logo
Bank of Maldives

Bank of Maldives

ޚަބަރު

އަޅުގަނޑުގެ ތާއީދު ލިބޭ ކެންޑިޑޭޓުން ތިބޭނީ ހަމައެކަނި ޕީއެންސީގެ ޓިކެޓުގައި: ރައީސް ޑރ. މުޢިއްޒު

ޒިދާން މުޙައްމަދު
11 މާރިޗު 2026 - 11:02
އަޅުގަނޑުގެ ތާއީދު ލިބޭ ކެންޑިޑޭޓުން ތިބޭނީ ހަމައެކަނި ޕީއެންސީގެ ޓިކެޓުގައި: ރައީސް ޑރ. މުޢިއްޒު

ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު އަދި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓުގައި، ތާޢީދު ކުރައްވަނީ ހަމައެކަނި ޕީޕަލަސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ކެންޑިޑޭޓުންނަށް ކަަމަށް އެ ޕާޓީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު އޮތް ހުޅުމާލެ ދެކުނު ދާއިރާގެ ދޮރުން ދޮރަށް ހަރަކާތް ނިންމަވާލައްވަމުން މީޑިއާއަށް ދެއްވި ބަސްދީގަތުމެއްގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރައީސް ޑރ. މުޢިއްޒު ވަނީ މާލޭގެ ހުރިހާ ދާއިރާއެއްގައި ދޮރުން ދޮރަށް ހިންގަވާފައެވެ. އަދި ވިލިމާލޭގައި ވެސް ވަނީ ދޮރުން ދޮރަށް ހިންގަވާފައެވެ. މިއަދު ވަނީ ހުޅުމާލޭގެ އެކި ދާއިރާތަކުގައި ދޮރުން ދޮރަށް ހަރަކާތް ފައްޓަވާފައެވެ.

ރައީސް ވިދާޅުވީ ދޮރުން ދޮރަށް ހަރަކާތަށް ފަހު މިހާތަނަށް މީޑިއާތަކަށް އެއްޗެއް ވިދާޅުނުވާ ކަމަށާއި އެހެން ނަމަވެސް ހުޅުމާލެ ދެކުނު ދާއިރާއިން ކަމެއް ފާހަގަވުމުން ވޫޓުލާ ރައްޔިތުންނަށް ސާފުކޮށް ދެއްވަން ބޭނުންފުޅުވީ ކަމަށެވެ. ރައީސް ވިދާޅުވީ އެމަނިކުފާނު ޒިޔާރަތް ކުރެއްވި ގޭގެއިން އެ ދާއިރާގައި އެމަނިކުފާނުގެ ތާޢީދު އޮތީ އެމްޑީޕީގެ ކެންޑިޑޭޓަށް ކަަމަށް އެ ކެންޑިޑޭޓު ބުނެފައިވާތީ އެކަން ސާފުކޮށްދޭން ރައްޔިތުން އެދިފައިވާ ކަމަށެވެ.

ރައީސް ވިދާޅުވީ ކުރިއަށް އޮތް އިންތިޚާބުގައި އެމަނިކުފާނު ހަމައެކަނި ތާޢީދު ކުރައްވާނީ ހަމައެކަނި ޕީއެންސީގެ ކެންޑިޑޭޓުންނަށް ކަމަށެވެ. އަދި އެމްޑީޕީގެ ކެންޑިޑޭޓަކަށް ނުވަތަ އެހެން ޕާޓީއެއްގެ އެއްވެސް ކެންޑިޑޭޓަކަށް ތާޢީދު ނުކުރާ ކަމަށެވެ. އެމަނިކުފާނަކީ ޕާޓީގެ ނިޒާމު ގަބޫލުކުރާ ބޭފުޅެއް ކަމަށާއި އެެހެން ކަމުން އެފަދަ ދޮގު ވާހަކަތައް އެއްވެސް ރައްޔިތަކު ޤަބޫލުނުކުރެއްވުމަށް ރައީސް އެދިވަޑައިގަތެވެ.

