logo
ޚަބަރު

ރަސްމާލެ މަޝްރޫޢު: ދެ ސަރަހައްދަކުން ވެލި ނެގުމުގެ ހުއްދަ ދީފި

އަޙްމަދު ޒަލީފް
22 ސެޕްޓެމްބަރު 2024 - 10:54
ރަސްމާލެ މަޝްރޫޢު: ދެ ސަރަހައްދަކުން ވެލި ނެގުމުގެ ހުއްދަ ދީފި

ރާއްޖޭގައި ހިންގާ ބޯހިޔާވަހިކަމުގެ އެންމެ ބޮޑު މަޝްރޫއު ކަމަށްވާ ރަސްމާލެ ހިއްކުމުގެ މަސައްކަތްތަކަށް ދެ ސަރަހައްދަކުން ވެލި ނަގަން އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން ހުއްދަ ދީފިއެވެ.

މާލޭގެ ދެކުނަށް އޮންނަ ފުށިދިއްގަރުފަޅު ހިއްކައިގެން ތަރައްގީ ކުރާ ރަސްމާލޭގެ ނުވަ ސަރަހައްދެއް ހިއްކުމަށް ބޭނުންވާ ވެލި ނެގުމަށް އީޕީއޭއިން ހުއްދަ ދިނީ ކ.މާފުއްޓާ ދިމާލުން ހުޅަނގަށް އޮތް ދެ ސަރަހައްދަކުންނެވެ. އެ ދެ ސަރަހައްދުގެ އިތުރަށް ވެލި ނެގުމަށް އަލްޓަނޭޓިވް ސަރަހައްދެއްގެ ގޮތުގައި އިތާފުށި ރިސޯޓު ކައިރިން ސަރަހައްދެއް ކަނޑައަޅާފައިވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ދެ ސަރަހައްދުން ވެލި ނެގުމުގެ ހުއްދަ ދީފައިވަނީ ހަމަސް ދުވަހަށެވެ.

އެއީ މި މަޝްރޫއު ކުރިން ހަވާލުކުރި ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން (ސީއެމްސީ)އިން ހިއްކައި ނިންމާފައިވާ ސްޓޭޖްގައި ހިމެނޭ 29 ހެކްޓަރު ފިޔަވައި ހިއްކަންޖެހޭ ސަރަހައްދުން 562 ހެކްޓަރުގެ ބިމެވެ. މި ސަރަހައްދުތައް ހިއްކުމުގެ މަސައްކަތް ހައުސިން ޑިވެލޮޕްމެންޓު ކޯޕަރޭޝަން (އެޗްޑީސީ)އިން ހަވާލުކޮށްފައިވަނީ މޯހަން މުތާ އެކްސްޕޯޓުގެ އިތުރަށް ޗައިނާގެ ޗައިނާ ރެއިލްވޭ ކޮންސްޓްރަކްޝަން ކޮމްޕެނީއާ އެވެ.

ރަސްމާލެގެ މަސައްކަތް ފެށީ މިދިޔަ އަހަރު ޑިސެމްބަރު މަހު 18 ވަނަ ދުވަހުގައެވެ. އެ މަޝްރޫއުގެ ދަށުން 1،153 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވާ އިރު، އެ މަސައްކަތް ކުރުމަށް އާބަންކޯ އިން ހަވާލުކޮށްފައި ވަނީ ސްރީ ލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީއެމްސީސީ) އާއެވެ.

ފުށިދިއްގަރު ފަޅު ހިއްކައިގެން ތަރައްގީ ކުރަމުންދާ ރަސްމާލެ މަޝްރޫއު ފެށިގެން ކުރިއަށްދާއިރު، އެ މަޝްރޫއުގެ މަސައްކަތް ބާރު ސްޕީޑްގައި ދަނީ ކުރެވެމުންނެވެ.

އެ މަޝްރޫއަކީ މި އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލިހަށް ހުށަހެޅި ބަޖެޓުގައި މި ސަރުކާރުން އެދިގެން އެކަމަށް 400 މިލިއަން ރުފިޔާ ހިމެނި މަޝްރޫއެކެވެ.

Hajj Corpooration

Hajj Corpooration

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރަސްމާލެ ހިއްކުމަށް އިތުރު ޑްރެޖަރެއް ގެންނަނީ ޚަބަރު | 2 ދުވަސް ކުރިންރަސްމާލެ ހިއްކުމުގެ މަސައްކަތް ނުހުއްޓޭ، މިހާތަނަށް 129 ހެކްޓަރު ހިއްކައިފި ޚަބަރު | 3 ދުވަސް ކުރިންބޭރުގެ އިންވެސްޓަރުންނަށް ރަސްމާލެ މަޝްރޫއުގައި އިންވެސްޓުކުރުމުގެ ފުރުސަތުޚަބަރު | 2 މަސް ކުރިންރަސް މާލެ ހިއްކުމުގެ މަސައްކަތް ބާރަށް: މިހާތަނަށް 101 ހެކްޓަރުގެ ބިން ހިއްކައިފިޚަބަރު | 4 މަސް ކުރިން