logo
E-Platinum
ޚަބަރު

ވެލިދޫ ދާއިރާގެ މަޖިލިސް މެމްބަރު ގެންދަވަނީ ކަންކަމަށް ހުރަސް އަޅަމުން- ރައީސް

ހުސައިން ވަސީމް
23 ޖުލައި 2025 - 06:23
ވެލިދޫ ދާއިރާގެ މަޖިލިސް މެމްބަރު ގެންދަވަނީ ކަންކަމަށް ހުރަސް އަޅަމުން- ރައީސް

ނ ފޮއްދޫގައި ސަރުކާރުން ހިންގި މަޝްރޫއުތަކަށް ދާއިރާގެ މަޖިލިސް މެމްބަރު މުހައްމަދު އައްބާސްގެ ފަރާތުން އެއްވެސް އެއްބާރުލުމެއް ނުލިބޭ ކަމަށާ މަޝްރޫއުތައް ހިންގުމަށް ގެންދެވީ ހުރަސް އަޅަމުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ އެމަނިކުފާނު ނ އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ނ ފޮއްދޫ އަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައެވެ.

ނ.ފޮއްދޫގައި ސަރުކާރުން ހިންގާ މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް އެ ދާއިރާގެ މެމްބަރު މުހައްމަދު އައްބާސްގެ ފަރާތުން އެއްވެސް އެއްބާރުލުމެއް ލިބެމުން ނުދާ ކަމަށާ އެއްބާރުލުން ނުދޭތަނުގައި މެމްބަރު ގެންދެވީ ތަރައްގީގެ މަޝްރޫއުތަކަށް ހުރަސްއަަމުން ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ރައްޔިތުން އިންތިހާބު ކޮށްފައި ހުންނަ މަންދޫބަކު ރައްޔިތުންނަށް ހިދުމަތް ކުރުމުގައި ސިޔާސީ ހިޔާލު ތަފާތުވުން އެއްވެސް ވަރަކަށް ގެންގުޅެގެން ނުވާނެ ކަމަށެވެ. ރައްޔިތުން އިންތިހާބު ކޮށްފައި ތިއްބަވާ މަންދޫބުންނަކީ އެއަށްވުރެ ޒިންމާދާރު ބަޔަކަށް ވާންޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ.

މިދާއިރާގެ މެމްބަރު ކަންކަން ކުރަން ފުރުސަތު ނުދޭތަނުގަ ކަންކަން ކުރަން ހުރަސް އަޅާ ކަމީ ދެރަކަމެއް މިދަތުރުންވެސް ފެންނާނެ އެކަމާ އެއްވެސް ކަންބޮޑުވުމެއް އަޅުގަނޑުމެންގެ ނެތްކަން ރައްޔިތުންނަށް ހިދުމަތް ކުރުމުގަ އަޅުގަނޑުމެން ދާނީ ރައްޔިތުންނާ އެކީގަ ކުރިއަށްކަން މިކަމުގަ ކައުންިސލްގެ ރަޢީސްދެއްވާ އެއްބާރުލުމަށް އަޅުގަނޑު ޝުކުރުދަންނަވަން

މީގެއިތުރުން ރައީސް ވިދާޅުވީ ސަރުކާރުން ހިންގާ މަޝްރޫއުތަކަށް އެއްގޮތަކަށްވެސް އިދިކޮޅު އެމްޑީޕީގެ މެމްބަރުންގެ ފަރާތުން އެއްބާރުލުމެއް ނުލިބޭ ކަމަށާ އެއްބާރުލުން ނުދޭތަނުގަ ކޮންމެ ކަމަކަށްވެސް އެމްޑީޕީގެ މަޖިލިސް މެމްބަރުން ގެނަދަވަނީ ހުރަސްއަޅަމުން ކަމަށް ރައީސް ވިދާޅުވިއެވެ.

ރައްޔިތުންނަށް ނުވަތަ އެ މެމްބަރަކު ނިސްބަތްވާ ދާއިރާއަށް ކަމެއް ކޮށްދިއުމަށް އެމަނިކުފާނުގެ އަރިހަށް އެމްޑީޕީގެ އެއްވެސް މެމްބަރަކު މިއަދާ ހަަޔަށް އައިއިރުވެސް ނާންނަކަމަށް ރައީސް ވިދާޅުވިއެވެ.އިދިކޮޅު އެމްޑީޕީގެ މެމްބަރުން އެއްވެސް ވަރަކަށް ރައްޔިތުންނަށް ކަމެއްކޮށްދޭން ނޫޅޭ ކަމަށް ރައީސް ވިދާޅުވިއެވެ.

 

Regional Airports
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ވެލިދޫ ހޮސްޕިޓަލްގެ ބިންގާ އަޅައިފިޚަބަރު | 3 ގަޑިއިރު ކުރިންމުޅި ރާއްޖޭގައި ހިންގާ ތަރައްޤީގެ ގިނަ މަޝްރޫޢޫތަކެއްގައި ސެޕްޓެމްބަރު މަހާ ހިސާބުގައި ސޮއިކުރެވޭނެޚަބަރު | 3 ގަޑިއިރު ކުރިންވެލިދޫން 2.7 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތް ފަށައިފި ޚަބަރު | 3 ގަޑިއިރު ކުރިންރައީސް އަށް ވެލިދޫން ހޫނު މަރުހަބާއެއް ޚަބަރު | 3 ގަޑިއިރު ކުރިން