logo
MPL

MPL

ޚަބަރު

ރިޟުވާންގެ މައްސަލާގައި ތުހުމަތު ކުރެވޭ މީހުން ބަންދުން ދޫކޮށްލީ އެމްޑީޕީ ސަރުކާރުގަ: އުޝާމް

ރިޟުވާންގެ މައްސަލާގައި ތުހުމަތު ކުރެވޭ މީހުން ބަންދުން ދޫކޮށްލީ އެމްޑީޕީ ސަރުކާރުގަ: އުޝާމް

ނޫސްވެރިޔާ ރިޟުވާންގެ މައްސަލާގައި ތުހުމަތު ކުރެވޭ ފަރާތްތައް ބަންދުން އެމްޑީޕީ އިން ރިޔާސީ އިންތިޚާބުގެ ދުވަސްވަރު ކަމުގައި ބަންޑާރަނައިބު އަލްއުސްތާޛު އަޙްމަދު އުޝާމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ރިޟުވާނުގެ މަރުގެ މައްސަލައިގައި ތުހުމަތުވާ މީހުން ދޫކޮށްލީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ޙަވާލުވެވަޑައިގެންނެވިފަހުން ކަމަށް ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހު ވިދާޅުވުމާ ގުޅިގެންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިކަމާގުޅިގެން 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި ބަންޑާރަ ނައިބު ވިދާޅުވީ ނޫސްވެރިޔާ ރިލްވާންގެ މައްސަލާގައި ތުހުމަތު ކުރެވޭ ފަރާތްތައް ބަންދުން ދޫކޮށްލާފައިވަނީ މިސަރުކާރުންކަމަށް ވިދާޅުވެ، ރައީސް ސޯލިހު ރޭގަ ދެއްކެވި ވާހަކަފުޅަކީ ކަނޑައެޅިގެން ހެއްދެވި އިތުރުފުޅެއް ކަމަށެވެ.

އެފަރާތްތައް ބަންދުން ދޫކޮށްލާފައިވަނީ 2023 ވަނަ އަހަރު އިންތިހާބުގެ ދުވަސްވަރު ކަމަށާއި އެންމެ ފަހުން ބަންދުގައި ހުރި ފަރާތް ދޫކޮށްލާފައިވަނީ 2023 ގެ ސެޕްޓެމްބަރު 19 ވަނަ ދުވަހު ކަމަށް ވެސް އުޝާމް ވިދާޅުވިއެވެ. އަދި މިކަހަލަ ސާފުކޮށް ފެންނަން ހުންނަ ކަންކަމުގައިވެސް ރައްޔިތުންނަށް އޮޅުވާލުމަށް ހަގީގަތާ ހިލާފު ވާހަކަތައް ދެއްކެވުމަކީ ދެރަ ކަމެއް ކަމުގައި އުޝާމް ވަނީ ވިދާޅުވެފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ގަތުލްއާންމު ކުށަކަށް ހަދަނީ ބައިނަލްއަގުވާމީ މުއާހަދާއަކުން ލާޒިމުކުރާތީ: ބަންޑާރަ ނައިބުޚަބަރު | 3 ދުވަސް ކުރިންރަސްމާލެ މަޝްރޫޢު: އަދި ހެދީ އިނީޝަލް އެއްބަސްވުމެއް، ޤާނޫނާ ޚިލާފު އެއްވެސް ކަމެއް ނެތް!ޚަބަރު | މަހެއް ކުރިންއިންތިގާލީ އިންސާފުގެ އޮފީހަށް ހުށަހެޅި މައްސަލަތަކަށް ހައްލުތަކެއް ހޯދަނީޚަބަރު | މަހެއް ކުރިންއީގަލް ހިލްސް މަޝްރޫއު އެމްޑީޕީއަށް ވެސް ކަމުދޭ, ކޮންގްރެސްގައި އެވާހަކަ ދައްކައިފިޚަބަރު | މަހެއް ކުރިން