logo
Bank of Maldives

Bank of Maldives

ޚަބަރު

މަންދޫ ކައުންސިލުގެ އިންތިހާބީ މެމްބަރު ޝަހީމާ ޕީއެންސީއަށް ސޮއިކޮށްފި

މުހައްމަދު މޫސާމުހައްމަދު މޫސާ
29 އޭޕްރީލު 2026 - 17:59
ޝަހީމާ ޕީއެންސީ އަށް ސޮއިކުރަށްވައި ފޯމު ހަވާލުކުރަށްވަނީ، ފޮޓޯ:ޕީއެންސީ
ޝަހީމާ ޕީއެންސީ އަށް ސޮއިކުރަށްވައި ފޯމު ހަވާލުކުރަށްވަނީ، ފޮޓޯ:ޕީއެންސީ

އދ. މަންދޫ ކައުންސިލުގެ އިންތިހާބީ އަންހެން މެމްބަރު ޝަހީމާ ޝިހާބު، ސަރުކާރު ހިންގާ މައި ޕާޓީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް މިއަދު ސޮއިކުރައްވައިފިއެވެ.

ޝަހީމާ އެ ޕާޓީއަށް ސޮއިކުރެއްވީ މިއަދު ބޭއްވި ޕީއެންސީގެ ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

ޝަހީމާގެ މެމްބަރޝިޕް ފޯމާ ޕީއެންސީގެ ފަރާތުން ހަވާލުވެލެއްވީ އެ ޕާޓީގެ ޕާލަމެންޓަރީ ގްރޫޕުގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހީމް ފަލާހު އެވެ.

މި ރަސްމިއްޔާތުގައި ފަލާހު ވަނީ ރަށާއި ރައްޔިތުންގެ ހައްގުގައި ޝަހީމާ ނިންމެވި ނިންމެވުމަށްޓަކައި، ޕާޓީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ނަންފުޅުގައްޔާއި ޕާޓީގެ ނަމުގައި އޭނާއަށް މަރުހަބާ ދަންނަވާފައެވެ.

ޕީއެންސީއާ ގުޅިވަޑައިގަތުމަށްފަހު ވާހަކަދައްކަވަމުން ޝަހީމާ ވިދާޅުވީ، ސަރުކާރު ހިންގާ ޕާޓީއާ ގުޅުނީ ސަރުކާރާ ގުޅިގެން މަސައްކަތްކޮށް، މަންދުއަށް ބޭނުންވާ ތަރައްގީ ހޯދައިދިނުމުގެ މަގުސަދުގައި ކަމަށެވެ. އޭނާ ގަބޫލުކުރައްވާ ގޮތުގައި ރަށުގެ ކުރިއެރުމަށް އޮތް އެންމެ ފަހި މަގަކީ ސަރުކާރާއެކު ސިޔާސީ ގޮތުން ސާބިތުވެ ހުރުމެވެ.

މަންދޫ ކައުންސިލުން އަންހެނުންނަށް ކަނޑައަޅާފައިވާ ގޮނޑި ޝަހީމާ ކާމިޔާބުކުރެއްވީ ބޭއްވި އިންތިހާބުގައި 150 ވޯޓު ހޯއްދަވައިގެންނެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ޕީއެންސީން ކާމިޔާބުކުރާނަން: ވަޒީރު ޝިޔާމުޚަބަރު | ގަޑިއިރެއް ކުރިންމަންދޫ ކައުންސިލުގެ އިންތިހާބީ މެމްބަރު ޝަހީމާ ޕީއެންސީއަށް ސޮއިކޮށްފިޚަބަރު | ގަޑިއިރެއް ކުރިންދާއިރާގެ މަންފާއަށްޓަކައި ސިނާން ޕީއެންސީގެ ޓިކެޓް ދޫކޮށްލައިފިޚަބަރު | 12 ގަޑިއިރު ކުރިންޤާނޫނީ އިމުގެ ތެރެއިން ހަރަކާތްތެރިވުމަށް ދެ ޕާޓީއަކަށް އީސީގެ އެންގުމެއް!ޚަބަރު | ދުވަހެއް ކުރިން