-01-40bb8a38.jpg)

މިއަދު ކުރިޔަށްދިޔަ ބައިލެކްޝަންގެ ވޯޓް ލުމުގެ ވަޤުތު ހަމަވެ، ވޯޓް ފޮށިތަށް ގުންނަން ފަށްޓައިފިއެވެ.
މި ބައި އިލްޚްޝަނަކީ ބައެއް ރަށްރަށުގެ ކައުންސިލްތަކުގެ ރައީސް، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ މެމްބަރުންގެ ތެރެއިން ހުސްވެފައިވާ މަޤާމްތަކަށް މެމްބަރުން ހޮވުމަށްޓަކައި ކުރިޔަށް ގެންދިޔަ ބައި-އިލެކްޝަނެކެވެ.
މިއަދު ހެނދުނު 8:00ގައި ފެށްޓި މި ބައި-އިލެކްޝަންގެ ވޯޓްލުން ކުރިޔަށް ދިޔައީ ހަވީރު 4:00 އަށެވެ. މި އިންތިޚާބުގައި ވޯޓުލާފައިވަނީ، ވ. ތިނަދޫ ކައުންސިލުގެ ރައީސާއި، ހއ. ވަށަފަރު އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ ހުސްވެފައިވާ މަޤާމާއި، ވ. ތިނަދޫ އަދި އައްޑޫސިޓީ ހުޅުދޫ ކައުންސިލުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ މެންބަރުން އިންތިޚާބުކުރުމަށެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނެފައިވަނީ މި އިންތިޚާބު ތަކުގައި ވޯޓުލުމުގެ ޙައްޤު ލިބިފައިވަނީ ޖުމްލަ 3776 ފަރާތަކަށެވެ. ޖުމްލަ 81 އޮފިޝަލުންނާއި، 100އަށްވުރެ ގިނަ މޮނިޓަރުން، އޮބްޒާވަރުން އަދި ކެންޑިޑޭޓުންގެ މަންދޫބުން މި އިންތިޚާބުގައި ހަރަކާތްތެރިވެފައި ވާކަމަށް އިލެކްޝަންސް ކޮމިޝަނުން މަޢުލޫމާތުދެއެވެ.
މި ބައި-އިލެކްޝަނުގައި އަތޮޅުތަކުގެ ރަށްރަށުގައި 5 ވޯޓުފޮށި އަދި ގްރޭޓަރ މާލެ ސަރަޙައްދުގައި 5 ވޯޓުފޮށި ބަހައްޓާފައި ވާކަމަށްވެސް އިލެކްޝަންސް ކޮމިޝަނުން މަޢުލޫމާތު ދެއެވެ.



