުރާ ސްކޫލްކުދިންނަށް ދަނޑިން ޖެހުމުގެ އަދަބުދެނީދުނިޔެ | ދުވަހެއް ކުރިންމޯލްޑިވްސް-ސްރީލަންކާ ބިޒްނަސް ފޯރަމް ގެ ސަބަބުން އިންވެސްޓަރުންގެ ސަމާލުކަން ރާއްޖެއަށްޚަބަރު | 2 ދުވަސް ކުރިން