logo
E-Platinum
ޚަބަރު

ވީއައިއޭގެ އާ ޓާމިނަލް ނިންމުމަށް ވީ ވައުދުފުޅު ފުއްދަވައިފި

އާމިނަތު ޝަފާ
23 ޖުލައި 2025 - 10:50
ވީއައިއޭގެ އާ ޓާމިނަލް ނިންމުމަށް ވީ ވައުދުފުޅު ފުއްދަވައިފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އާ ޓާމިނަލްގެ މަސައްކަތް ނިންމައި ހުޅުވުމަށް ރައީސުލްޖުމްހޫރިއްޔާ  ޑރ. މުހައްމަދު މުއިއްޒުގެ ވެވަޑައިގެންނެވި ވައުދުފުޅު ވަރަށް ފުރިހަމައަށް ނިންމާލެވިފައިވާ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ލަމްއާން ވިދާޅުވެއްޖެއެވެ.

ވީއައިއޭގެ އާ ޓާމިނަލް 26 ޖުލައި 2025ގައި ހުޅުވުމަށް އެންމެ ފަހުގެ ތައްޔާރީތައް ވަމުން އަންނައިރު ޑީއެމްޑީ ލަމްއާން ވިދާޅުވީ މިހާރު ކުރިއަށްދަނީ ފުލް ޓްރަޔަލްތައް ކަމަށާއި އާ ޓާމިނަލްގެ ސިސްޓަމްތައް ހުރީ ތައްޔާރަށް ކަމަށެވެ.

އަދި އާ ޓާމިނަލް ހުޅުވުމަށް މުވައްޒަފުން ކުރައްވަމުން ގެންދަނީ ފަހުރުވެރި މަސައްކަތެއް ކަމަށާއި އެކަމަށްޓަކައި ޝުކުރުވެރިވާ ކަމަށްވެސް ޑީއެމްޑީ ލަމްއާން ވިދާޅުވިއެވެ.

"ރައިސް މުއިއްޒުގެ އެންމެ މުހިންމު އެއް ވައުދުފުޅު މި އޮތީ ފުރިހަމައަށް ނިންމާލެވިފައި "

އާ ޓާމިނަލް ހުޅުވުމަށް ވަމުން އަންނަ ތައްޔާރީތަކުގެ ތެރެއިން މިހާރު ކުރިއަށް ދަނީ ސިލްސިލާ ޓްރަޔަލްތަކެކެވެ. އެމްއޭސީއެލްގެ މުވައްޒަފުންނާއެކު ކުރިއަށް ގެންދާ މި ޓްރަޔަލްތަކުގައި އާ ޓާމިނަލްގައި ބޭނުންކުރާ ހުރިހާ ސިސްޓަމްތަކާއި މެޝިނަރީޒްތަކުގެ އެންމެ ފަހުގެ ޓެސްޓުތައް ދަނީ ހަދަމުންނެވެ.

އޭގެ އިތުރުން އަލިފާނުގެ ހާދިސާއެއް މެދުވެރިވެއްޖެ ހާލަތެއްގައި އަމަލުކުރާނެ ގޮތުގެ އެކްސަސައިޒެއްވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.

Regional Airports
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ވީއައިއޭގެ އައު ޓާމިނަލުން 2,000 އަށްވުރެ ގިނަ ފަސިންޖަރުންނަށް ހިދުމަތް ދީފިޚަބަރު | ގަޑިއިރެއް ކުރިންވީއައިއޭގެ އެއާރޕޯޓް އެމެޖެންސީ ސާރވިސަސްގެ ފަރާތުން ޑްރިލް އެއް ކުރިޔަށް ގެންގޮސްފިޚަބަރު | 8 ދުވަސް ކުރިންވީއައިއޭގެ އާ ޓާމިނަލް ނިންމުމަށް ވީ ވައުދުފުޅު ފުއްދަވައިފި ޚަބަރު | 8 ދުވަސް ކުރިންމިއީ ޤައުމަށް ލިބޭ ފަޚުރެއް، ވީއައިއޭ އާ ޓާރމިނަލް ހިންގާނީ ދިވެހީން - އެމްއޭސީއެލް ޚަބަރު | 12 ދުވަސް ކުރިން