logo
Bank of Maldives

Bank of Maldives

ޚަބަރު

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި ވާދަކުރަން ހުޅުވާލި މުއްދަތު ހަމަވެއްޖެ

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި ވާދަކުރަން ހުޅުވާލި މުއްދަތު ހަމަވެއްޖެ

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި ވާދަކުރަން ހުޅުވާލި މުއްދަތު ހަމަވެއްޖެއެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ މި މުއްދަތު ހަމަވެފައިވަނީ މެއި 2 ވީ ހޮނިހިރު ދުވަހުގެ ހަވީރު 3:00 އަށް ހަމަވެފައިވާ ކަމަށެވެ. އަދި މި ބައި-އިލެކްޝަނަށް ކުރިމަތިލުމުލަށް ހުޅުވާލި ފުރުސަތު ހަމަވިއިރު، ކުރިމަތިލާފައިވަނީ ދެ ކެންޑިޑޭޓުން ކަމަށެވެ. އެއީ ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ ގެ ފަރާތުން 1 ކެންޑިޑޭޓާއި ޕީޕަލްސް ނޭޝަނަލް ކޮންގްރެސްގެ ފަރާތުން 1 ކެންޑިޑޭޓް ކަަމަށް ވެސް އިލެކްޝަނުން ބުނެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން 2026 ގެ ވޯޓުލުން ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ 2026 ޖޫން 6 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 08:00 އިން ހަވީރު 4:00 އަށެވެ.

މުއްދަތު ހަމަވިއިރު ފޯމު ހުށަހެޅުއްވި ދެ ބޭފުޅުންގެ ތެރެއިން އަޙްމަދު ސަޢީދު ހުށަހެޅުއްވީ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް، ޕީއެންސީގެ ފަރާތުން ކަމަށާއި ޢަބްދުﷲ ޞާދިޤު ފޯމު ހުށަހެޅުއްވީ ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ކަމަށް އިލެކްޝަނުން ބުނެއެވެ. އަދި މިދެބޭފުޅުންގެވެސް ކެންޑިޑަސީ ޤަބޫލްކޮށްފައިވާ ކަމަށް ވެސް ވަނީ ބުނެފައެވެ.

އެމްޑީޕީން ޞާދިޤުއަށް އެ ޕާޓީގެ ޓިކެޓު ދީފައިވަނީ ޕްރައިމަރީއަށް ހުޅުވާލި މުއްދަތުގައި އިތުރު އެއްވެސް މީހަކު ކުރިމަތިލާފައި ނުވާތީއެވެ. ޞާދިޤުވަނީ އައްޑޫގެ ކުރީގެ މޭޔަރުގެ މަޤާމު އަދާކުރައްވާފައެވެ.

ޕީއެންސީގެ ޓިކެޓު ސަޢީދަށް ދީފައިވަނީ ޕްރައިމަރީގައި ޓިކެޓް ކާމިޔާބު ކުރި ހިތަދޫ އުތުރު ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު ސިނާން ވާދަނުކުރައްވަން ނިންމެވުމާ ގުޅިގެންނެވެ. ސަޢީދު މިހާރު ހުންނެވީ އައްޑޫ ސިޓީ ހިތަދޫ މޫލެކެޑެ ދާއިރާގެ ކައުންސިލަރުގެ މަޤާމުގައެވެ.

އިލެކްޝްންސް ކޮމިޝަނުން ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ބޭއްވުމަށް ނިންމާފައިވަނީ އަންނަ މަހުގެ 6ވަނަ ދުވަހުއެވެ. އެގޮތުން އެ ދުވަހުގެ ހެނދުނު 8:00 އިން ހަވީރު 4:00އަށް ވޯޓުލުން ކުރިއަށްދާނެ ކަމަށް އެ ކޮމިޝަނުން ވިދާޅުވިއެވެ.

މި އިންތިޚާބުގެ ރަސްމީ ނަތީޖާ އިޢުލާން ކުރުމަށް ހަމަޖެހިފައިވަނީ ޖޫން 8 ވާ ހޯމަ ދުވަހުއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި ވާދަކުރަން ހުޅުވާލި މުއްދަތު ހަމަވެއްޖެޚަބަރު | 2 ގަޑިއިރު ކުރިންޕީއެންސީގެ ތަރުޖަމާނަކަށް ފިރުޒުލް އައްޔަނުކޮށްފިޚަބަރު | 8 ގަޑިއިރު ކުރިން ހަރުގެ ޖަލްސާވާނީ ޕާޓީގެ މެންބަރުންގެ މޫނުމަތީގައި ތަފާލަކުން ޖެހުން ކަހަލަ ކަމަކަށް: ފައްޔާޒްޚަބަރު | 21 ގަޑިއިރު ކުރިންދެ އިންތިހާބު ވެސް ރިޔާސީ ޕްރައިމަރީއަށް ފަހު ބޭއްވުމަށް ގަޕޯ ހުށަހަޅައިފިޚަބަރު | ދުވަހެއް ކުރިން