logo
Bank of Maldives

Bank of Maldives

ޚަބަރު

ޕާޓީ ބަދަލުކުރުމުން ވ. ތިނަދޫ ކައުސިލް ރައީސްގެ ގޮނޑިއާ މެދު ގޮތެއް ނިންމަންޖެހިއްޖެ

ޒިދާން މުޙައްމަދު
5 ޖޫން 2026 - 15:52
ޕާޓީ ބަދަލުކުރުމުން ވ. ތިނަދޫ ކައުސިލް ރައީސްގެ ގޮނޑިއާ މެދު ގޮތެއް ނިންމަންޖެހިއްޖެ

ޕާޓީ ބަދަލުކުރުމުން ވ. ތިނަދޫ ކައުސިލް ވ. ތިނަދޫ ކައުންސިލުގެ ރައީސް ޝުޖާޢު ޢަލީގެ ގޮނޑިއާ މެދު ގޮތެއް ނިންމަންޖެހިއްޖެއެވެ.

ވ. ތިނަދޫ ރައީސް، ޝުޖާޢު ވަނީ، އުވާލާފައިވާ 'ދަ ޑިމޮކްރެޓްސް' ޕާޓީން އެމްޑީޕީއަށް ބަދަލުވެފައެވެ.

އެލްޖީއޭގެ ސީއީއޯ މުޙައްމަދު ނިމާލް ސޮއިކުރައްވައި ޝުޖާއުއަށް ފޮނުއްވި ސިޓީގައި ބަޔާންކުރައްވާފައިވަނީ، އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގެ 116 ވަނަ މާއްދާގެ ދަށުން، ވަކި ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި އިންތިޚާބުވުމަށްފަހު އެ ދައުރުގެ ތެރޭގައި އެހެން ޕާޓީއަކަށް ބަދަލުވެއްޖެނަމަ ކައުންސިލް މެމްބަރުކަމުން ވަކިވާނެ ކަމަށެވެ.

ޝުޖާޢު ޢަލީ ތިނަދޫ ކައުންސިލުގެ ރައީސްކަމަށް އިންތިޚާބުވީ، 'ދަ ޑިމޮކްރެޓްސް'ގެ ފަރާތުންނެވެ. ނަމަވެސް، މެއި 19 ވަނަ ދުވަހު އޭނާ އެމްޑީޕީގެ މެމްބަރެއްގެ ގޮތުގައި އިލެކްޝަންސް ކޮމިޝަނުގައި ދަފްތަރުވެފައިވާކަން އެ ކޮމިޝަނުން އެލްޖީއޭއަށް ވަނީ އަންގާފައެވެ.

އެލްޖީއޭގެ ސިޓީގައި ބުނެފައިވަނީ، އެ އޮތޯރިޓީގެ ބޯޑުން ގޮތެއް ނިންމައި ވަކިގޮތެއް އަންގަންދެން، ކައުންސިލުގެ ރައީސް ޝުޖާޢު ޢަލީ މަޤާމުގެ މަސްއޫލިއްޔަތުތަކުން ވަގުތީގޮތުން އެއްކިބާވުމަށާއި، ކައުންސިލް އިދާރާއަށް ނުނިކުތުމަށް ކައުންސިލުގެ ރައީސަށް އަންގަވާ ކަމަށެވެ. އަދި މިކަމާއި ގުޅިގެން އެލްޖީއޭގެ ބޯޑުން ވަކިގޮތެއް ނިންމަންދެން ކައުންސިލް ހިންގުން ނައިބު ރައީސާ ޙަވާލުކުރުމަށްވެސް އެ އޮތޯރިޓީން ވަނީ އަންގާފައެވެ.

މި މައްސަލާގައި ޝުޖާޢުގެ ގޮނޑި ގެއްލިއްޖެ ކަމަށް އެލްޖީއޭއިން ކަނޑައަޅައިފިނަމަ، އޭނާ ވާނީ މި ޤާނޫނުގެ ދަށުން ގޮނޑި ގެއްލޭ ފުރަތަމަ ކައުންސިލް މެމްބަރަށެވެ.

ސިޔާސީ ޕާޓީގެ ޤާނޫނުގައިވާ ގޮތުގެމަތިން ސިޔާސީ ޕާޓީއެއް ދެމިއޮތުމަށް ޤާނޫނު ލާޒިމުކުރާ 3،000 މެންބަރުން ހަމަކުރުމަށް ދިން މުއްދަތުގައި ދަ ޑިމޮކްރެޓްސްއަށް މެންބަރުން ހަމަކުރެވިފައިނުވާތީ އެ ޕާޓީ އުވާލަން އިލެކްޝަންސް ކޮމިޝަނުން ނިންމަވާފައިވަނީ، މިދިޔަ ބުރާސްފަތި ދުވަހުއެވެ.

Ad by Hajj Corporation

Ad by Hajj Corporation

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޕާޓީ ބަދަލުކުރުމުން ވ. ތިނަދޫ ކައުސިލް ރައީސްގެ ގޮނޑިއާ މެދު ގޮތެއް ނިންމަންޖެހިއްޖެޚަބަރު | ގަޑިއިރެއް ކުރިންމެމްބަރުން ހަމަނުވެގެން ޑިމޮކްރެޓްސް އާއި ލޭބަރ ޕާޓީ އުވާލައިފިޚަބަރު | 2 ދުވަސް ކުރިންރިޟުވާންގެ މައްސަލާގައި ތުހުމަތު ކުރެވޭ މީހުން ބަންދުން ދޫކޮށްލީ އެމްޑީޕީ ސަރުކާރުގަ: އުޝާމްޚަބަރު | 20 ދުވަސް ކުރިން"އެކަކު އަނެކަކުގެ ބުރަކައްޓަށް ވަޅި ޖަހާފައި" ތިބި ގައުމިއްޔަތާއި ދީނާ ދުރު ފެއިލިއަރުންގެ ފުށުން ހެވެއް ނުލިބޭނެރިޕޯޓް | 21 ދުވަސް ކުރިން