logo
ޚަބަރު

ބިދޭސީންގެ ޖޫރިމަނާ ނުދައްކާ 7،500 ފަރާތެއްް އެކްސްޕެޓް ސިސްޓަމުން ސަސްޕެންޑް

މުހައްމަދު މޫސާމުހައްމަދު މޫސާ
22 ސެޕްޓެމްބަރު 2024 - 08:31
ބިދޭސީންގެ ޖޫރިމަނާ ނުދައްކާ 7،500 ފަރާތެއްް ސަސްޕެންޑް

ރާއްޖެ ގެންނަ ބިދޭސީންނާ ގުޅޭ ހުއްދަތަކަށް ސަރުކާރަށް ދައްކަންޖެހޭ ފީތަކާއި ޖޫރިމަނާ ނުދައްކާ ފަރާތްތަކުގެ ތެރެއިން މިހާތަނަށް 7،500 ފަރާތެއް އެކްސްޕެޓް ސިސްޓަމް ބޭނުން ނުކުރެވޭ ގޮތަށް ސަސްޕެންޑް ކޮށްފި އެވެ.

އެކްސްޕެޓް ސިސްޓަމަކީ ރާއްޖެއަށް ބިދޭސީން އެތެރެކުރުމަށް ހުރިހާ ފީތައް ދެއްކުމަށް ބޭނުންކުރާ ސަރުކާރުގެ ސިސްޓަމް އެވެ.

Ad by Hajj Corporation

Ad by Hajj Corporation

ބިދޭސީންނާއި ގުޅޭ ފީތައް ނުދައްކާ ފަރާތްތަކާއި އެ ފަރާތްތަކުގެ ނަންނައް ހޯމް މިނިސްޓްރީން މީގެ ކުރީން އާންމުކޮށްފައިވާއިރު، އެ ފީތައް ދެއްކުމަށް މުހުލަތުތަކެއް ވެސް ވަނީ ދީފައެވެ. އަދި އެ ފީތައް ނުދައްކާ ފަރާތްތަކަށް ވަކި މުއްދަތެއް ހިނގުމުން އެކްސްޕެޓް ސިސްޓަމް އަށް އެކްސެސް ނުވެވޭގޮތް ހަދާނެކަން އަނގައި ހަނދާންކޮށްދީފަވެއެވެ.

ހޯމް މިނިސްޓްރީ އާއި ހަވާލާދީ ދައުލަތުގެ މީޑިއާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި ބިދޭސީންނާ ގުޅޭ އެއްވެސް ޖޫރިމަނާއެއް މިހާތަނަށް ނުދައްކާ 7،501 ފަރާތްތަކަށް އެކްސްޕެޓް ސިސްޓަމަށް ނުވަދެވޭ ގޮތަށް ވަނީ ބްލޮކްކޮށްފައެވެ.

މި ފައިސާ ދެއްކުމަށް ލުއި އޮޕްޝަންތަކެއް ވެސް ހޯމް މިނިސްޓްރީން ކުރިން ދީފައިވާއިރު، މިހާތަނަށް އެއް އަހަރު ދުވަހަށް ބަހާލައިގެން ފައިސާ ދައްކަން 3،692 ފަރާތަކުން ހޯމް މިނިސްޓްރީ އަށް ވަނީ ހުށަހަޅާފައެވެ.

ހޯމް މިނިސްޓްރީން ބުނެފައިވާ ގޮތުގައި ބިދޭސީންނާއި ގުޅިގެން ދައުލަތަށް ލިބެންޖެހޭ ފީއާއި ޖޫރިމަނާ ޖުމްލަ 253 މިލިއަނަށް އަރައެވެ. އެއީ ވޯކް ޕާރމިޓް ފީގެ ގޮތުގައި 187 މިލިޔަން ރުފިޔާ، ކޯޓާ ފީގެ ގޮތުގައި 63 މިލިޔަން ރުފިޔާ އަދި ކެންސަލޭޝަން ފީގެ ގޮތުގައި 2.7 މިލިޔަން ރުފިޔާ އެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މުވައްޒަފުން ތާޒާ ނުކުރެވޭނަމަ މަސައްކަތުގައި ތިބެވޭނީ ވަރަށް ފަހަތުގައި - މިނިސްޓަރޚަބަރު | 4 މަސް ކުރިންއޮޕަރޭޝަން ކުރަނގި: މިހާތަނަށް 18,000 ވުރެ ގިނަ ބިދޭސީންގެ މައުލޫމާތު އެއްކޮށްފިޚަބަރު | 9 މަސް ކުރިންމިއަދަކީ ދިވެހި ތާރީޚުގައި ރަން އަކުރުން ފަވާލެވޭނެ ދުވަހެއް - އިޙްސާންޚަބަރު | 10 މަސް ކުރިންކުޑަހުވަދޫގައި ވެސް އައިޑީ ކާޑު ޕްރިންޓް ކުރުމުގެ ޚިދުމަތް ފަށައިފިޚަބަރު | 10 މަސް ކުރިން