logo
Bank of Maldives

Bank of Maldives

ޚަބަރު

ވީއައިއޭގެ އެއާރޕޯޓް އެމެޖެންސީ ސާރވިސަސްގެ ފަރާތުން ޑްރިލް އެއް ކުރިޔަށް ގެންގޮސްފި

އާމިނަތު ޝަފާ
23 ޖުލައި 2025 - 16:16
ވީއައިއޭގައި ކުރިއަށްގެންދިޔަ ޑްރިލްގެ ތެރެއިން
ވީއައިއޭގައި ކުރިއަށްގެންދިޔަ ޑްރިލްގެ ތެރެއިން

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އެއާރޕޯޓް އެމެޖެންސީ ސާރވިސަސްގެ ފަރާތުން އެއާޕޯޓު އާ ފަސިންޖަރ ޓާމިނަލް އޮޕަރޭޝަނަލައިޒްކުރުމަށްޓަކައިއެމަޖެންސީ ރެސްޕޮންސް ޑްރިލް ކުރިއަށް ގެންގޮސްފިއެވެ. މި ޑްރިލްގައި އެމަޖަންސީގެ ތަފާތު ހާލަތްތަކުގައި އަމަލުކުރާނެ ގޮތް ވަނީ ޓެސްޓްކޮށްފައެވެ.

އޭގެ ތެރޭގައި، ފަސިންޖަރުންނަށް ކަމެއް ދިމާވެއްޖެ ހާލަތެއްގައި އެންމެ އަވަހަށް އެހީތެރިކަން ފޯރުކޮށްދީ، އެންބިއުލަންސް މެދުވެރިކޮށް އަވަސްފަރުވާގެ ޚިދުމަތް ފޯރުކޮށްދެވޭނެ އެންމެ ކުރު މަގުތައް ދެނެގަނެވި، އެކަންކަން ޔަގީންކުރެވިފައިވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިއީ ބައިނަލްއަޤުވާމީ ގޮތުން ބަލާ ފަޔަރ އެންޑް ސޭފްޓީ މިންގަނޑުތަކަށް ފެތޭ، މަތީފެންވަރުގެ ފަޔަރ އެންޑް ސޭފްޓީގެ ޚިދުމަތް ފޯރުކޮށްދެވޭނެ ޓާމިނަލްއެއްކަން އެމަޖެންސީ ސާރވިސަސްގެ ތެރެއިންވަނީ ކަށަވަރުކޮށްފައެވެ.

މި ޑްރިލްއަކީ، ދިމާވެދާނެ ހާލަތަކަށް ތައްޔާރުވުމަށްޓަކައި ކުރިއަށް ގެންދެވުނު ހަރަކާތެއް ނަމަވެސް، އަލިފާނުގެ ހާދިސާއެއް ހިނގައި ފަސިންޖަރުން އެމަޖެންސީގައި ބޭރަށް ނެރެންޖެހޭ ފަދަ ހާލަތެއް މެދުވެރިވުމަކީ ވަރަށް ދުރުކަމެއްކަމަށްވެސް އެމަޖެންސީ ސާރވިސަސްގެ ފާރާތުން ފާހަގަކޮށްފައިވެއެވެ.

މިއީ އަލިފާނުގެ ހާދިސާގެ ހިނގުމުން، ކުއްލި ހާލަތުގައި ސަލާމަތްތެރިކަމާއެކު ފަސިންޖަރުން ޓާމިނަލުން ބޭރަށް ގެންދިއުމުގެ މޮކަޕް ޑްރިލްއެއްގެ ގޮތުގައި ކުރިއަށް ގެންދިޔަ ހަރަކާތެކެވެ. މިހަރާކާތުގައި ޓާމިނަލްގައި ހަރަކާތްތެރިވާނެ ފަޔަރ ވާޑެންސްގެ ހަރަކާތްތައްވެސް ބަލައި ޓެސްޓްކޮށްފައިވެއެވެ. އެގޮތުން އާ ޓާމިނަލުގައި ހަރަކާތްތެރިވާ މުވައްޒަފުންގެ ތެރެއިން 65 މުވައްޒަފުންވަނީ ފަޔަރ ވާޑެންގެ ގޮތުގައި ތަމްރީން ކޮށްފައެވެ.

އެމް.އޭ.ސީ.އެލްއިން އަބަދުވެސް މަސައްކަތްކުރަމުންދާނީ އެއާޕޯޓުގެ ޚިދުމަތް ބޭނުންކުރައްވާ ފަސިންޖަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް، ފުރިހަމަ ޚިދުމަތެއް ފޯރުކޮށް ދިނުމަށެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ތަރައްޤީއަށް އެހީތެރިކަން ފޯރުކޮށްދޭ އެއަރޕޯޓެއްގެ ގޮތުގައި ދެމިއޮންނާނަން: އެމްއޭސީއެލް ޝަރީފްޚަބަރު | 8 ދުވަސް ކުރިންވީއައިއޭގެ ޓާމިނަލް 2: ހިދުމަތްތައް ވަރަށް ފުރިހަމަ!ރިޕޯޓް | މަހެއް ކުރިންވީއައިއޭ އާ ޓާމިނަލްގެ ސީޕްލޭން ޗެކިން އޭރިއާ ބޭނުން ކުރަން ފަށައިފިޚަބަރު | 4 މަސް ކުރިންވީއައިއޭގެ އައު ޓާމިނަލުން ޔޫއޭއީގެ އިއްތިހާދު އެއާވޭސްއަށް ހިދުމަތްދޭން ފަށައިފި ވިޔަފާރި | 6 މަސް ކުރިން