-01-40bb8a38.jpg)

ކުރިއަށް އޮތް ލޯކަލް ކައުންސިލް/ޑަބްލިޔުޑީސީ އިންތިޚާބަކީ ރަށުގެ ތަރައްޤީއާއި ރައްޔިތުންގެ ލާބައަށްޓަކައި ނުހަނު މުހިންމު ނިންމުންތަކެއް ނިންމަންޖެހޭ ވަގުތެކެވެ. މިގޮތުން ގދ. ތިނަދޫ، ތިނަދޫ ދެކުނު މެދު ދާއިރާ (Q1-05) އަށް އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިޔުޑީސީ) އަށް ވާދަކުރައްވާ ކެންޑިޑޭޓް ޒަހީނާ އަހްމަދަކީ އެ ދާއިރާގެ ތަރައްޤީއަށްޓަކައި ސާފު ތަޞައްވުރެއް ގެންގުޅުއްވާ، ހީވާގީ ޚިދުމަތްތެރިއެކެވެ.
ގދ. ތިނަދޫ ބުލޫނިޔާ، ޒަހީނާ އަހްމަދަކީ އެރަށަށް އުފަން، އެ ރަށުގެ މުޖުތަމައުގެ ތެރޭގައި ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. އޭނާއަކީ ހަމައެކަނި ސިޔާސީ މައިދާނަށް ނުކުމެ ހުރި މީހެއް ނޫނެވެ. އޭގެ ބަދަލުގައި އަމިއްލަ މަސައްކަތުން ކުޑަ ވިޔަފާފިއެއް ފަށައި، އެކަން ކާމިޔާބުކަމާއެކު ހިންގަމުންދާ އިގްތިސާދީ ގޮތުން ފުދުންތެރި އަންހެނެކެވެ.
ޒަހީނާގެ ގާބިލުކަން އިތުރަށް ހާމަވަނީ އޭނާ ހާސިލްކޮށްފައިވާ ތަމްރީނުތަކުންނެވެ. އެގޮތުން 'ޕްރެކްޓިސް ޕާލިމެންޓް' ވޯކްޝޮޕްގައި ބައިވެރިވެ، ދައުލަތް ހިންގުމާއި ވަކާލާތު ކުރުމުގެ ހުނަރު އޭނާ ވަނީ ދަސްކޮށްފައެވެ. އަދި މިހާރުވެސް ވީޓް އެކްސް ކޯ ގެ އިސް މަގާމެއްގައި ހުރެ، ހިންގުމުގެ ދާއިރާގައި އޭނާ ދަނީ ނަތީޖާ ދައްކަމުންނެވެ.
ޒަހީނާގެ އެންމެ ބޮޑު އެއް އަމާޒަކީ އަންހެނުން ބާރުވެރިކުރުވުމެވެ. މި ދާއިރާއިން އޭނާ ހާސިލްކުރަން ބޭނުންވާ މުހިންމު ކަންތައްތަކުގެ ތެރޭގައި ހިމެނެނީ:
އިގްތިސާދީ ފުރުސަތުތައް ފަހިކޮށްދިނުން: ގޭގައި ތިބެގެން މަސައްކަތްކުރާ އަންހެނުންނަށް އެމީހުންގެ އުފެއްދުންތައް ބާޒާރަށް ނެރެވޭނެ މަގު ފަހިކޮށްދިނުމާއި، ކުދި ވިޔަފާރިތަކަށް ބޭނުންވާ ތަމްރީނާއި އެހީތެރިކަން ހޯދައިދިނުން.
ހުނަރު ތަރައްޤީކުރުން: އަންހެނުންނަށް ޚާއްޞަ ވޮކޭޝަނަލް ޓްރެއިނިންގ ޕްރޮގްރާމްތައް ރަށު ފެންވަރުގައި ހިންގައި، އަމިއްލަ މަސައްކަތުން އާމްދަނީ ހޯދޭނެ މަގުތައް ދެއްކުން.
ޖުތިމާއީ ރައްކާތެރިކަން: އާއިލާތަކަށް ދިމާވާ އެކި ގޮންޖެހުންތަކުގައި އެހީތެރިވެދޭނެ ނިޒާމެއް ގާއިމްކުރުމާއި، އަންހެނުންގެ އަޑު އިއްވައި، ނިންމުންތައް ނިންމުމުގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުން.
