logo
Bank of Maldives

Bank of Maldives

ޚަބަރު

ސަރުކާރުގެ 2.4 ބިލިއަން ރުފިޔާގެ ބޮންޑުގައި އިންވެސްޓްކުރަން ދެކޮޅުހެދި ސަރުވަޝް އެމްޑީޕީއަށް

މުހައްމަދު މޫސާމުހައްމަދު މޫސާ
28 އޭޕްރީލު 2026 - 05:26
ސަރުވަޝް، ފޮޓޯ: ފިނޭންސް މިނިސްޓްރީ
ސަރުވަޝް، ފޮޓޯ: ފިނޭންސް މިނިސްޓްރީ

ސަރުކާރުގެ ހަރަދުތައް މެނޭޖު ކުރުމަށް މަރުކަޒީ ބޭންކު އެމްއެމްއޭ މެދުވެރިކޮށް ވިއްކާ 2.4 ބިލިއަން ރުފިޔާގެ ބޮންޑުގެ މައްސަލައިގައި ޕެންޝަން އޮފީހުގެ ބޯޑުން އިސްތިއުފާދެއްވި އަހުމަދު ސަރުވަޝް އާދަމް އިދިކޮޅު އެމްޑީޕީއާ ގުޅިވަޑައިގެންފިއެވެ.

ސަރުވަޝް އެމްޑީޕީއާ ގުޅިވަޑައިގެންނެވިކަން ހާމަކުރެއްވީ އެކްސްގައި އާންމުކުރެއްވި ވީޑިއޯ މެސެޖެއްގައެވެ. އެމްޑީޕީއާ ގުޅިވަޑައިގަތުމަށްފަހު ސަރުވަޝް ވިދާޅުވީ ރާއްޖޭގެ އެންމެ ދުވަސްވީ އަދި އެންމެ ހިދުމަތްތެރި ޕާޓީއަކީ އެމްޑީޕީ ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

ސަރުވަޝް ޕެންޝަން އޮފީހުގެ ބޯޑުން އިސްތިއުފާދެއްވީ 22 އޮކްޓޯބަރު 2025 ގައެވެ. އޭނާ އިސްތިއުފާދެއްވީ އެމްއެމްއޭ އަށް ވިއްކާ ބޮންޑުގެ ސަބަބުން އިގްތިސާދީ ގޮތުން އިތުރު ގޮންޖެހުންތައް ކުރިމަތިވާނެ ކަމަށް ބުނެއެވެ.

ޕެންޝަން ބޯޑުގައި އިންނެވި ދުވަސްވަރު ސަރުވަޝް ވަނީ އެމްއެމްއޭ އިން ޕެންޝަން ފަންޑަށް އިންވެސްޓްކޮށް، އަދި ޕެންޝަން ފަންޑުން ސަރުކާރުގެ ބޮންޑަކަށް އެ ފައިސާ އިންވެސްޓުކުރުމަށް ވަރަށް ބޮޑަށް ދެކޮޅު ހައްދަވައި ފާޑު ކިޔުއްވާފައެވެ.

މި މުއާމަލާތާ ގުޅިގެން މާލީ ވުޒާރާގެ އިސް އޮފިޝަލަކު ވިދާޅުވެފައި ވަނީ އެއީ ރޭވިގެން ހިންގާ "އިންވެސްޓްމަންޓް އެރޭންޖްމަންޓެއް" ކަމަށެވެ.

 "އެއީ ފައިސާ ޗާޕުކުރުމެއް ނޫނީ މަނިޓައިޒޭޝަނެއް ނޫން. އެއީ ކަނޑައެޅިފައިވާ ގާނޫނީ އޮނިގަނޑުތަކުގެ ދަށުން ކުރެވޭ މާކެޓް އަސާސްތަކުގެ މައްޗަށް ބިނާކުރެވިފައިވާ މާލީ މުއާމަލާތެއް،" އޮފިޝަލް ވިދާޅުވެފަވެއެވެ.

ސަރުކާރުން ބުނާ ގޮތުގައި މި ބޮންޑުގެ ސަބަބުން ޕެންޝަން ފަންޑަށް ރައްކާތެރި އިންސްޓްރޫމަންޓެއްގައި އިންވެސްޓް ކުރުމުގެ ފުރުސަތު ލިބި، ބޭރު ފައިސާގެ މައްޗަށް އޮންނަ ޕްރެޝަރު ލުއިވާނެއެވެ. އަދި މިއީ ކުރީގެ ސަރުކާރުން ވާރުތަވެފައިވާ ދަރަނިތައް ދެއްކުމަށް މަގުފަހިވާނެ ކަމެއް ކަމަށްވެސް ފިނޭންސް މިނިސްޓްރީން ފާހަގަކުރެއެވެ.

