logo
Bank of Maldives

Bank of Maldives

ޚަބަރު

ރަސްމާލޭގެ މާސްޓާ ޕްލޭން ތައްޔާރުކުރުމަށް ކޮންސަލްޓެންޓެއް ހޯދަނީ

އާމިނަތު ޝަފާ
5 އޮކްޓޯބަރު 2025 - 13:09
ރަސްމާލޭގެ މާސްޓާ  ޕްލޭން ތައްޔާރުކުރުމަށް ކޮންސަލްޓެންޓެއް ހޯދަނީ

މިނިސްޓްރީ އޮފް ފައިނޭންސް އެންޑް ޕްލޭނިންގ މެދުވެރިކޮށް، ރަސްމާލެ ޑިޒައިންކޮށް ޑީޓެއިލް މާސްޓަރ ޕްލޭނެއް ތައްޔާރުކުރުމަށް ކޮންސަލްޓަންސީ ސާރވިސް ދޭނެ ފަރާތެއް ހޯދުމަށް މާލީ ވުޒާރާ އާއި ތަރައްޤީގެ ރޭވުންތެރިކަމާއި ބެހޭ ވުޒާރާއިން އިއުލާންކޮށްފި އެވެ.

ރަސްމާލެ ޑިޒައިންކޮށް ޑީޓެއިލް މާސްޓަރ ޕްލޭނެއް ތައްޔާރުކުރުމަށް ކޮންސަލްޓަންސީ ސާރވިސް ދިނުމަށް، ބޭނުންވާ ފަރާތްތަކުން މަސައްކަތަށް "އެކްސްޕްރެޝަން އޮފް އިންޓްރެސްޓް" (އީ.އޯ.އައި) ހުށަހެޅުމުގެ ފުރުޞަތު ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ވަނީ ހުޅުވާލާފަ އެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރަސްމާލެ ޑިޒައިންކޮށް ޑީޓެއިލް މާސްޓަރ ޕްލޭނެއް ތައްޔާރުކުރުމަށް ކޮންސަލްޓަންސީ ސާރވިސް ދޭނެ ފަރާތެއް ހޯދުމަށް އިއުލާންކޮށް، މާލީ ވުޒާރާ އާއި ތަރައްޤީގެ ރޭވުންތެރިކަމާއި ބެހޭ ވުޒާރާއިން ބުނެފައި ވަނީ، މި މަސައްކަތުގެ މައިގަނޑު މަޤްޞަދަކީ ކްލައިމެޓް ރިސްކް އެޑެޕްޓިވް އައިލެންޑް ޕްލޭނިންގ މޮޑެލް އުސޫލުތަކަށް ފެތޭ، އަދި ތިމާވެށީގެ ގޮތުން ދެމެހެއްޓެނިވި، އިޤްތިޞާދީ ގޮތުން ފުދުންތެރި މާސްޓަރ ޕްލޭނެއް އެކުލަވާލުން ކަމަށެވެ.

އަދި މި ޕްލޭނަކީ ދުރު ރާސްތާގެ ތަރައްޤީއަށް މަގުފަހިކޮށްދޭ، އަދި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވެދާނެ ގޮންޖެހުންތަކަށް ބިނާކުރެވިފައިވާ ރޭވުންތެރި ޕްލޭނަކަށް ވެގެންދާނެ ކަމަށް ވުޒާރާއިން ބުނެއެވެ.

އެގޮތުން ކޮންސަލްޓަންސީ ދިނުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން އެ މަސައްކަތް ކުރުމުގެ ޤާބިލްކަން ސާބިތުކޮށްދޭ ލިޔެކިޔުން (ކުންފުނީގެ ފަންނީ ޤާބިލު ކަން، ގުޅޭ ދާއިރާއިން ކޮށްފައިވާ މަސައްކަތްތަކުގެ ތަފްސީލްތައް މަސައްކަތްތަކުގެ އަގު އެނގޭނޭހެން، ކުންފުނީގެ މުވައްޒަފުންގެ މިފަދަ މަސައްކަތްތަކުގެ ހުނަރާއި ޤާބިލުކަން އަދި ކުންފުނީގެ މިފަދަ މަސައްކަތުގެ މަޢުލޫމާތު ހިމެނޭހެން) ހުށަހަޅަންޖެހެއެވެ.