ސިއްހީ ހޭލުންތެރިކަން: އަންހެނުންގެ ސިއްހަތާ ގުޅޭ ޚާއްޞަ ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތައް ރަށުގައި ދާއިމީ ގޮތެއްގައި ހިންގުން.
ޒަހީނާ އިންތިޚާބަށް ކުރިމަތިލީ ހަމައެކަނި މަގާމެއްގެ ބޭނުމަކު ނޫނެވެ. އޭނާގެ މައިގަނޑު މަގުސަދަކީ ސަރުކާރާ ގުޅިގެން ތިނަދޫގެ ތަރައްޤީއަށް އިޚްލާޞްތެރިކަމާއެކު ޚިދުމަތްކުރުމެވެ. ރައްޔިތުންނާ ގާތުން މަސައްކަތްކޮށް، ވަކިން ޚާއްޞަކޮށް ދާއިރާގެ އާއިލާތަކަށް ދިމާވާ ދަތިތަކަށް ހައްލު ހޯދައިދިނުމަކީ އޭނާގެ އެންމެ ބޮޑު އަޒުމެވެ. އޭނާ ބޭނުންވަނީ އެންމެން އެކަތިގަނޑަކަށްވެ، އެކަކު އަނެކަކަށް އަޅާލާ، އެކުވެރި ބަދަހި މުޖުތަމައެއް ތިނަދޫގައި ބިނާކުރުމަށެވެ.
ޒަހީނާ އަކީ ތިނަދޫ ދެކުނު މެދު ދާއިރާގެ އުފަން ދަރިއެކެވެ. އޭނާ ވަނީ އެ ދާއިރާގައި އުޅެ ބޮޑުވެ، ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު އެންމެ ގާތުން ތަޖުރިބާކޮށްފައެވެ. އޭނާ އިންތިޚާބު ކުރަންޖެހޭ މައިގަނޑު ސަބަބުތަކަކީ:
ދާއިރާ ދަންނަ މީހަކަށްވުން: ރައްޔިތުންނަށް އެހީތެރިކަން ބޭނުންވަނީ ކޮން ކަންތައްތަކަކުންކަން އެންމެ ރަނގަޅަށް އެނގޭނެ އެކަކީ އޭނާއެވެ.
އަޑުއުފުލުމުގެ ގާބިލުކަން: ރައްޔިތުންގެ ޙައްޤުތަކާއި ކުރިއެރުމަށް ސަރުކާރުގެ އިދާރާތަކުގައި ޖެހިލުމެއްނެތި ވަކާލާތު ކުރެވޭނެ ހިތްވަރު އޭނާގެ ކިބައިގައި އެބަހުއްޓެވެ.
ނަތީޖާ ނެރެދޭނެ މީހަކަށްވުން: އަމިއްލަ ވިޔަފާރިއާއި އިސް މަގާމުތަކުގައި އޭނާ ވަނީ އަމަލީ ގޮތުން ނަތީޖާ ނެރެދެވޭނެކަން ސާބިތުކޮށްދީފައެވެ.
އިޖުތިމާއީ ރޫހު: ރަށުގެ ކޮންމެ ކަމެއްގައި ބައިވެރިވެ، އެންމެންނާ ގުޅިގެން މަސައްކަތް ކުރުމުގެ ރީތި ނަމޫނާ އޭނާ ދަނީ ދައްކަމުންނެވެ.
ޒަހީނާ އަހްމަދަކީ ތިނަދޫ ދެކުނު މެދު ދާއިރާއަށް މިއަދު ބޭނުންވާ އުންމީދީ ބަދަލެވެ. އޭނާގެ ގާބިލުކަމާއި، ތަޖުރިބާއާއި، އަދި ވަކިން ޚާއްޞަކޮށް އަންހެނުންނާއި އާއިލާތަކުގެ ކުރިއެރުމަށް ގެންގުޅުއްވާ ވިސްނުންތެރި ސިޔާސަތުތަކަކީ ދާއިރާގެ މުސްތަގުބަލު އުޖާލާކޮށްދޭނެ ކަންކަމެވެ. ޒަހީނާއަށް ދޭ ކޮންމެ ވޯޓަކީ ތިނަދޫގެ ތަރައްޤީއަށާއި، ބަދަހި މުޖުތަމައަކަށް ދެވޭ ވޯޓެކެވެ.