މިކަމާއި ގުޅިގެން އެއިރު ޕެންޝަން އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މި އިންވެސްޓްމަންޓުގެ ސަބަބުން ފަންޑަށް ގެއްލުމެއް ނުވާނެ ކަމަށެވެ. ފިނޭންސުން ހުށަހެޅި ޕްރޮޕޯސަލަކީ ދިވެހި ރުފިޔާ އާއި ޑޮލަރުން ފައިދާ ލިބޭނެ އިންވެސްޓްމަންޓެއް ކަމަށާއި، މި ބޮންޑަށް އިންވެސްޓްކުރަނީ މިހާތަނަށް ހުރި ބޮންޑް ސެކިއުރިޓީ މާކެޓުގައި ވިއްކާލުމަށްފަހު ލިބުނު ފައިސާއިން ކަމަށްވެސް އެ އޮފީހުން ބުނެފައިވެއެވެ.

މި މުއާމަލާތް ހިންގަން ޕެންޝަން އޮފީހުގެ ބޯޑުން ނިންމާފައިވަނީ 2025 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ފަހުކޮޅު އެވެ.

މިއަހަރު ފެބްރުއަރީ މަހު ޕެންޝަން އޮފީހުން ނެރުނު މި ބަޔާނުގައި ބުނެފައިވަނީ ސަރުކާރުގެ 2.4 ބިލިއަން ރުފިޔާގެ ބޮންޑުގައި އިންވެސްޓްކުރަނީ މޯލްޑިވްސް ރިޓަޔަމެންޓް ޕެންޝަން ސްކީމުގެ ދުރު ރާސްތާ އިންވެސްޓްމެންޓް ސްޓްރެޖެޓީ ހެދުމުގައި އުޅޭ ކޮންސަލްޓެންޓުންގެ ލަފާއާ އެކު ކަމަށެވެ. އެ ބޮންޑުގެ ސަބަބުން، ބާޒާރުން ބޭރު ފައިސާ ގަންނަން ނުޖެހި އިންވެސްޓްމަންޓެއްގެ ތެރެއިން ބޭރު ފައިސާގެ ރިޒާވެއް ޕެންޝަން ފަންޑުގައި އުފެއްދޭނެ ކަމަށް ވެސް އެ އިދާރާއިން ބުންޏެވެ.

ޕެންޝަން އޮފީހުން ބުނީ، އެ މުއާމަލާތް ހިންގާފައިވަނީ ޕެންޝަން ގާނޫނާއި ގަވައިދާ އެއްގޮތަށް ކަމަށެވެ.

މިފަދަ މުއާމަލާތަކާއި ދެކޮޅު ހެއްދެވި ބޭފުޅަކު އިދިކޮޅު އެމްޑީޕީ އާއި ގުޅިވަޑައިގަތުމުން އެއިރު ސަރުވަޝްގެ ނިޔަތާމެދު ގިނަ ބަޔަކު އަންނަނީ ސުވާލު އުފައްދަމުންނެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އެމްޑީޕީ ޗެއަރޕާސަން އިންތިހާބުގެ ވޯޓުލުން ފަށައިފިޚަބަރު | 4 ގަޑިއިރު ކުރިންޕާޓީ ބަދަލުކުރުމުން ވ. ތިނަދޫ ކައުސިލް ރައީސްގެ ގޮނޑިއާ މެދު ގޮތެއް ނިންމަންޖެހިއްޖެޚަބަރު | 7 ދުވަސް ކުރިންޕެންޝަން އޮފީހަށް ޗެއަރޕާސަނަކާއި ބޯޑު މެމްބަރެއް އައްޔަންކޮށްފިޚަބަރު | 20 ދުވަސް ކުރިންރިޟުވާންގެ މައްސަލާގައި ތުހުމަތު ކުރެވޭ މީހުން ބަންދުން ދޫކޮށްލީ އެމްޑީޕީ ސަރުކާރުގަ: އުޝާމްޚަބަރު | މަހެއް ކުރިން