އަދި މި ޚިދުމަތްދޭނެ ފަރާތެއް ޝޯޓްލިސްޓް ކުރުމަށް ހަމަޖެހިފައިވާ ކްރައިޓީރިއާ ޓާމްސް އޮފް ރެފަރެންސް (ޓީ.އޯ.އާރު) ގައި ވަނީ ހިމަނާފަ އެވެ.

މި މަސައްކަތަށް ކޮންސަލްޓަންޓެއް ހޮވުމަށް ހަމަޖެހިފައި ވަނީ، ދައުލަތުގެ މާލިއްޔަތުގެ ގަވައިދުގައި ބަޔާންކޮށްފައިވާ ކޮލިޓީ އެންޑް ކޮސްޓް ބޭސްޑް ސިލެކްޝަން (ކިއު.ސީ.ބީ.އެސް) މެތަޑް އާއި އެއްގޮތްވާ ގޮތުގެ މަތިންކަމަށް، މާލީ ވުޒާރާ އާއި ތަރައްޤީގެ ރޭވުންތެރިކަމާއި ބެހޭ ވުޒާރާއިން ވަނީ ހާމަކޮށްފައެވެ.

އެހެންކަމުން މި ކަމަށް ޝައުޤުވެރިވާ ފަރާތްތަކުން "އެކްސްޕްރެޝަން އޮފް އިންޓަރެސްޓް" ޓާމްސް އޮފް ރެފަރެންސް (ޓީ.އޯއާރު) ގައި ބަޔާންކޮށްފައިވާ ޝަރުތުތަކާއި ހުރިހާ މައުލޫމާތު ހިމެނޭހެން ހުށަހެޅުމަށް ވަނީ އެދިފަ އެވެ.

އެ ވުޒާރާއިން ބުނީ، މި މަސައްކަތްތަކަށް ޝައުގުވެރިކަން ފާޅުކުރާ ފަރާތްތަކުގެ ތެރެއިން ޝޯޓް ލިސްޓް ކުރެވޭ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ދަޢުވަތު އަރުވާނެ ކަމަށެވެ.

ރަސްމާލެ މަޝްރޫޢުގެ ދަށުން މިއަހަރުގެ އޯގަސްޓުމަހުގެ ނިޔަލަށް 129 ހެކްޓަރުގެ ބިން ވަނީ ހިއްކާފައެވެ.

ރަސްމާލެ ތަރއްގީކުރަން ސަރުކާރުން ނިންމާފަައިވަނީ ޒީރޯ ކާބަން ސަހަރެއްގެ ގޮތުގައި 65،000 ހައުސިން ޔުނިޓު ދޫކުރެވޭނެގޮތަށެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރަސްމާލޭގެ މާސްޓާ ޕްލޭން ތައްޔާރުކުރުމަށް ކޮންސަލްޓެންޓެއް ހޯދަނީޚަބަރު | 18 ދުވަސް ކުރިންރަސްމާލެ ސައިޓް ސީ ހިއްކުމުގެ އަމަލީ މަސައްކަތް ފަށައިފި ޚަބަރު | 2 މަސް ކުރިންރަސްމާލެ ހިއްކުމަށް އިތުރު ޑްރެޖަރެއް ގެންނަނީ ޚަބަރު | 2 މަސް ކުރިންރަސްމާލެ ހިއްކުމުގެ މަސައްކަތް ނުހުއްޓޭ، މިހާތަނަށް 129 ހެކްޓަރު ހިއްކައިފި ޚަބަރު | 2 މަސް ކުރިން