logo
Bank of Maldives

Bank of Maldives

ޚަބަރު

ޤާނޫނީ އިމުގެ ތެރެއިން ހަރަކާތްތެރިވުމަށް ދެ ޕާޓީއަކަށް އީސީގެ އެންގުމެއް!

ޒިދާން މުޙައްމަދު
28 އޭޕްރީލު 2026 - 18:11
އެމްޑީޕީން މަލޭގެ މަގުތަކުގައި މުޒާހަރާކުރަނީ
އެމްޑީޕީން މަލޭގެ މަގުތަކުގައި މުޒާހަރާކުރަނީ

ދިވެހީން ގަބޫލުކުރާ އާންމު އިޖުތިމާއީ މިންގަނޑުތަކާ ޚިލާފަށް އާންމުންގެ މެދުގައި ނަފްރަތު އުފެދޭ ގޮތަށް ސިޔާސީ ހަރަކާތްތައް ނުހިންގުމަށް ދެ ސިޔާސީ ޕާޓީއަކަށް އިލެކްޝަންސް ކޮމިޝަނުން އަންގައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުން މިގޮތަށް އަންގާފައި ވަނީ، ސިޓީއަކުންނެވެ. އެ ކޮމިޝަނުން ސިޓީ ފޮނުވާފައިވަނީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ، އެމްޑީޕީ އަދި ޕީޕަލްސް ނޭޝަނަލް ފްރަންޓް، ޕީއެންއެފްއަށެވެ.

އިލެކްޝަންސް ކޮމިޝަނުން ނެރުނު ނޫސްބަޔާނެއްގައި ބުނީ، ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ އަދި ޕީޕަލްސް ނޭޝަނަލް ފްރަންޓްއިން މިހާރު މާލޭގައި ސިލްސިލާކޮށް ކުރިއަށް ގެންދާ ސިޔާސީ ޙަރަކާތްތަކުގައި ޢާންމު އިޖުތިމާއީ މިންގަނޑުތަކާ ޚިލާފު ވާހަކަ ދައްކައި، ޢާންމުންގެ މެދުގައި ނަފުރަތު އުފެދޭ ގޮތަށް، ހަމަނުޖެހުމަށް ހިތްވަރު ލިބޭގޮތަށް ޙަރަކާތްތައް ހިންގަމުންދާކަން އިލެކްޝަންސް ކޮމިޝަނަށް ފާހަގަކުރެވިފައިވާ ކަމަށެވެ.

އެހެންކަމުން ޤާނޫނުތަކާއި ޤަވާއިދުތަކުގެ ހުދޫދުގެ ތެރެއިން ސިޔާސީ ޙަރަކާތްތައް ކުރިއަށް ގެންދިޔުން އެދި އިލެކްޝަންސް ކޮމިޝަނުން އެ ޕާޓީތަކަށް ސިޓީއެއް ފޮނުވާފައިވާ ކަމަށް ވަނީ ބުނެފައެވެ.

އިލެކްޝަންސް ކޮމިޝަނުން ފޮނުވި ސިޓީގައި ސިޔާސީ ޕާޓީތަކުން ކުރިއަށް ގެންދާ ސިޔާސީ ޙަރަކާތްތައް ހިންގަންވާނީ، ޞުލްޙަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިންކަން ވަނީ ބަޔާންކޮށްފައެވެ. އަދި ސިޔާސީ ޕާޓީތަކުން މިދުވަސްވަރު ހިންގަމުންދާ ޙަރަކާތްތަކާއި އެއްވުންތައް ބޭއްވުމުގައި ޤާނޫނުތަކާއި ޤަވާއިދުތަކާއި އެއްގޮތަށް ޢަމަލުކުރުމަށް އަންގާފައިވެއެވެ.

މި ސިޓީގައި ސުލޫކީ މިންގަނޑާ ޚިލާފަށް ޕާޓީތަކުގެ ވެރިންނާއި، މެންބަރުންނާއި، ޕާޓީތަކަށް މަސައްކަތް ކުރާ މީހުންގެ އަމިއްލަ ދިރިއުޅުމުގެ ކަންކަމަށް ފާޑު ނުކިޔުމާއި، މުޖުތަމައުގައި ރުޅިވެރިކަމާއި، ނަފުރަތު އުފެދޭ ގޮތަށް ޙަޤީޤަތާ ޚިލާފު ސާބިތު ނުހިފޭ ވާހަކަތައް ނުދެއްކުމަށާއި އަދި ޤާނޫނަކުން ހުއްދަ ކުރާ ދާއިރާއިން ބޭރުގައި މަގުތަކާއި ޢާންމު މައިދާންތަކުގައި ސިޔާސީ ޕާޓީގެ ޢާންމު ބައްދަލުވުންތަކާއި، ޙަރަކާތްތައް ނުބޭއްވުމަށް އިލްތިމާސްކޮށް ވަނީ ނަސޭހަތްތެރިވެފައެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ، މިކަންކަން ނުކޮށް ޤާނޫނީ ހުދޫދުގެ ތެރެއިން ކުރިއަށް ގެންދާ ސިޔާސީ ޙަރަކާތްތަކަށް ކޮމިޝަނުން މަރުޚަބާ ކިޔާނެ ކަމަށެވެ. އަދި އެކޮމީޝަނުން މިކަން ޕާޓީތަކަށްވެސް ވަނީ އަންގާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޤާނޫނީ އިމުގެ ތެރެއިން ހަރަކާތްތެރިވުމަށް ދެ ޕާޓީއަކަށް އީސީގެ އެންގުމެއް!ޚަބަރު | 2 ގަޑިއިރު ކުރިންސަރުކާރުގެ ބޮންޑުގައި އިންވެސްޓްކުރަން ދެކޮޅުހެދި ސަރުވަޝް އެމްޑީޕީއަށްޚަބަރު | 15 ގަޑިއިރު ކުރިންހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަނަށް ކުރިމަތިލެވޭ ތާރީހަށް ބަދަލު ގެނެސްފިޚަބަރު | ދުވަހެއް ކުރިންހިތަދޫ އުތުރުދާއިރާގެ ޕީއެންސީ ޕްރައިމަރީގެ ވޯޓުލުން ކުރިއަށް ދަނީޚަބަރު | 4 ދުވަސް ކުރިން