logo
Bank of Maldives

Bank of Maldives

ޚަބަރު

އެމްޑީޕީ ޗެއަރޕާސަން އިންތިހާބުގެ ވޯޓުލުން ފަށައިފި

އައިޝަތު އިނާޝާ
12 ޖޫން 2026 - 10:36
އެމްޑީޕީ ޗެއަރޕާސަން އިންތިހާބުގެ ވޯޓުލުން ފަށައިފި

މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ، އެމްޑީޕީގެ ޗެއަރޕާސަން އައްޔަން ކުރުމަށް ބާއްވާ އިންތިހާބުގެ ވޯޓުލުން ފަށައިފިއެވެ.

ވޯޓުލުން ފަށާފައިވަނީ މިއަދު މެންދުރު 14:30 ގައެވެ. އަދި ވޯޓު ފޮށިތައް ބަންދުކުރުމަށް ހަމަޖެހިފައިވަނީ ރޭގަނޑު 20:30 ގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި އިންތިހާބުގައި އެމްޑީޕީން ވަނީ 241 ވޯޓު ފޮށި ބަހައްޓަން ނިންމާފައެވެ. އެއީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 240 އަދި ސްރީލަންކާގައި އެއް ވޯޓު ފޮއްޓެވެ.

އެމްޑީޕީ އަކީ މިވަގުތު އިދިކޮޅުގައި އޮތް އެންމެ ބޮޑު ސިޔާސީ ޕާޓީއެވެ. މިއަދު ބާއްވާ އިންތިހާބުގައި ވޯޓުލުމުގެ ހައްގު 50،176 މީހުންނަށް ލިބެއެވެ.

މިފަހަރުގެ އިންތިހާބުގައި ރަށްރަށާއި މާލޭގައިވެސް ވޯޓުފޮށިތައް ބަހައްޓަން ނިންމާފައިވަނީ ސްކޫލްތަކުގައެވެ. ކުރިން ރަށްރަށުގެ އެމްޑީޕީ ހަރުގޭގައި ބަހައްޓަން ނިންމި ވޯޓުފޮށިތައްވެސް އެ ރަށްރަށުގެ ސްކޫލްތަކުގައި ބަހައްޓަން އެ ޕާޓީން ވަނީ ނިންމާފައެވެ.

މާލޭގައި ވޯޓުފޮށިތައް ބަހައްޓަނީ 10 ސްކޫލެއްގައެވެ. އެއީ ހުރަވީ ސްކޫލާއި ދަރުމަވަންތަ ސްކޫލާއި މަޖީދިއްޔާ ސްކޫލާއި އަމީނިއްޔާ ސްކޫލާއި ކަލާފާނު ސްކޫލާއި އިސްކަންދަރު ސްކޫލާއި މާފަންނު މަދުރަސާ އާއި ގަލޮޅު ސްކޫލާއި މުހިއްޔިއްދީން ސްކޫލުގެ އިތުރުން ކާމިލްދީދީ ސްކޫލުގައެވެ.

އެމްޑީޕީގެ ޗެއަރޕާސަންކަމުގެ މަގާމަށް ވާދަކުރައްވަނީ ކުރީގެ ރައީސް މުޙައްމަދު ނަޝީދާއި ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަޙްމަދު ނަސީމް އަދި އިބްރާހިމް މުހާއްމަދުއެވެ.

އެމްޑީޕީގެ ޗެއަރޕާސަންގެ މަޤާމު ހުސްވެފައިވަނީ އެ މަޤާމުގައި ހުންނެވި ފައްޔާޒް އިސްމާޢީލް އެ މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. އެ މަގާމާ ވަގުތީ ގޮތުން ހަވާލުވެ ހުންނެވީ ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެންބަރު ޢަބްދުލްޣަފޫރު މޫސާއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޑޮލަރުގެ މައްސަލަ އަށް ހައްލެއް ނާންނަނީ އެމްޑީޕީން ރާއްޖޭގެ އިގްތިސޯދު ހަލާކޮށްލުމުން: ސައީދުޚަބަރު | 10 ދުވަސް ކުރިންއެމްޑީޕީ އަށް ރަގަޅުވާނީ ''މިނިކާ ރާއްޖެ'' ހަވާލު ކުރިއްޔާ: ޝުޖާޢުޚަބަރު | 18 ދުވަސް ކުރިންމި ފޮޓޯ ފްރޭމުން ކިޔައިދޭ އަނިޔާވެރިކަމުގެ ވާހަކަރިޕޯޓް | މަހެއް ކުރިންމިއޮތީ އެމްޑީޕީގެ ވެރިކަމުގައި އުތީމު ލަތީފްބެއަށް ދިން އަނިޔާ، ނަޝީދު އެއިރު އިންނެވީ ތާކިހާ އަޅުއްވައިގެންޚަބަރު | މަހެއް ކުރިން