logo
E-Platinum
ޚަބަރު

މިއީ ޤައުމަށް ލިބޭ ފަޚުރެއް، ވީއައިއޭ އާ ޓާރމިނަލް ހިންގާނީ ދިވެހީން - އެމްއޭސީއެލް

އަޙްމަދު ޒަލީފް
19 ޖުލައި 2025 - 10:04
މިއީ ޤައުމަށް ލިބޭ ފަޚުރެއް، ވީއައިއޭ އާ ޓާރމިނަލް ހިންގާނީ ދިވެހީން - އެމްއޭސީއެލް

ވެލާނާ އިންޓަރނޭޝަނަލްގެ އާ ޓާރމިނަލްގައި ޚިދުމަތް ދިނުމަށް ތިބޭނީ 100 އިންސައްތަ ދިވެހީން ކަމަށާއި، މިއީ ޤައުމަށް ލިބޭނެ އެންމެ ބޮޑު ފަޚުރުކަމަށް އެމްއޭސީއެލްގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޝަރީފް ވިދާޅުވެއްޖެއެވެ.

ޝަރީފް މިހެން ވިދާޅުވީ "ޕީއެސްއެމް" ގެ ހޭޔަންބޯ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުންނެވެ.

"އަޅުގަނޑު ވަރަށް އުފާވެ ފަޚުރުވެރިވާ ކަމެއް މިހާ ޓެކްނިކަނީ އެޑްވާންސް ފެސިލިޓީއެއް ރަން ކުރަން މިތިބީ 100 އިންސައްތަ ދިވެހިން. ހާއްސަކޮށް ޒުވާން ދިވެހިން. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ މުސްތަގުބަލް ހަމަ ވަރަށް އުޖާލާ. އަޅުގަނޑު މިއަށްވުރެ އުފާވާ ކަމެއް ނެތް ހަންޑްރެޑް ޕަސެންޓު ދިވެހި ޒުވާނުން މިކަންތައްތަކުގައި އުޅެ، ޓެކްނިކަލީ އެންމެ ހައި ލެވެލުގައި މަސައްކަތްކުރާނީ." ޝަރީފް ވިދާޅުވިއެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއާރޕޯޓް ތަރައްޤީ ކުރުމަށް ބޭރުގެ އެކި ފަރާތްތަކުން ނަގާފައިވާ ލޯނުތައް ދެއްކުމުގެ ޤާބިލްކަން އެމްއޭސީއެލްގެ އެބަހުރި ކަމަށްވެސް ޝަރީފް ވަނީ ވިދާޅުވެފައެވެ.

ޝަރީފް ވިދާޅުވީ، ރައީސް ސޯލިހުގެ ސަރުކާރުން ކަންކަން ކޮށްފައި އޮތް ގޮތުގެ ސަބަބުން ކުންފުންޏަށް ލިބެންޖެހޭ ވަރަށް ގިނަ އާމްދަނީ ހުއްޓިފައިވާ ހުރި ކަމަށާއި، ނަމަވެސް އެކަންކަން ތަރުތީބުކޮށް، ކުންފުނީގެ މާލީ ޙާލަތު ބޮޑުތަނުން ރަނގަޅު ކުރެވިފައިވާ ކަމަށެވެ.

އެގޮތުން، އާ ޓާމިނަލްއަކީ ޒަމާނީ ޓެކްނޮލޮޖީއާ ވަރަށް ބޮޑަށް ގުޅިފައި ހުރި ތަނަކަށް ވާތީ އާއި  މަތިންދާބޯޓުތަކަށް ތެޔޮ އެޅުން ފަދަ ހިދުމަތް ވެސް މިހާރު ޒަމާނީކޮށްފައި އޮތުމުން ޕްރައިމް ޓައިމްގައި އިތުރު ފްލައިޓްތަކަށް ފުރުސަތު ލިބޭނެ ކަމަށް ޝަރީފް ވިދާޅުވި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ފެށި ވީއައިއޭ ތަރައްގީ ކުރުމުގެ ބިޔަ މަޝްރޫއުގައި ހިމެނުނީ އާ ސީޕްލޭން ޓާމިނަލާއި އާ ރަންވޭ އާއި އާ ފިއުލް ފާމް އާއި އާ ކާގޯ ޓާމިނަލް އާއި އާ އިންޓަނޭޝަނަލް ޕެސެންޖާ ޓާމިނަލް އަދި ސީއައިޕީ އެވެ.

"މި ލޯނުތައް ދެއްކުމުގެ ގާބިލްކަން ފުރިހަމައަށް އެބަ އޮތޭ. އެއްވެސް ބޭފުޅަކު ހާސްވެވަޑައިގަންނަވާނެ ކަމެއް ނެތް. އެމްއޭސީލްއިން މި ލޯންތައް ދައްކާ ނިންމާލާނެ." - ޝަރީފް ވިދާޅުވިއެވެ.

Regional Airports
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މިއީ ޤައުމަށް ލިބޭ ފަޚުރެއް، ވީއައިއޭ އާ ޓާރމިނަލް ހިންގާނީ ދިވެހީން - އެމްއޭސީއެލް ޚަބަރު | 2 ދުވަސް ކުރިންދަރަނި ދެއްކުމުގެ ޤާބިލްކަން އެމްއޭސީއެއްގައި އެބަހުރި - އެމްޑީ ޚަބަރު | 2 ދުވަސް ކުރިންވީއައިއޭގެ އައު ޓާމިނަލާއެކު މިގެނެސްދިނީ އިގްތިސާދީ އިންގިލާބީ ބަދަލެއްރިޕޯޓް | 4 ދުވަސް ކުރިންވީއައިއޭ އައު ޓާމިނަލްގެ ޗެކިން ސިސްޓަމް ޓެސްޓުކޮށްފިޚަބަރު | 12 ދުވަސް ކުރިން