logo
Bank of Maldives

Bank of Maldives

ޚަބަރު

ޕެންޝަން އޮފީހަށް ޗެއަރޕާސަނަކާއި ބޯޑު މެމްބަރެއް އައްޔަންކޮށްފި

ޕެންޝަން އޮފީހަށް ޗެއަރޕާސަނަކާއި ބޯޑު މެމްބަރެއް އައްޔަންކޮށްފި

މޯލްޑިވްސް ޕެންޝަން އޮފީހަށް ޗެއަރޕާސަނަކާއި ބޯޑު މެމްބަރެއް އައްޔަންކޮށްފިއެވެ.

ޕެންޝަން މޯލްޑިވްސް ޕެންޝަން އޮފީހުގެ ބޯޑުގެ ޗެއަރޕާސަންގެ މަގާމަށް އައްޔަންކޮށްފައި ވަނީ ޢަބްދުލް މަޖީދު ޢަލީއެވެ. އަދި ބޯޑު މެމްބަރަކަށް ޔާމީން އިދުރީސް ވަނީ އައްޔަންކޮށްފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ޕެންޝަން އޮފީހުގެ ހިންގުން ބެލެހެއްޓުމުގެ އެންމެ އިސް މަސްޢޫލިއްޔަތާ އަބްދުލް މަޖީދު ހަލީ ހަވާލުވެވަޑައިގެންފައި މިވަނީ އެ މަގާމުގައި ކުރިން ހުންނެވި ޑރ. އައުނާ އިލާޒް މި އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި މަގާމުން ވަކިވެވަޑައިގަތުމާ ގުޅިގެން ޗެއަރޕާސަންގެ ގޮނޑި ހުސްވުމުންނެވެ.

ޢަބްދުލް މަޖީދަކީ މީގެ ކުރިން ވެސް އެ ބޯޑުގައި އަމިއްލަ ފަރާތްތައް ތަމްސީލުކުރައްވާ މެންބަރެއްގެ ގޮތުގައި މަސައްކަތް ކުރައްވަމުން ގެންދެވި ބޭފުޅެކެވެ.

މީގެ އިތުރުން އެ އޮފީހުގެ ބޯޑު މެންބަރެއްގެ ގޮތުގައި ޔާމީން އިދުރީސް ވެސް މިއަދު ވަނީ އައްޔަންކުރައްވާފައެވެ.

މި ދެ ބޭފުޅުން މަގާމާ ހަވާލުވެވަޑައިގަތުމާ ގުޅިގެން ޕެންޝަން އޮފީހުން ވަނީ އެ ބޭފުޅުންނަށް މަރުޙަބާ ދަންނަވާފައެވެ. ޕެންޝަން އޮފީހުގެ ބޯޑަކީ ރާއްޖޭގެ ޕެންޝަން ނިޒާމު ހަރުދަނާކޮށް ރައްޔިތުންގެ ޕެންޝަން ފަންޑު ބެލެހެއްޓުމުގެ މުހިންމު ޒިންމާތަކެއް އުފުލާ އިދާރާއެކެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޕެންޝަން އޮފީހަށް ޗެއަރޕާސަނަކާއި ބޯޑު މެމްބަރެއް އައްޔަންކޮށްފިޚަބަރު | ގަޑިއިރެއް ކުރިން ޕެންޝަނަށްވުރެ ބޮޑު އާމްދަނީ ލިބޭ މީހުންނަށް ޕެންޝަން ނުލިބޭ އިސްލާހު ފާސްކޮށްފިޚަބަރު | 9 ދުވަސް ކުރިންސަރުކާރުގެ ބޮންޑުގައި އިންވެސްޓްކުރަން ދެކޮޅުހެދި ސަރުވަޝް އެމްޑީޕީއަށްޚަބަރު | މަހެއް ކުރިންޕެންޝަން އޮފީހުގެ މެންބަރު ކަމަށް ކުރިމަތިލާން އަނެއްކާވެސް ހުޅުވާލައިފިޚަބަރު | 3 މަސް ކުރިން