logo
Bank of Maldives

Bank of Maldives

ޚަބަރު

ދުނިޔޭގެ އެންމެ ބޮޑު އެއް ޑްރޭޖަރު ގެނެސް ރަސްމާލެ ހިއްކުން ތިން ގުނަ އަވަަސްކޮށްފި

އައިޝަތު ނަޝާ
1 ޑިސެމްބަރު 2025 - 12:48
 ދުނިޔޭގެ އެންމެ ބޮޑު އެއް ޑްރޭޖަރު ގެނެސް ރަސްމާލެ ހިއްކުން ތިން ގުނަ އަވަަސްކޮށްފި

ރަސްމާލެ ހިއްކުން 3 ގުނަ އަވަސްކުރަން ދުނިޔޭގެ އެންމެ ބޮޑު އެއް ހޮޕަރ ޑްރޭޖަރު ބޭނުންކުރަން ފަށާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ދުނިޔޭގެ އެންމެ ބޮޑު އެއް ހޮޕަރ ޑްރޭޖަރުކަމަށްވާ ކްރިސްޓޮބަލް ކޮލޮން ރަސްމާލެ ހިއްކުމުގެ މަސައްކަތުގައި ބޭނުންކުރަން ފަށާފައިވާކަމަށެވެ. އަދި މި ޑްރޭޖަރުގެ ސަބަބުން ރަސްމާލެ ހިއްކުމުގެ މަސައްކަތް 3 ގުނަ ހަލުއިވެގެންދާނެކަމަަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

 

Ad by Hajj Corporation

Ad by Hajj Corporation

މީގެއިތުރުން އެ ޑްރެޖަރު އިއްޔެ ރަސްމާލޭގެ ބިން ހިއްކާ ސަރަހައްދަށް މޯބަލައިޒްކޮށްފައިވާކަމަށާއި، ރޭ ފަތިހު ޑްރެޖަރުން ވެލި ނަގަން ފަށާފައިވާކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި މިއަދު މެންދުރު ކުރީ ވަގުތެއްގައި އެ ޑްރެޖަރުން ހިއްކާ ސަރަހައްދަށް ވެލި އަޅަން ފަށާފައިވާކަމަށް ރައީސް ވިދާޅުވިއެވެ. 

ރައީސް ފާހަގަކުރެއްވި ގޮތުގައި ރަސްމާލެ ތަރައްގީކުރަނީ ސައްތައިން ސައްތަ ޒީރޯ ނެޓް ކާބަން ސިޓީއެއްގެ ގޮތުގައި ސްމާޓު އިކޯ ސިޓީއެއްގެ ހުރިހާ ޝަރުތެއް ފުރިހަމަވާ ގޮތަށެވެ. އެއީ ރާއްޖޭގެ ތާރީހުގައި މޫސުމީ ބަދަލުތަކަށް ހޭނުމަށް ހިންގޭ އެންމެ ބޮޑު މަޝްރޫއުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. 

ރަސްމާލެއަކީ މާލޭ ސަރަހައްދަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް ހިންގާ ބޮޑު މަޝްރޫއެކެވެ. މިހާރު އެ މަޝްރޫއުގެ ތެރެއިން އެންމެ އަވަހަށް ހިއްކައި ނިމޭ ބިމުން 15،000 ގޯތި ދޫކުރުމަށް ރައީސްވަނީ ނިންމަވާފައެވެ. 

އޭގެ އިތުރަށް އެ ސަރަހައްދުގައި 15،000 ހައުސިން ޔުނިޓު ތަރައްގީކުރުމުގެ މަސައްކަތް ޗައިނާ ކުންފުންޏަކާ ސަރުކާރުން ހަވާލުކޮށްފައިވެއެވެ. 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ގައުމީ ފުޓްސަލް ޓީމުގެ ކާމިޔާބީ އަކީ ދެވަނައެއް ނެތް ރީތި ނަމޫނާއެއް: ރައީސްކުޅިވަރު | 3 ގަޑިއިރު ކުރިންސަރުކާރުގެ ޓެކްސީ ލައިން: ރައްޔިތުންގެ ތަކުލީފުތަކަށް ލުޔެއް - ޑްރައިވަރުންގެ ހައްގުތައް ކަށަވަރުކުރުމަށް ރަނުގެ ފުރުސަތެއް!ރިޕޯޓް | 8 ގަޑިއިރު ކުރިންތައުލީމަކީ ދެމެހެއްޓެނިވި ތަރައްގީގެ ބިންގާ: ރައީސްޚަބަރު | 9 ގަޑިއިރު ކުރިންސަރުކާރުގެ ހަރުދަނާ ސިޔާސަތުތަކާއެކު ބަޖެޓު ޑެފިސިޓް %73.5 ކުޑަވެ އިޤްތިޞާދީ ދުޅަހެޔޮކަން ފަހި މިސްރާބުގައިރިޕޯޓް | ދުވަހެއް ކުރިން