logo
Bank of Maldives

Bank of Maldives

ޚަބަރު

ރަސްމާލެއިން ފުރަތަމަ ބުރުގައި ދޭ 15,000 ގޯއްޗަށް ހުޅުވާލަނީ

މުހައްމަދު މޫސާމުހައްމަދު މޫސާ
12 ނޮވެމްބަރު 2025 - 07:53
ރަސްމާލެއިން ފުރަތަމަ ބުރުގައި ދޭ 15,000 ގޯއްޗަށް ހުޅުވާލަނީ

ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ ބޯހިޔާވަހިކަމުގެ ވަޢުދުގައި ހިމެނޭ މާލޭ ސަރަޙައްދުގެ ބޯހިޔާވަހިކަމުގެ މައްސަލަ ދާއިމީކޮށް ހައްލުކުރުމުގެ މަސައްކަތުގެ ތެރެއިން، ރަސްމާލެއިން 15,000 ގޯތި ދިނުމަށް ނިންމާފައިވާ ކަމަށް ރައީސް މިއަދު ވިދާޅުވެއްޖެއެވެ.

މި ގޯތިތަކަށް ކުރިމަތިލުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. ރައީސް މިކަން ހާމަކުރެއްވީ ޖުމްހޫރީ ދުވަހުގެ ޙާއްސަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރައީސް ވިދާޅުވީ، ރަސްމާލެއިން މިހާރު ހިއްކަމުންދާ ބިމުގެ ފުރަތަމަ ބުރުގައި، އަންނަ އަހަރުގެ ކުރިއަށް އޮތް ފަސް މަސް ދުވަހުގެ ތެރޭގައި ހިއްކޭނެ ބިމުގައި، 15,000 ގޯތި ދިނުމަށްޓަކައި ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާނެ ކަމަށެވެ. މި ގޯތިތައް ދެވޭނީ ރައީސް ވަޢުދުވެފައިވާ ގޮތަށް، މާލޭ ރަށްވެހިންނާއި، މާލޭގައި ދިރިއުޅޭތާ ގިނަދުވަސްވީ ފަރާތްތަކަށް އަދި މާލޭ ދަފުތަރުގައި ޖެހިފައިވާ ފަރާތްތައް ހިމެނޭހެން، މާލޭ ސަރަހައްދުގެ ބޯހިޔާވަހިކަމުގެ މައްސަލަ ދާއިމީކޮށް ހައްލުކުރުމުގެ މަގްސަދުގައެވެ.

މި ޕްރޮގްރާމުގެ ދަށުން، ކުދިކުދި ގޯޅިތަކުގައި ހުރި ގެތައް ހެދުމަށް ބޭންކުން ލޯނު ނުނެގޭ ފަރާތްތަކަށް، އެ ގޯތިތައް ދޫކޮށްލުމުން (ލާޖައްސާ އުސޫލުން) ބިން ބޭނުންވާ ފަރާތްތަކަށް ވެސް މި ފުރުސަތު ލިބިގެންދާނެއެވެ. ރައީސްގެ ބޯހިޔާވަހިކަމުގެ ވަޢުދުގައި ހިމެނޭ ހުރިހާ ގިންތިތަކަށް މި ގޯތިތަކަށް ކުރިމަތިލެވޭނެއެވެ. އޭގެ ތެރޭގައި ނުކުޅެދުންތެރިކަން ހުރި ފަރާތްތަކާއި، އެކަނިވެރި މައިންނާއި ބަފައިންނާއި، ޒުވާނުންނާއި، ޓޫރިޒަމް ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކާއި، ޓެކްސީ ޑްރައިވަރުންނާއި، ޖުޑިޝަރީ ހިމެނޭ ގޮތަށް އެކިއެކި މުއައްސަސާތަކުގެ މުވައްޒަފުން ހިމެނެއެވެ.

ރައީސް ވިދާޅުވީ، މި ބިން ހިއްކުން ނިމެންވާއިރަށް، މި ގޯތިތައް ލިބޭ ފަރާތްތައް ކަނޑައަޅައި ނިންމުމަކީ ސަރުކާރުގެ އަމާޒެއް ކަމަށެވެ. މީގެ އިތުރުން، 7,000 ފްލެޓްގެ މަސައްކަތް ވެސް މިހާރު ފަށަން ތައްޔާރުވެފައިވާ ކަމަށާއި، އެ ފްލެޓްތައް ވެސް ވަޢުދުވެފައިވާ ކެޓަގަރީތަކަށް ދިނުމަށް ހަމަޖެހިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. މި ފްލެޓްތަކުގެ ތެރޭގައި، ކުރީ ސަރުކާރުން ފައިނަލް ލިސްޓުގައި ހިމަނައި، އެއަށްފަހު އެއްވެސް ބެލުމެއްނެތި ފްލެޓްތައް އަތުލާފައިވާ ފަރާތްތަކަށް ވެސް ހައްގު އަނބުރާ ލިބިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ޑރ. މުޢިއްޒު ވިދާޅުވީ، ސަރުކާރުން ވެފައިވާ ވަޢުދުތައް ފުއްދުމަށް ވަރަށް ސަމާލުކަންދީގެން މަސައްކަތް ކުރަމުންދާ ކަމަށާއި، މި ގޯތިތަކަށް ކުރިމަތިލެވޭނެގޮތް، "ބޯހިޔާވަހިކަން އެންމެންނަށް" މި ސިޔާސަތުގެ ތެރެއިން ދާދި އަވަހަށް ހުޅުވާލާނެ ކަމަށެވެ.

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކަނޑުންނާއި ފަޅުން އެމްޑީޕީން ދިން ގޯތިތައް ބިމަށް، ހުރިހާ ޝުކުރެއް ރައީސް މުޢިއްޒަށްރިޕޯޓް | 4 ގަޑިއިރު ކުރިންމަސްމާރުކޭޓު ތަރައްޤީކުރާނީ ޖަޕާން ސަރުކާރުގެ ހިލޭ އެހީގައި ޚަބަރު | 12 ގަޑިއިރު ކުރިންފޭސް ތިނަކުން ގޯތި ލިބުނު ފަރާތްތަކަށް އަންނަ މަހު ގޯތިތަށް ހަވާލުކުރަނީޚަބަރު | 13 ގަޑިއިރު ކުރިންހާއްސަ ހާލަތްތަކުގައި ޕެންޝަން ފައިސާ ނެގޭ ގޮތަށް، ޕެންޝަން ޤާނޫނު އިސްލާހު ކުރަނީޚަބަރު | 13 ގަޑިއިރު ކުރިން