logo
MPL - Maldives Maritime Conference

MPL - Maldives Maritime Conference

ޚަބަރު

ރަސްމާލެއިން ގޯއްޗަށް އެދި ހުށައެޅުމަށް ހުޅުވާލައިފި

ޒިދާން މުޙައްމަދު
1 އޭޕްރީލު 2026 - 10:23
ރަސްމާލެއިން ގޯއްޗަށް އެދި ހުށައެޅުމަށް ހުޅުވާލައިފި

ބިންވެރިޔާ ސްކީމްގެ ދަށުން ރަސްމާލޭން ގޯއްޗަށް އެދި ހުށައެޅުމަށް ފުރުސަތު ހުޅުވާލައިފިއެވެ. އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވުޒާރާއިން މިފުރުސަތު ހުޅުވާލީ މި މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށެވެ.

އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވުޒާރާއިން ބުނީ މިއަހަރުގެ މާރިޗު މަހުގެ ގެޒެޓުކޮށްފައިވާ ބިންވެރިޔާ ސްކީމްގެ އައު އުސޫލުގެ ދަށުން ގޯއްޗަށް އެދި ހުށައެޅުމަށް ހުޅުވާލާ ކަމަށެވެ.

މިފުރުސަތުގައި ދޫކުރުމަށް ހަމަޖެހިފައިވަނީ ރަސްމާލެއިން ދޫކުރާ 1250 އަކަފޫޓުގެ ގޯއްޗެވެ.

މިއުސޫލުގެ ދަށުން ގޯތި ދޫކުރުމަށް ހަމަޖެހިފައިވާ މައި ކެޓަގަރީތަކުގެ ތެރޭގައި ޖޮއިންޓް އެޕްލިކޭޝަން ހުށައަޅައިގެން ގޯތި ލިބިފައިވާ ފަރާތްތަކާއި، ސަރުކާރުން ހިންގާފައިވާ އަސާސީ ބޯހިޔާވަހިކަމުގެ ސްކީމަކުން ފްލެޓެއް ލިބިފައި އޮވެގެން ބިންވެރިޔާ ސްކީމަށް ކުރިމަތި ނުލެވުނު ފަރާތްތަކެވެ.

މިއުސޫލުގެ ދަށުން އެޕްލިކޭޝަން ހުށައަޅަން ޖެހެނީ boahiyaavahikan.housing.gov.mv ޕޯޓަލް މެދުވެރިކޮށެވެ. މިއުސޫލުގެ ދަށުން ގޯއްޗަށް އެދި ހުށައަޅާއިރު ބޭނުންވާ ލިޔެކިޔުންތަކާއި ގުޅޭ މަޢުލޫމާތުވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާޢިއުކޮށްފައެވެ.

އެގޮތުން ކައިވެނިކޮށްގެން އުޅޭ ފަރާތެއްނަމަ ކައިވެނީގެ ސެޓްފިކެޓާއި އަމިއްލަ ނަމުގައި ފްލެޓެއް ނުވަތަ ބިމެއް އޮތްނަމަ ބިމުގެ ނުވަތަ ފްލެޓުގެ ރަޖިސްޓްރީއާއި، ޙައްޤުތަކާއި ގުޅޭ އިޤްރާރާއި، އުފަންވީއްސުރެ މާލޭގައި އުޅޭކަން ނުވަތަ ފަހުން މާލޭގައި ރަށްވެހިވެފައިވާ ފަރާތެއްނަމަ، ފަހުން މާލޭގައި ރަށްވެހިވިއިރު، ފުރަތަމަ ރަށްވެހިވި މާލޭގެ އެޑުރެހެއްގައި ރަށްވެހިވި ތާރީޚާއި އެ ތާރީޚް އަންގައިދޭ ރަށްވެހިންގެ ރަޖިސްޓަރީ ފަދަ ލިޔުންތައް ހިމެނެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކ. ފުށިދިއްގަރުފަޅު ހިއްކައިގެން ތަރައްޤީކުރާ އާސަހަރެއް ކަމަށްވާ ރަސްމާލޭގެ މަޝްރޫޢަކީ ބޯހިޔާވަހިކަމުގެ ދާއިރާއިން މާލެ ސަރަޙައްދަށް މިސަރުކާރުގެ އެންމެ ބޮޑު އެއް ތަޞައްވުރެއެވެ.

އީކޯ-ސިޓީއެއްގެ ގޮތުގައި ތަރައްޤީކުރާ ރަސްމާލެ ހަގީގަތަކަށް ހެދުމަށް ހިއްކުމުގެ މަސައްކަތް ކުރިއަށްގެންދަނީ 11 ސައިޓަކަށް ބަހާލައިގެންނެވެ. މި މަޝްރޫޢުގެ ދަށުން 1009 ހެކްޓަރުގެ ބިން ހިއްކާނެއެވެ. މި މަޝްރޫޢުގެ ދަށުން މިހާތަނަށް 500 500 ހެކްޓަރާ ގާތްކުރާ އަދަދަކަށް ހިއްކާ ނިމިފައިވާކަމަށް ސަރުކާރުން ވަނީ ހާމަކޮށްފައެވެ.

ރަސްމާލެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފުރަތަމަ ފެށީ 2023 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 18ވަނަ ދުވަހުއެވެ. މަސައްކަތްތައް އަވަސްކުރުމަށް އެމްއޭސީއެލްއާ ހަވާލުކޮށް މަސައްކަތް ފެށީ މިދިޔަ ޑިސެންބަރު މަހުގެ 1 ވަނަ ދުވަހުއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރަސްމާލެއިން ގޯއްޗަށް އެދި ހުށައެޅުމަށް ހުޅުވާލައިފިޚަބަރު | 2 ގަޑިއިރު ކުރިންތަޞައްވުރާ އެއްގޮތަށް ރަސްމާލޭގެ މަސައްކަތްތައް ދަނީ ކުރިއަށް: ރައީސްޚަބަރު | 2 ދުވަސް ކުރިންރަސްމާލެއިން 116 ހެކްޓަރުގެ ބިން ހިއްކާ ނިމިއްޖެޚަބަރު | 2 މަސް ކުރިންރަސްމާލެ: ސައިޓް އޭގެ 71 ހެކްޓަރުގެ ބިން ހިއްކައިފިޚަބަރު | 3 މަސް ކުރިން