logo
Bank of Maldives

Bank of Maldives

ޚަބަރު

ރަސްމާލެ: ސައިޓް އޭގެ 71 ހެކްޓަރުގެ ބިން ހިއްކައިފި

އައިޝަތު ނަޝާ
14 ޖެނުއަރީ 2026 - 11:30
ރަސްމާލެ: ސައިޓް އޭގެ 71 ހެކްޓަރުގެ ބިން ހިއްކައިފި

ރަސްމާލޭގެ ސައިޓް އޭގެ މަސައްކަތުގެ ދެބައިކުޅަ އެއްބައި މަސައްކަތް މުޅިން ނިމިއްޖެއެވެ.

މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމްއޭސީއެލްއިން ބުނީ،ރަސްމާލެ ސައިޓް އޭގެ 137.5 ހެކްޓަރު ބިން ހިއްކުމަށް ހަމަޖެހިފައިވާ ކަމަށާއި،އޭގެތެރެއިން މިހާތަނަށް 71 ހެކްޓަރުގެ ބިން ހިއްކާ ނިމިފައިވާ ކަމަށެވެ. އެއީ ސައިޓު އޭގެ %51.64 މަސައްކަތެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރަސްމާލެ މަޝްރޫޢުއަކީ، މިވަގުތު މުޅިރާއްޖޭގައިވެސް ކުރިއަށްގެންދާ ބިން ހިއްކުމުގެ އެންމެ ބޮޑު މަޝްރޫޢެވެ. ޖުމްލަ 1،009 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވާއިރު، 4 ކުންފުންޏަކުން ދަނީ ބިން ހިއްކުމުގެ މަސައްކަތް ކުރަމުންނެވެ. މި މަޝްރޫޢުގައި ބިން ހިއްކުމުގެ މަސައްކަތް ކުރިއަށް ގެންދަނީ، 12 ސަރަޙައްދަކަށް ބަހާލައިގެންނެވެ.މިހާތަނަށް މުޅި މަޝްރޫޢުގެ 280 ހެކްޓަރަށްވުރެ ބޮޑު ސަރަޙައްދެއް ވަނީ ހިއްކައި ނިމިފައެވެ.

ރަސްމާލެ ހިއްކުމުގެ މަސައްކަތުގެ ސައިޓް އޭގެ މަސައްކަތް އެމްއޭސީއެލްއާ ހަވާލުކޮށްގެން ފެށީ، ޑިސެމްބަރު މަހުގެ 1ވަނަ ދުވަހުއެވެ. މަސައްކަތް އަވަސް ކުރުމަށްޓަކައި މި މަސައްކަތް މިހާރު ކުރިއަށް ގެންދަނީ ދުނިޔޭގައި ބިން ހިއްކުމުގައި ހަރަކާތްތެރިވާ އެންމެ ބޮޑު ޑްރެޖަރު ބޭނުން ކޮށްގެންނެވެ. މިއީ، 46،000 ކިއުބިކް މީޓަރުގެ ވެލި ބަރުކުރެވޭ އުޅަނދެކެވެ. ރަސްމާލޭގައި ދުވާލަކު ދޮޅު ހެކްޓަރަށްވުރެ ބޮޑު ސަރަޙައްދެއް ހިއްކައެވެ.

"ބޯހިޔާވަހިކަން އެންމެނަށް" ސިޔާސަތުގެ ދަށުން ސަރުކާރުން މިހާރު ވަނީ، ރަސްމާލެއިން ގޯއްޗާއި ފްލެޓް ދޫކުރުމަށް އިޢުލާނުކޮށްފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރަސްމާލެ މަޝްރޫޢަކީ ކުރިއަށް އޮތް 20 އަހަރަށް ޕްލޭންކޮށްގެން ސަރުކާރުން ކުރިއަށް ގެންދާ މަޝްރޫޢެއްޚަބަރު | 3 ގަޑިއިރު ކުރިންރަސްމާލެ ހިއްކުމުގެ ދެބައިކުޅައެއްބައި މަސައްކަތް ނިމިއްޖެޚަބަރު | 5 ދުވަސް ކުރިންރަސްމާލެއިން ގޯއްޗަށް އެދި ހުށައެޅުމަށް ހުޅުވާލައިފިޚަބަރު | މަހެއް ކުރިންތަޞައްވުރާ އެއްގޮތަށް ރަސްމާލޭގެ މަސައްކަތްތައް ދަނީ ކުރިއަށް: ރައީސްޚަބަރު | މަހެއް ކުރިން