-01-40bb8a38.jpg)

ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބުގައި ރ. ދުވާފަރުން ބޮޑު މެޖޯރިޓީއެއް ވެރިކަންކުރާ ޕީއެންސީއަށް ދިންއިރު، މަޝްހޫރުކަން ހޯދަން މުޒާހަރާތަކުގައި ބަނދިކިޔައިދޭ އެމްޑީޕީގެ މަރިޔަމް ޔަޝްފާ އަށް އެރަށު ރައްޔިތުން ނޫނެކޭ ބުނެފިއެވެ.
ޔަޝްފާ އަކީ އެމްޑީޕީގެ މުޒާހަރާތަކުގައި ''މަށާކައިރި ނުވާށޭ'' ބަނދި ކިޔައިދީ، މަޝްހޫރުކަން ހޯދަން މަަސައްކަތްކޮށްފައިވާ މީހެކެވެ. އޭނާ އެ ބަނޖަށް ކައުންސިލް އިންތިޚާބުގައި ދުވާފަރުން ދިން އިޖާބައަކީ އޭނާ އެދުނު ފަދައިން ރައްޔިތުން އޭނާ އައި ކައިރިނުވެ ގޮނޑިން ކަޓުވައިލުމެވެ.
ހޮނިހިރު ދުވަހު އޮތް އިންތިޚާބުގައި ޔަޝްފާ ވާދަކުރީ ދުވާފަރު ކައުންސިލްގެ އަންހެނުނަށް ޚާއްޞަ ދެ ގޮނޑިން ކުރެ ދެ ގޮނޑިއަކަށެވެ. ނަމަވެސް އެ ދެގޮނޑިވެސް އެރަށު ރައްޔިތުން ދިނީ ވެރިކަންކުރާ ޕީއެންސީއަށެވެ.
ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކާއި، އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިޚާބު (ޑަބްލިޔުޑީސީ) އިންތިޚާބުގައި ރ. ދުވާފަރު ކައުންސިލާއި، ޑަބްލިޔުޑީސީގެ 8 ގޮނޑިއެއް ވެރިކަން ކުރާ ޕީއެންސީން ވަނީ ކާމިޔާބުކޮށްފައެވެ.






