logo
Bank of Maldives

Bank of Maldives

ޚަބަރު

ޑޮލަރުގެ މައްސަލަ އަށް ހައްލެއް ނާންނާނީ އެމްޑީޕީން ރާއްޖޭގެ އިގްތިސޯދު ހަލާކޮށްލުމުން: ސައީދު

އަޙުމަދު ރިޝާން
7 ޖުލައި 2026 - 04:45
ޑޮލަރުގެ މައްސަލަ އަށް ހައްލެއް ނާންނާނީ އެމްޑީޕީން ރާއްޖޭގެ އިގްތިސޯދު ހަލާކޮށްލުމުން: ސައީދު

 ރާއްޖޭގެ އިގްތިސޯދު ހަލާކޮށްލީ އެމްޑީޕީން ކަމަށާއި ޑޮލަރުގެ މައްސަލަ އަށް ހައްލެއް ނައިސްގެން މި އުޅެނީ އެ ސަބަބާހުރެ ކަމަށް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

ސައީދު މި މޭރުމުން ވާހަކަ ދައްކަވާފައި ވަނީ ރައްޔިތުން މަޖިލީހުގެ ޖަލްސާގައި ހުޅުމާލޭ ދެކުނު ދާއިރާގެ މެމްބަރު ޑރ. އަހުމަދު ޝަމްހީދު ކުރެއްވެވި ސުވާލަކާ ގުޅިގެންނެވެ. އެމްޑީޕީ އަށް ނިސްބަތްވެ ވަޑައިގަންނަވާ މެމްބަރު ޝަމްހީދު، މިނިސްޓަރ ސައީދު ސުވާލު ކުރައްވަމުން ވިދާޅުވީ، ޑޮލަރު ބާޒާރުގައި ފުލޯޓް ނުކޮށް، ތަކެތީގެ އަގު މައްޗަށް އަރައިގެންދާއިރު، އަގުބޮޑުވާ ތަކެތީގެ ވިޔަފާރި އަށް ސަރުކާރުން ވަންނަނީ ކީއްވެތޯ އެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ސުވާލަށް ޖަވާބު ދެއްވަމުން ސައީދު ވިދާޅުވީ ޑޮލަރުގައި ބޭންޑެއް އެޅުވީ އެމްޑީޕީ ސަރުކާރުން ކަމަށެވެ. އަދި އެމްޑީޕީ އަށް ވެރިކަން ލިބުނު ކޮންމެ ފަހަރަކު ވެސް ރާއްޖޭގެ "އިގްތިސޯދު ފުނޑާލާފައި" ވާ ކަމަށް ވެސް ސައީދު ވިދާޅުވި އެވެ. މިނިސްޓަރު އިތުރަށް ވިދާޅުވީ އެމްޑީޕީ ސަރުކާރުގައި މާލީ އިދާރާތަކަށް ގޮންޖަހާ، ގާނޫނު ސަސްބެންޑްކޮށް، ފައިސާ ޗާޕު ކުރުމުން މިހާލަތު އަންނާނެ ކަމަށް މާލީ އިދާރާތަކުން ބުނެފައިވާ ކަމަށެވެ. އަދި އެކަމާ ގުޅޭ ރިޕޯޓްތައް އެބަހުރި ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

ސައީދު ވިދާޅުވީ އަގު ބޮޑުވާ ތަކެތި ބޭރު ބައެއް ލައްވާ ގެނައުމުގެ ބަދަލުގައި ސަރުކާރު ކުންފުނި އެސްޓީއޯ މެދުވެރިކޮށް ގެންނަ ކަމަށެވެ. އަދި ދިވެހި ރައްޔިތުން ކައިގެން ބޮއެގެންތޯ އުޅޭތޯ ބެލުމުގެ ޒިންމާ އަކީ ގައުމުގެ ވަލީއުލް އަމުރު ރައީސުލްޖުމްހޫރިއްޔާގެ ބޮލުގައި އެޅިފައިވާ ޒިންމާ އެއް ކަމަށް ވެސް ސައީދު ވިދާޅުވި އެވެ.

މިނިސްޓަރު ސައީދު ސުވާލަށް ޖަވާބު ދެއްވަމުން ދަނިކޮށް، ސުވާލު ކުރެއްވެވި މެމްބަރު ޝަމްހީދު ވަނީ މަޖިލީހުގެ ތަޅުން ދޫކުރައްވާ ވަޑައިގަންނަވާފަ އެވެ.

 

 

 

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޑޮލަރުގެ މައްސަލަ އަށް ހައްލެއް ނާންނާނީ އެމްޑީޕީން ރާއްޖޭގެ އިގްތިސޯދު ހަލާކޮށްލުމުން: ސައީދުޚަބަރު | 2 ގަޑިއިރު ކުރިންއެމްޑީޕީ އަށް ރަގަޅުވާނީ ''މިނިކާ ރާއްޖެ'' ހަވާލު ކުރިއްޔާ: ޝުޖާޢުޚަބަރު | 8 ދުވަސް ކުރިންމި ފޮޓޯ ފްރޭމުން ކިޔައިދޭ އަނިޔާވެރިކަމުގެ ވާހަކަރިޕޯޓް | 18 ދުވަސް ކުރިންމިއޮތީ އެމްޑީޕީގެ ވެރިކަމުގައި އުތީމު ލަތީފްބެއަށް ދިން އަނިޔާ، ނަޝީދު އެއިރު އިންނެވީ ތާކިހާ އަޅުއްވައިގެންޚަބަރު | 19 ދުވަސް ކުރިން