logo
Bank of Maldives

Bank of Maldives

ރިޕޯޓް

ވީއައިއޭގެ ޓާމިނަލް 2: ހިދުމަތްތައް ވަރަށް ފުރިހަމަ!

އައިޝަތު އިނާޝާ
9 އޭޕްރީލު 2026 - 11:33
ވީއައިއޭގެ ޓާމިނަލް 2: ހިދުމަތްތައް ވަރަށް ފުރިހަމަ!

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ)ގެޑޮމެސްޓިކް ޓަރމިނަލްގެ އޮޕަރޭޝަންސްތައް، ޓަރމިނަލް 2 (ކުރީގެއިންޓަރނޭޝަނަލް ޓަރމިނަލް) އަށް ބަދަލުކޮށްފައިވަނީ މިއަހަރުގެ ފެބްރުއަރީ މަހުގެ 17 ވަނަ ދުވަހުއެވެ.

ޑޮމެސްޓިކް ޓަރމިނަލްގެ އޮޕަރޭޝަންސްތައް ޓަރމިނަލް 2 އަށް ބަދަލުކޮށްފައިވަނީ ބޮޑެތި ބަދަލުތަކެއް ގެނައުމަށްފަހުއެވެ. މިބަދަލުތައް ގެނައުމުގެ މަސައްކަތްކޮށްފައިވަނީ އެމްއޭސީއެލްގެ އެކި ޑިޕާޓްމަންޓްތަކުގެ މުވައްޒަފުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެގޮތުން ކުރީގެ ޑޮމެސްޓިކް ޓަރމިނަލްގައި 8 ޗެކް-އިން ކައުންޓަރު ހުރި ނަމަވެސް،ޓަރމިނަލް 2 ގައި ޗެކް-އިން ވުމަށް 27 ކައުންޓަރު ހުރެއެވެ. އަދި ސެކިއުރިޓީކްލިއަރެންސްއަށް 3 މެޝިން ބެހެއްޓިފައިވާއިރު، 6 ޑިޕާޗާ ގޭޓު ހުރެއެވެ. ޓަރމިނަލް 2ގައި އަންހެން އަދި ފިރިހެން ބޭފުޅުންނަށް ވަކި ދެ ނަމާދުކޮޓަރިއާއި ކުޑަކުދިންގެ ކުޅޭ ސަރަހައްދަކާއި އެފްއެންޑްބީގެ ތިން އައުޓްލެޓްހުރެއެވެ.

އަދި އަންނަ ފަސިންޖަރުންގެ ދަބަސްތައް ނެގުމަށްވެސް ބޮޑުބަދަލެއް ވަނީ ގެނެސްފައެވެ. އެގޮތުން ޓަރމިނަލް 2 ގައި ކުރީގެ ޑޮމެސްޓިކްޓަރމިނަލްގައި ހުރި ބެގޭޖް ބެލްޓަށްވުރެ ހަތަރު ގުނަ ބޮޑު ދެ ބެލްޓް ވަނީބެހެއްޓިފައެވެ.

454967_8ccfb20e-f_.jpg

މީގެ އިތުރުން ކުރިން ޓެކްސީއަށް އެރުމަށްޓަކައި ދުރަށް ހިނގަން ޖެހުނު ނަމަވެސް، މިހާރު ޓާމިނަލްގެ ސީދާ ކުރިމައްޗަށް ޓެކްސީތަކަށް މަޑުކުރެވޭނެއެވެ. މީގެ ސަބަބުން ޓާމިނަލަށް ވަންނަ މީހުންނަށާއި ނުކުންނަ މީހުންނަށް ސީދާ ދޮރުމަތިން ޓެކްސީގެ ހިދުމަތް ލިބިގެންދާނެއެވެ.

މި ބަދަލުގެ މައިގަނޑު މަގުސަދަކީ ކުރީގެ ޑޮމެސްޓިކް އެއަރޕޯޓުގައި ކުރިމަތިވާ ތޮއްޖެހުންކުޑަކޮށް، ދަތުރުކުރައްވާ ފަސިންޖަރުންނަށް ވީހާވެސް ފުރިހަމަ ހިދުމަތެއް ދިނުން ކަމަށް އެމްއޭސީއެލް އިން ބުނެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ވީއައިއޭގެ ޓާމިނަލް 2: ހިދުމަތްތައް ވަރަށް ފުރިހަމަ!ރިޕޯޓް | 2 ގަޑިއިރު ކުރިންވީއައިއޭ އާ ޓާމިނަލްގެ ސީޕްލޭން ޗެކިން އޭރިއާ ބޭނުން ކުރަން ފަށައިފިޚަބަރު | 3 މަސް ކުރިންވީއައިއޭގެ އައު ޓާމިނަލުން ޔޫއޭއީގެ އިއްތިހާދު އެއާވޭސްއަށް ހިދުމަތްދޭން ފަށައިފި ވިޔަފާރި | 4 މަސް ކުރިންވީއައިއޭގެ ޓާމިނަލް 1 އިން އެއާއޭޝިއާ މެލޭޝިޔާ އަދި ތައި އެއާއޭޝިއާ އަށް ހިދުމަތް ދޭން ފަށައިފިޚަބަރު | 5 މަސް ކުރިން