އެމްޑީޕީ އަށް ރަގަޅުވާނީ ''މިނިކާ ރާއްޖެ'' ހަވާލު ކުރިއްޔާ: ޝުޖާޢު
29 ޖޫން 2026 - 14:30

އިދިކޮޅު އެމްޑީޕީއަށް އެންމެ ރަނގަޅުވާނީ މިނިކާ ރާއްޖެ ހަވާލުކުރިއްޔާ ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާޢު އެ ޕާޓީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.
ޕީއެންސީގެ ޕާލިމަންޓަރީ ގްރޫޕުގެ ސީނިއާ ޑެޕިއުޓީ ލީޑަރު ޝުޖާޢު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެމްޑީޕީން ގެންނަން އުޅޭ ބޮޑު ބަދަލުގެ ފުރަތަމަ ވައުދަކީ 48 ގަޑިއިރު ތެރޭގައި އެ ޕާޓީގެ ދަރަނި ދެއްކުން ކަމަށާއި، ނަމަވެސް އެ ވައުދާ އެ ޕާޓީން ޚިލާފުވެފައިވާ ކަމަށެވެ.

Ad by Hajj Corporation
ސަރުކާރަށް ފާޑުކިޔުމުގެ ބަދަލުގައި އެމްޑީޕީގެ އަމިއްލަ މެމްބަރުންނަށް ވީ ވައުދުތައް ފުއްދުން މާ ތާހިރުވާނެ ކަމަށް ޝުޖާޢު ވިދާޅުވިއެވެ.
އޭނާ ފާހަގަކުރެއްވި ގޮތުގައި އެމްޑީޕީގެ 21 ވަނަ އަހަރީ ދުވަސް ފާހަގަކުރާއިރު، ޕާޓީގެ ޗެއާޕާސަނާއި ރައީސް އަދި އިސް ލީޑަރު ވީތަނެއް ވެސް ނޭނގެއެވެ.
"21 ވަނަ އަހަރީ ދުވަހު ޕާޓީގެ ޗެއަރ ގެއްލިއްޖެ. ރައީސް ގެއްލިއްޖެ. އިސް ލީޑަރު ވީތަނެއް ނޭނގޭ! ދެން ކޮން ބަދަލެއް؟" ޝުޖާޢު ސުވާލު އުފެއްދެވިއެވެ.
ޝުޖާޢު އިތުރަށް ވިދާޅުވީ އެމްޑީޕީގެ މިހާރުގެ ހާލަތަށް ބަލާއިރު، އެ ޕާޓީއަށް އެންމެ ރަނގަޅުވާނީ "މިނިކާ ރާއްޖެ" ހަވާލުކުރުން ކަމަށެވެ.
މިއީ އެމްޑީޕީގެ އެތެރޭގެ ހިންގުމަށާއި ސިޔާސީ ހަރަކާތްތަކަށް އަމާޒުކޮށް ޝުޖާޢު ދެއްވި ވަރުގަދަ ރައްދެކެވެ.


