logo
Bank of Maldives

Bank of Maldives

ޚަބަރު

ސިލްސިލާ މުޒާހަރާތަކާ ގުޅިގެން ޕީއެންސީ އިން މަޖިލީހަށް ގަރާރެއް

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން -- ފޮޓޯ؛ ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން -- ފޮޓޯ؛ ރައްޔިތުންގެ މަޖިލިސް

މާލޭގައި އިދިކޮޅު ޕާޓީތަކުން މިހާރުބާއްވަމުން އަންނަ ސިލްސިލާ މުޒާހަރާތަކާ ގުޅިގެން، ޕީއެންސީ އިން ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅައިފިއެވެ.

ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު މުހައްމަދު މި ގަރާރު ހުށަހެޅުއްވީ އިދިކޮޅު ފަރާތްތަކުން ސިލްސިލާކޮށް ކުރަމުން އަންނަނީ ގާނޫނާ ހިލާފު ކަމަށް ބުނެ، އެ ހަރަކާތްތައް ހުއްޓުވާ ފިޔަވަޅު އެޅުމަށް ގޮވާލާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ސިޔާސީ ޕާޓީތަކުގެ ގާނޫނާއި ހިލާފަށް ބައެއް ސިޔާސީ ޕާޓީތަކުން ސިޔާސީ ހަރަކާތް ހިންގާ މަސްލަހަތު ނަގާލައި ގާނޫނުގައި ކަނޑައަޅާފައިވާ އުސޫލުތަކާއި ހަމަތަކަށް ހަރަކާތް ހިންގަމުން ގެންދާކަމަށް އެ ގަރާރުގައި ވަނީ ބުނެފައެވެ. އަދި ގާނޫނާއި ހިލާފު ސިޔާސީ ހަރަކާތްތަކުގެ ސަބަބުން މާލޭގައި ދިރިއުޅޭ އެތައް ހާސް ރައްޔިތުންނަށް އެކަމުގެ ދަތި އުނދަގޫތައް ތަހައްމަލުކުރަން ޖެހިފައިވާކަމަށް ވެސް ގަރާރުގައި ވަނީ ބުނެފައެވެ.

އެހެންކަމުން އެފަދަ ފަރާތްތަކުން ހިންގަމުންގެންދާ ގާނޫނާ ހިލާފު ކަންކަން ހުއްޓުވާ އެފަދަ ފަރާތްތަކާއި މެދު ދައުލަތުގެ ކަމާ ގުޅުންހުރި އިދާރާތަކުން ގާނޫނާއި އެއްގޮތަށް ފިޔަވަޅު އެޅުމަށްވެސް ސަރުކާރު ހިންގާ ޕީއެންސީ މަޖިލިހަށް ހުށައެޅި ގަރާރުގައިވެއެވެ.

އެމްޑީޕީ އާއި ޕީއެންއެފް އިން މާލޭގައި ކޮންމެ ރެޔަކު ސިލްސިލާ މުޒާހަރާތައް ކުރަމުން އަންނައިރު، ޕީއެންއެފްގެ މުޒާހަރާތަކާއި ގުޅިގެން ފިޔަވަޅު އަޅާނެކަމުގެ އިންޒާރު އިލެކްޝަންސް ކޮމިޝަނުން ވަނީ ދީފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޕާކިސްތާނު މަޖިލީހުގެ ދައުވަތަކަށް ޕީއެންސީގެ ޕީޖީ ގްރޫޕްގެ 16 މެންބަރެއްގެ ވަފުދެއް އެ ގައުމަށް ފުރައިފިޚަބަރު | 2 ދުވަސް ކުރިންކޮންގްރެސްގެ ތެރެއިން ކެމްޕޭން ޓީމު އެކުލަވާލެވިއްޖެ: އަބްދުއްރަހީމްޚަބަރު | 4 ދުވަސް ކުރިންރައީސްއަށް ކާމިޔާބު ހޯދައިދިނުމަށް ހުރިހާ ރަށެއް ފަތަހަކުރާނަން: އަބްދުއްރަހީމްޚަބަރު | 5 ދުވަސް ކުރިންޕީއެންސީ ބައިބައިކުރަން ކުރާ މަސައްކަތް ކާމިޔާބެއް ނުވާނެ، 2028 ނަގާނީ އެއްބުރުން: ފަލާހުޚަބަރު | 6 ދުވަސް ކުރިން