-01-40bb8a38.jpg)

ރައީސް ޑރ. މުޙައްމަދު މުޢިއްޒު ކުރައްވަމުން ގެންދަވާ މަސައްކަތް ޕުޅަކީ ދިވެހިރާއްޖެ އިޞްލާޙުކޮށް ހަމަމަގަށް އަޅުވައި މި ވޭތުވެދިޔަ ތަނުގައި ތިއްބެވި 6 ރައީސުންނަށް އިޞްލާޙުކުރަން ނުކުރެއްވުނު ކަންތައްތައް އިޞްލާޙުކުރެއްވުމަށް ޓަކައި ކުރަށްވަމުން ގެންދަވާ މަސައްކަތްޕުޅެއް ކަމަށާއި، މި ދިޔަ ސަރުކާރުގައި އެމްޑީޕީގެ ވެރިން ކަންކުރެއްވި ގޮތަކީ ''ކުޑަ ކާށްޓެއް ބޮޑު ކާށްޓެއް ނުބައްލަވާ ޖެހުނުހާ ތަނަކުން ފަރިއްކުޅުއްވުން'' ކަމަށް ހޮޅުދޫ ދާއިރާގެ މެމްބަރު އަބުދުއްސައްތާރު މުހައްމަދު މިއަދު ވިދާޅުވެއްޖެއެވެ.
ސައްތާރު މިހެން ވިދާޅުވީ، މިއަދުގެ މަޖިލީހުގެ ޖަލްސާގައި، ދައުލަތުގެ 2025 ވަނަ އަހަރުގެ ބަޖެޓް ބަހުސްގައި ވާހަކަ ދައްކަވަމުންނެވެ.
''ޙަޤީޤަތުގައި ރައީސް މުޢިއްޒު މި ކުރައްވާ މަސައްކަތަކީ ދިވެހިރާއްޖެ އިޞްލާޙުކޮށް ހަމަމަގަށް އަޅުވައި މި ވޭތުވެދިޔަ ތަނުގައި ތިއްބެވި 6 ރައީސުންނަށް އިޞްލާޙުކުރަން ނުކުރެއްވުނު ކަންތައްތައް އިޞްލާޙުކުރެއްވުމަށް ޓަކައި މަސައްކަތްކުރައްވަނ.ީ އެހެންވީމާ، އެމް.ޑީޕީ ގެ ބޭފުޅުން އެއްގޮތަކަށް ވެސް މި ވޭތިވެދިޔަ ތަނުގައި ކުޑަ ރަށެއް ބޮޑު ރަށެއް ނުބައްލަވާ ތަރައްޤީކުރެއްވީކީ ނޫން، ކުޑަ ކާށްޓެއް ބޮޑު ކާށްޓެއް ނުބައްލަވާ ޖެހުނުހާ ތަނަކުން ފަރިއްކުޅުއްވަމުން ވަޑައިގެންނެވީ.'' ސައްތާރު ވިދާޅުވިއެވެ.
ސައްތާރު ވިދާޅުވީ އެހެންކަމުން އެމްޑީޕީގެ ބޭފުޅުންގެ ''މޫނުމަތީގައާއި އެ ބޭފުޅުންގެ ފަހަތުގައި ޖެހިފައި ހުރި ލައްގަނޑު ލޯގަނޑުން ބަލައިލީމާ އެ ލައްގަނޑު އަމިއްލައަށް ފެނުނީމާ އެއްގޮތަކަށް ވެސް ލޯގަނޑު ކުށްވެރިކުރައްވާނެ ކަމެއް ނެތް'' ކަމަށެވެ. އަދި އަމިއްލައަށް އެ އެއްޗެ އްސާ ހަވާލުވެވަޑައިގަންނަވަންވީ ކަމަށެވެ.
އެމްޑީޕީން މި ބެޖެޓަށް ވެސް ސަޕޯޓްކޮށް، ބަޖެޓަށް ފުރުޞަތު ދޭން ޖެހޭކަމަށް ވެސް ސައްތާރު ވިދާޅުވިއެވެ.
ސައްތާރު ވަނީ މި ބަޖެޓްގެ ތެރެއިން ރާއްޖޭގައި މިހާރު އޮތް އެންމެ ބޮޑު މައްސަލަކަމަށްވާ، ބޯހިޔާވަހިކަމަށް ހައްލު ލިބި، ރައްޔިތުންގެ އެތައް އުންމީދެއްގައި ކުލަޖެހިގެން ދާނެއެވެ.



