logo
E-Platinum
ޚަބަރު

ރައީސް ނ މިލަދޫ ކައުންސިލާ ބައްދަލުކުރައްވައިފި

ހުސައިން ވަސީމް
23 ޖުލައި 2025 - 08:08
ރައީސް ނ މިލަދޫ ކައުންސިލާ ބައްދަލުކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ މިލަދޫ ކައުންސިލާއި އަދި ރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި ރައްޔިތުންނަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ މިއަދު މިލަދުންމަޑުލު ދެކުނުބުރީ މިލަދޫ ހިދާޔާ ސްކޫލުގައެވެ.

މި ބައްދަލުކުރެއްވުމުގައި، ކައުންސިލް މެންބަރުންގެ ފަރާތުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި އެ ރަށުގައި މިހާރު ކައުންސިލް އިދާރާ ހިންގަމުން ދަނީ ކުއްޔަށް ނަގާފައިވާ އިމާރާތެއްގައި ކަމަށާއި މިހާރު ހަދަމުންދާ ކައުންސިލްގެ އިމާރާތުގެ މަޝްރޫޢު އަވަސްކޮށްދެއްވުމަށާއި ރަށުގައި ފަށާފައިހުރި ތަރައްޤީގެ މަސައްކަތްތައް އަވަހަށް ނިންމަވައިދެއްވުމަށް މެންބަރުން އެދިވަޑައިގެންނެވިއެވެ.

މީގެ އިތުރުން ޞިއްޙީ މަރުކަޒަށް ތަމްރީނު ލިބިފައިވާ އިތުރު ނަރުހުން ހޯދުމަށާއި އެރަށުގައި ކުޑަކުދިންގެ ޕާކަށް ބޭނުންވާ ތަކެތި ފޯރުކޮށްދެއްވުމަށް ވެސް ކައުންސިލް މެންބަރުން އެދިވަޑައިގެންނެވިއެވެ. އަދި މިބައްދަލުވުމުގައި މެންބަރުން ވަނީ ރަށުގެ މަގުތައް ހެދުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. ކައުންސިލުގެ ފަރާތުން ފާހަގަކުރެއްވި އިތުރު ކަންކަމުގެ ތެރޭގައި ރަށުގެ ގިރާ ސަރަހައްދު ހިމާޔަތްކުރުމަށް މަސައްކަތް ކުރަންޖެހިފައިވާ ކަމާއި ރިވެޓްމަންޓް ޖެހުމާއި ރަށުގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދުން ހިމެނެއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަން ބައްލަވާނެކަމުގައި ވިދާޅުވެފައެވެ. އަދި ބައްދަލަކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންނާއި، ދައުލަތުގެ ކުންފުނިތަކުގެ ވެރިން މެދުވެރިކުރައްވައި އެ މަނިކުފާނު ވަނީ ރަށުގައި ކުރިއަށްދާ މަޝްރޫޢުތަކުގެ އަދާހަމަ މަޢުލޫމާތު ޙިއްޞާކުރައްވާފައެވެ.

Regional Airports
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ވެލިދޫ ހޮސްޕިޓަލްގެ ބިންގާ އަޅައިފިޚަބަރު | 3 ގަޑިއިރު ކުރިންމުޅި ރާއްޖޭގައި ހިންގާ ތަރައްޤީގެ ގިނަ މަޝްރޫޢޫތަކެއްގައި ސެޕްޓެމްބަރު މަހާ ހިސާބުގައި ސޮއިކުރެވޭނެޚަބަރު | 3 ގަޑިއިރު ކުރިންވެލިދޫން 2.7 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތް ފަށައިފި ޚަބަރު | 3 ގަޑިއިރު ކުރިންރައީސް އަށް ވެލިދޫން ހޫނު މަރުހަބާއެއް ޚަބަރު | 3 ގަޑިއިރު ކުރިން