logo
Bank of Maldives

Bank of Maldives

ޚަބަރު

ޕީއެންސީގެ ތަރުޖަމާނަކަށް ފިރުޒުލް އައްޔަނުކޮށްފި

މަރިޔަމް މާޙީ
2 މޭ 2026 - 05:31
ޕީއެންސީގެ ތަރުޖަމާނަކަށް ފިރުޒުލް އައްޔަނުކޮށްފި

ވެރިކަން ކުރާ މައި ޕާޓީ، ޕީޕަލްސް ނެޝިނަލް ކޮންގްރެސް (ޕީއެންސީ) ގެ ސްޕޯކްސްޕާސަންގެ މަޤާމަށް އަލްއުސްތާޛު މުޙައްމަދު ފިރުޒުލް ޢަބްދުﷲ ޚަލީލް އައްޔަނުކޮށްފިއެވެ.

ޕީއެންސީން މިކަން ހާމަކޮށްފައިވަނީ އެ ޕާޓީގެ ރަސްމީ 'އެކްސް' އެކައުންޓުން ކުރި ޕޯސްޓެއްގައެވެ. އެ ޕޯސްޓުގައި ފިރުޒުލްއަށް މަރުޙަބާ ދަންނަވަމުން ބުނެފައިވަނީ، "އެމަނިކުފާނަށް އިޚްލާޞްތެރި ތަހުނިޔާއާއި މަރުޙަބާއެއް ދަންނަވަން" ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

ފިރުޒުލް މި މަޤާމަށް އައްޔަނުކުރެއްވުމާ ގުޅިގެން އެ ޕާޓީގެ އެކި ފަންތީގެ ބޭފުޅުން ވެސް އަންނަނީ އޭނާއަށް މަރުޙަބާ ކިޔަމުންނެވެ.

ފިރުޒުލް އަކީ މިހާރު ވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އޮފީހުގެ އަންޑަ ސެކްރެޓަރީގެ މަޤާމު ފުރުއްވަމުން ގެންދަވާ ބޭފުޅެކެވެ. މީގެ އިތުރުން، ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިންތިޚާބީ ރައީސެއްގެ ގޮތުގައި ހުންނެވި ދުވަސްވަރު، އެމަނިކުފާނުގެ ފަރާތްޕުޅުން މީޑިއާތަކަށް މަޢުލޫމާތު ދެއްވުމުގައި ތަރުޖަމާނެއްގެ ގޮތުން އެންމެ އިސްކޮށް މަސައްކަތް ކުރެއްވީ ވެސް ފިރުޒުލްއެވެ.

އޭނާ ވަނީ މީގެ ކުރިން ބޭއްވުނު ލޯކަލް ކައުންސިލް އިންތިޚާބުގެ ކެމްޕޭން ތެރޭގައި ވެސް ކޮންގްރެސް ޕާޓީގެ ތަރުޖަމާނެއްގެ ގޮތުގައި ވަރަށް ހަރަކާތްތެރި ދައުރެއް އަދާކުރައްވާފައެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޔާމީނާއި، ސޯލިހް އަދި ނަޝީދު ރައްޔިތުންނަކީ މޮޔައިން ކަމުގައި ދެކޭތީ ހައިރާންވޭ: މުހައްމަދު އިސްމާއީލްޚަބަރު | 15 ގަޑިއިރު ކުރިންރައީސް ޔާމީންގެ އަސްލު ފިކުރު މިރޭ ހާމަވެގެންދާނެ: ޝުޖާޢުޚަބަރު | 17 ގަޑިއިރު ކުރިންޕާޓީގެ އެންމެން ތިބީ ރައީސް އާއެކު، ބައިބައިކުރަން ކުރާ މަސައްކަތް ކާމިޔާބެއް ނުވާނެ: މަޖިލިސް ރައީސްޚަބަރު | 2 ދުވަސް ކުރިންކިތަންމެ ފާޑުކިޔުމެއް އަމާޒުވިޔަސް މި ސަރުކާރު ދެމިއޮންނާނީ އިސްލާމް ދީން ހިމާޔަތް ކުރުމުގަ: ރައީސްޚަބަރު | 2 ދުވަސް ކުރިން