logo
Bank of Maldives

Bank of Maldives

ޚަބަރު

ރަސްމާލެ މަޝްރޫޢަކީ ކުރިއަށް އޮތް 20 އަހަރަށް ޕްލޭންކޮށްގެން ސަރުކާރުން ކުރިއަށް ގެންދާ މަޝްރޫޢެއް

މުޙައްމަދު އަފްރާޙް
28 އޭޕްރީލު 2026 - 05:23
ރަސްމާލެ މަޝްރޫޢަކީ ކުރިއަށް އޮތް 20 އަހަރަށް ޕްލޭންކޮށްގެން ސަރުކާރުން ކުރިއަށް ގެންދާ މަޝްރޫޢެއް

ރަސްމާލެ މަޝްރޫޢަކީ ކުރިއަށް އޮތް 20 އަހަރަށް ޕްލޭންކޮށްގެން ސަރުކާރުން ކުރިއަށް ގެންދާ މަޝްރޫޢެއް ކަމަށް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމް ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެ މަޝްރޫޢު ކުރިއަށް ގެންދިއުމާ އެހެން މަޝްރޫޢުތަކާ އެއްވެސް ގުޅުމެއް ނެތްކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ މިދިޔަ ސަރުކާރުން ވަނީ ހުޅުމާލެ ދެވަނަ ފިޔަވައްސާއި ތިންވަނަ ފިޔަވަހީގެ ހުރިހާ ބިމަކާއި، ގުޅީފަޅާއި ގިރާވަރުފަޅުން ވެސް ގޯތި ދޫކޮށްފައި ކަމަށެވެ. އެގޮތުން، ގިރާވަރުގެ 169 ހެކްޓަރުގެ ތެރެއިން 5,000 ގޯތި ނެގޭނެ ގޮތެއް ނުވިސްނޭ ކަމަށާއި މިހާރު މާލެ ސަރަޙައްދުގައި ރައްޔިތުންނަށް ބޭނުންވާ ފްލެޓް އެޅުމަށް ބޭނުންކުރާނެ އިތުރު ބިމެއް ވެސް ނެތްކަމަށް ވިދާޅުވިއެވެ.

މީގެއިތުރުން މުޅި ގްރޭޓަރ މާލެ ސަރަޙައްދުގައި ހުރި ހުރިހާ ތަނެއް އެއްކޮށްލައިގެން ވެސް އެންމެ ގިނަވެގެން އެޅޭނެ ކަމަށް ބެލެވެނީ 12,000 ފުލެޓް ކަމަށާއި ބޯހިޔާކަމުގެ ދަތިކަން ޙައްލުކުރުމަށްޓަކައި ކޮންމެ ވެސް އެހެން ގޮތެއް ވެސް ހޯދަންޖެހޭ ކަމަށް ވަޒީރު ވިދާޅުވިއެވެ.

އެހެންކަމުން ރަސްމާލެ މަޝްރޫޢަކީ މުސްތަޤުބަލަށްޓަކައި މި ވަގުތު ހިންގަން މަޖުބޫރު މަޝްރޫޢެއްގެ ގޮތުގައި ވަޒީރު ސިފަކުރެއްވިއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރަސްމާލެ މަޝްރޫޢަކީ ކުރިއަށް އޮތް 20 އަހަރަށް ޕްލޭންކޮށްގެން ސަރުކާރުން ކުރިއަށް ގެންދާ މަޝްރޫޢެއްޚަބަރު | ގަޑިއިރެއް ކުރިންރަސްމާލެ ހިއްކުމުގެ ދެބައިކުޅައެއްބައި މަސައްކަތް ނިމިއްޖެޚަބަރު | 5 ދުވަސް ކުރިންމަޝްރޫޢުތައް ނުހުއްޓި ކުރިއަށްގެންދިއުމަށް ޓައިމްލައިންތަކަށް ދަނީ ބަދަލުގެންނަމުން: މިނިސްޓަރޚަބަރު | 5 ދުވަސް ކުރިންރައްޔިތުންނަށް ޚިދުމަތް ކުރުން މިންކުރަންޖެހޭނީ ހަމައެކަނި ލިބޭ ކާމިޔާބީއަކުން ނޫން: ޑރ. މުއްތަލިބްޚަބަރު | 23 ދުވަސް ކުރިން