logo
Bank of Maldives

Bank of Maldives

ޚަބަރު

ރަސްމާލެ ހިއްކުމުގެ މަސައްކަތް ނުހުއްޓޭ، މިހާތަނަށް 129 ހެކްޓަރު ހިއްކައިފި

އަޙްމަދު ޒަލީފް
17 އޯގަސްޓު 2025 - 09:16
ރަސްމާލެ ހިއްކުމުގެ މަސައްކަތް ނުހުއްޓޭ، މިހާތަނަށް 129 ހެކްޓަރު ހިއްކައިފި

ރަސްމާލެ މަޝްރޫޢުގެ ދަށުން މިހާތަނަށް 129 ހެކްޓަރުގެ ބިން ހިއްކައިފިއެވެ.މި މަޝްރޫޢުގެ ދަށުން ޖުމްލަ 1153 ހެކްޓަރުގެ ބިން ހިއްކުމަށްވަނީ ހަމަޖެހިފައެވެ.

ރަސްމާލެ މަޝްރޫޢަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ތަރައްޤީގެ ސިޔާސަތުގެ ދަށުގައި ހިމެނޭ އެންމެ ބޮޑު މަޝްރޫޢެވެ. ރާއްޖެއަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް އިންޤިލާބީ ބަދަލެއް ގެނުވާނެ މަޝްރޫޢަކަށް ރަސްމާލެ މަޝްރޫޢުވެގެންދާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ. އެހެންކަމުން މިމަސައްކަތް އަވަސްކުރުމަށް މިދިޔަ އަހަރު ސަރުކާރުންވަނީ މަސައްކަތްކުރައްވާފައެވެ.

ރަސްމާލެ މަޝްރޫޢުގެ ދަށުން 65000 ގެދޮރު ޔަގީންވާނެކަމަށް ސަރުކާރުން ވަނީ ހާމަކޮށްފައެވެ. ހައުސިންގ މަޝްރޫޢުގެ ދަށުން ފުރަތަމަ 15000 ހައުސިންގ ޔުނިޓުގެ މަސައްކަތް ޗައިނާގެ ކުންފުންޏަކާއި ހަވާލުކޮށް މަސައްކަތް ކުރިއަށްދާކަމަށް ސަރުކާރުންވަނީ ވިދާޅުވެފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ގެނައުމަށް ސަރުކާރުން ކުރިއަށްގެންދާ އެންމެ ބޮޑު މަޝްރޫޢަކީ ރަސްމާލެ މަޝްރޫޢެވެ. މިމަޝްރޫޢުގެ ދަށުން 1153 ހެކްޓަރުގެ ބިން ހިއްކުމަށްވަނީ ހަމަޖެހިފައެވެ. އެޗްޑީސީން ވިދާޅުވީ 2023 ވަނަ އަހަރު ޢަމަލީ މަސައްކަތް ފެށި މިމަޝްރޫޢުގެ ދަށުން މިހާތަނަށް 129 ހެކްޓަރުގެ ބިން ހިއްކާފައިވާކަމަށެވެ. އެއީ މުޅި މަޝްރޫޢަށް ބަލާއިރު، ބިން ހިއްކުމުގެ ގާތްގަނޑަކަށް 11 އިންސައްތައެވެ.

ރަސްމާލެ މަޝްރޫޢުގެ ދަށުން ބިން ހިއްކުމުގެ މަސައްކަތް ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން އަދި މޯހަން މުތާ އެކްސްޕޯރޓްސްއާއި ހަވާލުކޮށްފައިވާއިރު މިއަހަރުގެ ކުރީކޮޅު މަސައްކަތް ވަރަށް ބާރު ސްޕީޑުގައި ކުރިއަށްގެންގޮސްފައިވާކަން ފާހަގަކޮށްލެވެއެވެ. މިގޮތުން 12 ސަރަޙައްދެއް ހިއްކުމަށް ހަމަޖެހިފައިވާ މިމަޝްރޫޢުގެ 5 ސަރަޙައްދަކުން 100 ހެކްޓަރުވަނީ މާރިޗް އަދި އޭޕްރީލް މަހު ހިއްކާފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ދުނިޔޭގެ އެންމެ ބޮޑު އެއް ޑްރޭޖަރު ގެނެސް ރަސްމާލެ ހިއްކުން ތިން ގުނަ އަވަަސްކޮށްފިޚަބަރު | 6 ދުވަސް ކުރިންބޮޑު ޑްރެޖަރެއް ގެނެސް އޭޕްރީލްގެ ނިޔަލަށް ރަސްމާލެ ހިއްކައި ނިންމަނީޚަބަރު | 12 ދުވަސް ކުރިންރަސްމާލެއިން ފުރަތަމަ ބުރުގައި ދޭ 15,000 ގޯއްޗަށް ހުޅުވާލަނީޚަބަރު | މަހެއް ކުރިންރަސްމާލޭގެ މާސްޓާ ޕްލޭން ތައްޔާރުކުރުމަށް ކޮންސަލްޓެންޓެއް ހޯދަނީޚަބަރު | 2 މަސް ކުރިން