logo
Bank of Maldives

Bank of Maldives

ޚަބަރު

ޕީއެންސީގެ "ދަ ގްރޭޓަރ އައްޑޫ" ޚާއްޞަ ޖަލްސާ މިރޭ

މުޙައްމަދު އަފްރާޙް
7 މާރިޗު 2026 - 12:12
ޕީއެންސީ އިންބޭއްވި ހަފުލާއެއްގެ ތެރެއިން
ޕީއެންސީ އިންބޭއްވި ހަފުލާއެއްގެ ތެރެއިން

ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިން އިންތިޒާމުކޮށްގެން ބާއްވާ "ދަ ގްރޭޓަރ އައްޑޫ" ޚާއްޞަ ޖަލްސާ މިރޭ މާލޭގައި ބޭއްވުމަށް ނިންމައިފިއެވެ.

ޕީއެންސީ އިން ބުނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އައްޑޫ ސިޓީގެ ތަރައްޤީއަށް ގެންގުޅުއްވާ "ދަ ގްރޭޓަރ އައްޑޫ ވިޝަން" ގެ ތަފްސީލުތައް ރަސްމީކޮށް ލޯންޗުކުރުމަށް ބާއްވާ މި ޖަލްސާ އޮންނާނީ މިރޭ 21:30 ގައި މާލޭ އާޓިފިޝަލް ބީޗުގައި ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ޖަލްސާގައި ލޯކަލް ކައުންސިލް އިންތިޚާބުގައި އައްޑޫ ސިޓީ ކައުންސިލަށް ޕީއެންސީގެ ޓިކެޓްގައި ވާދަކުރަށްވާ ކެންޑިޑޭޓުން ތަޢާރަފްކުރުން އޮންނާނެއެވެ. އަދި އައްޑޫ ސިޓީގެ ތަރައްޤީއަށް ސަރުކާރުން ރާވާފައިވާ ބިޔަ މަޝްރޫޢުތަކާއި، އެ ސިޓީގެ މުސްތަޤުބަލާ ގުޅޭ މުހިންމު މަޢުލޫމާތުތައް ހިއްސާ ކުރާނެއެވެ.

ޕީއެންސީން ވަނީ މާލޭގައި ދިރިއުޅޭ އައްޑޫ ސިޓީގެ އެންމެހާ ރައްޔިތުންނާއި، އެ ސިޓީގެ ތަރައްޤީއަށް އެދޭ ހުރިހާ ފަރާތްތަކުން މިރޭގެ މި ޖަލްސާގައި ބައިވެރިވުމަށް އާންމުކޮށް ދަޢުވަތު އަރުވާފައެވެ.

މި ޖަލްސާގައި ދައުލަތުގެ އިސްވެރިންނާއި ސަރުކާރު ހިންގާ ޕީއެންސީގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގަންނަވާނެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ސިލްސިލާ މުޒާހަރާތަކާ ގުޅިގެން ޕީއެންސީ އިން މަޖިލީހަށް ގަރާރެއްޚަބަރު | 7 ގަޑިއިރު ކުރިންހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި ވާދަކުރަން ހުޅުވާލި މުއްދަތު ހަމަވެއްޖެޚަބަރު | 3 ދުވަސް ކުރިންޕީއެންސީގެ ތަރުޖަމާނަކަށް ފިރުޒުލް އައްޔަނުކޮށްފިޚަބަރު | 3 ދުވަސް ކުރިން ޕީއެންސީގެ އިސްލާހުން ރައްޔިތުން އެދިއެދި ތިބި ބަދަލަށް މަތީ ކޯޓުގެ ތާއީދުރިޕޯޓް | 5 ދުވަސް ކުރިން