ރައީސް ވިދާޅުވީ ހުޅުމާލެ ދެކުނު ދާއިރާއިން އެމަނިކުފާނުގެ ފުރިހަމަ ތާޢީދު އޮތީ ޕީއެންސީގެ ކެންޑިޑޭޓް އަޙްމަދު ޢުބައިދުއަށް ކަމަށެވެ. އެ ދާއިރާއަށް އެމްޑީޕީ ކެންޑިޑޭޓަކާއި އަމިއްލަ ގޮތުން ވާދަކުރާ ކެންޑިޑޭޓަކު ކުރިމަތިލާފައިވެއެވެ.

އިލެކްޝަންސް ކޮމިޝަނުން އިއުލާންކޮށްފައިވާ ލިސްޓުގައިވާގޮތުން މި އިންތިޚާބުތަކުގައި ވޯޓުލުމުގެ ޙައްގު ލިބެނީ 150،370 ފިރިހެނުންނަށާއި 144،506 އަންހެނުންނަށެވެ.

އަންނަ މަހު ބާއްވާ 3 ވޯޓުގައި ވޯޓުލުމަށް ޖުމްލަ 588 ފޮށި ބަހައްޓަން އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފައެވެ. އެގޮތުން، މާލޭގައި 180 ފޮށި، ހުޅުމާލޭގައި 51 ފޮށި، ވިލިމާލޭގައި 9 ފޮށި އަދި އަތޮޅުތަކުގައި 322 ފޮށި ބެހެއްޓުމަށް ވަނީ ނިންމާފައެވެ. މިފަހަރު ރިސޯޓުތަކުގައި 21 ވޯޓު ފޮއްޓާއި ޖަލުތަކުގައި 5 ވޯޓު ފޮށި ބެހެއްޓުމަށްވެސް އެ ކޮމިޝަނުން ވަނީ ނިންމާފައެވެ.

ރީ-ރަޖިސްޓްރޭޝަނަށް އިލެކްޝަންސް ކޮމިޝަނުން ހުޅުވާލި ފުރުސަތުގައި ދިވެހިން ދިރިއުޅޭ އެހެން ޤައުމުތަކާއި ސިނާޢީ މަސައްކަތްތައް ކުރާ ރަށްތަކުގައި ރަޖިސްޓްރީވާންޖެހޭ އަދަދަށް ވޯޓުލާން މީހުން ރަޖިސްޓްރީނުވެއެވެ. އެހެންވެ، އެ ތަންތަނުގައި މިފަހަރު ވޯޓު ފޮށު ނުބަހައްޓާނެއެވެ.

އިލެކްޝަންސް ކޮމިޝަނުން ވަނީ ވޯޓުލުމުގެ ޙައްގު ލިބޭ މީހުން އެ މީހަކު ރަޖިސްޓްރީވެފައިވާ ވޯޓު ފޮށީގެ މައުލޫމާތު ކުރިއާލައި ބެލުމަށްފަހު ވޯޓުލުމުގެ ޙައްގު އަދާކުރުމަށް އިލްތިމާސްކުރައްވާފައެވެ. ވޯޓުލާންޖެހޭ ފޮއްޓާއި މަރުކަޒު، VR (space) ID card number ޖެހުމަށްފަހު 1414 އަށް މެސެޖްކޮށްގެން ބަލައިލެވޭނެއެވެ،

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އަޅުގަނޑުގެ ތާއީދު ލިބޭ ކެންޑިޑޭޓުން ތިބޭނީ ހަމައެކަނި ޕީއެންސީގެ ޓިކެޓުގައި: ރައީސް ޑރ. މުޢިއްޒުޚަބަރު | 2 ގަޑިއިރު ކުރިންވަޠަނީ ޚިދުމަތުގެ 3 ވަނަ ބުރުގައި ބައިވެރިވާން ހުޅުވާލައިފިޚަބަރު | ދުވަހެއް ކުރިންބޭރުގެ އިގްތިސާދީ ލޮޅުންތަކުގެ ނާޒުކުކަން ރާއްޖެއަށް އިންތިހާއަށް ބޮޑު: ރައީސްޚަބަރު | 2 ދުވަސް ކުރިންފަހު ދިހައިގެ ދުވަސްތަކަށް ސަރުކާރު ބަންދުކޮށްފިޚަބަރު | 2 ދުވަސް ކުރިން