logo
Bank of Maldives

Bank of Maldives

ޚަބަރު

ޕީއެންސީގެ ކޮންގްރެސް އޮކްޓޫބަރު މަހު

މުޙައްމަދު އަފްރާޙް
8 މާރިޗު 2026 - 06:36
ޕީއެންސީގެ ކޮންގްރެސް އޮކްޓޫބަރު މަހު

ޕީޕަލްސް ނެޝެނަލް ކޮންގްރެސް (ޕީއެންސީ) ގެ ކޮންގްރެސް އަންނަ އޮކްޓޫބަރުމަހުގެ ތެރޭގައި ބޭއްވުމަށް ނިންމާފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އަދި އެޕާޓީގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިކަން ހާމަކުރެއްވީ ޕީއެންސީން އާޓިފިޝަލް ބީޗުގައި ބޭއްވި ހަރަކާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ޕީއެންސީގެ ކޮންގްރެސް އަންނަ އޮކްޓޫބަރުމަހުގެ ތެރޭގައި ބާއްވާގޮތަށް ޕާޓީގެ ލީޑަރޝިޕުން މިހާރު ނިންމާފައިވާކަމަށެވެ. އަދި މިއީ ޕާޓީގެ ތެރެއިން ސިޔާސީގޮތުން ކުރިއަށްދިއުމަށްޓަކާ ބޭނުންވާ ފަރާތްތަކަށް ލިބޭ ވަރަށް މުހިއްމު ފުރުޞަތެއްކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation


ޕީއެންސީން މަސައްކަތްކުރާނީ ރައްޔިތުންގެ މަސްލަޙަތު އިސްކޮށް، އެއް ޓީމެއްގެ ގޮތުގައިކަމަށެވެ. އަދި އެޕާޓީއަކީ، ޕާޓީ ނިޒާމަށް ފުރިހަމައަށް ތަބާވާ، އެ ނިޒާމު ކުރިއެރުވުމަށާއި ޑިމޮކްރަސީއަށް ލޯބިކުރާ ޕާޓީއެއްކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ޕީއެންސީގެ މަސައްކަތްތައް 2023 ވަނަ އަހަރުގެ ނޮވެމްބަރުގައި 3000 މެންބަރުންނާއެކު ފެށުނު ނަމަވެސް، މިހާރު އެ އަދަދު 75،000 އަރާފައިވާކަމަށެވެ. އަދި އެ ޕާޓީގެ އަމާޒުހުރީ މެންބަރުންގެ އަދަދު އެއްލައްކައަށްވުރެ އިތުރުކުރުންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރައްޔިތުންގެ ވިންދަން ފަސްޖެހުމެއްނެތް ޚިދުމަތްތަކުގެ އައު ބާބެއްރިޕޯޓް | 10 ގަޑިއިރު ކުރިންލޯކަލް އިންތިޚާބު ކާމިޔާބުކުރީ ޕީއެންސީން: މަހްލޫފްޚަބަރު | 10 ގަޑިއިރު ކުރިންރާއްޖޭގެ ބޮޑު ދެ ސިޔާސީ ފިކުރުގެ މެދުގައި އޮތް ވަރުގަދަ ވާދަވެރިކަން: ކުރީގައި އޮތީ ޕީއެންސީ!ރިޕޯޓް | 13 ގަޑިއިރު ކުރިންމެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން، އުފެއްދި ވަޒީރުންގެ ޚާއްޞަ ކޮމެޓީއަށް ބަދަލުތަކެއް!ޚަބަރު | ދުވަހެއް ކުރިން