logo
ސިނަމާލެ ބުރިޖުގައި ޕިކަޕެއްގެ ދަށުވެ މީހަކު މަރުވެއްޖެBank of Maldives

Bank of Maldives

ޚަބަރު

ޕެންޝަނަށްވުރެ ބޮޑު އާމްދަނީ ލިބޭ މީހުންނަށް ޕެންޝަން ނުލިބޭ އިސްލާހު ފާސްކޮށްފި

އައިޝަތު ނަޝާ
14 މޭ 2026 - 08:14
 ޕެންޝަނަށްވުރެ ބޮޑު އާމްދަނީ ލިބޭ މީހުންނަށް ޕެންޝަން ނުލިބޭ އިސްލާހު ފާސްކޮށްފި

އަސާސީ ޕެންޝަނަށްވުރެ ބޮޑު އާމްދަނީ ލިބޭ މީހުންނަށް އެ ޕެންޝަން ނުލިބޭގޮތް ހެދުމަށް ޕެންޝަނާބެހޭ ޤާނޫނަށް ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހެޅުއްވީ މިލަންދޫ ދާއިރާގެ މެންބަރު ޙަސަން މުފީދު ޢަބްދުލްޤާދިރުއެވެ. މި ބިލު މަޖިލީހުން ފާސްކޮށްފައިވަނީ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ގެނައި އިސްލާހުތަކާއެކުގައެވެ.

ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހެޅުއްވީ އުމުރުން ދުވަސްވީ މީހުންގެ އަސާސީ ޕެންޝަންގެ ގޮތުގައި ލިބޭ ފައިސާއަށްވުރެ ބޮޑު އަދަދެއް އެމީހަކަށް އާމްދަނީގެ ގޮތުގައި ލިބޭނަމަ އަސާސީ ޕެންޝަން ލިބިނުދެވޭނެކަމަށް ކަނޑައަޅައި، ގެދޮރު އިމާރާތްކުރުމާއި ގެދޮރު މަރާމާތުކުރުމުގެ ބޭނުމަށް ޕެންޝަން ފަންޑުގައިވާ ފައިސާ ކޮލެޓަރަލައިޒް ކުރެވޭނެކަން ކަނޑައެޅުމުގެ ގޮތުންނެވެ. އަދި ޓަރމިނަލް އިލްނަސްގެ ހާލަތުގައިވާ ފަރާތްތަކަށް ޕެންޝަން ފަންޑުގައިވާ ފައިސާ ދޫކުރެވޭނެކަމަށް ކަނޑައަޅައި އެ ފައިސާ ދޫކުރުމުގެ އުސޫލުތައް ޤާނޫނުގައި ހިމެނުމަކީވެސް މި ބިލު ހުށަހެޅުއްވި ސަބަބެކެވެ.

މީގެ އިތުރުން ޙައްޖުވުމަށްޓަކައި ކުރިއާލައި ޖާގަ ރިޒާވްކުރުމަށްޓަކައި ޕެންޝަން ފަންޑުގެ ފައިސާ ބޭނުންކުރެވިދާނެކަންވެސް މި އިސްލާހުގެ ދަށުން ވަނީ ކަނޑައަޅުއްވާފައެވެ.

ބިލުގައި ބަޔާންކޮށްފައިވާގޮތުގައި ޕެންޝަން ލިބޭ އުމުރު ހަމަވެފައިވާ މީހާއަކީ އަސާސީ ޕެންޝަނަށްވުރެ ބޮޑު އާމްދަނީއެއް ލިބޭ މީހެއްތޯ ނުވަތަ އަސާސީ ޕެންޝަން ޙައްގު މީހެއްތޯ ބެލުމުގައި އަމަލުކުރަންވާ އުސޫލުތަކާއި އިޖުރާއަތްތައް މާލީ ވުޒާރާގެ މަޝްވަރާއާއެކު ކަނޑައަޅަންޖެހޭނި ޕެންޝަން އޮފީހުގެ ބޯޑުންނެވެ. މި ބިލުގައި އަސާސީ ޕެންޝަން ލިބެމުންދާ މީހަކު، ޤާނޫނުއަސާސީގެ ދަށުން ޤާނޫނެއްގެ ދަށުން އިންތިޚާބުކުރެވޭ މަޤާމަކަށް އަތުވެއްޖެނަމަ ނުވަތަ ދައުލަތާއި ސަރުކާރުގެ ކުންފުންޏެއްގެ ވަޒީފާއަކާ ގުޅިއްޖެނަމަ އެ މީހަކަސް ޕެންޝަން ނުލިބޭނެކަމަށްވެސް ވަނީ ކަނޑައަޅާފައެވެ.

ގެދޮރު ގަތުމަށްޓަކައި ނުވަތަ އިމާރާތްކުރުމަށް އަދި މަރާމާތުކުރުމަށް ޑައުންޕޭމަންޓުގެ ފައިސާ ޕެންޑަން ފަންޑުގެ ފައިސާއިން ކޮލެޓަރަލައިޒްކުރެވޭނެކަމަށްވެސް ބިލުގައިވަނީބަޔާންކޮށްފައެެވެ. މިކަމަށް ޚާއްސަ ގަވާއިދެއް ހަދަންޖެހޭއިރު މިފައިސާ ކޮލެޓަރަލްގެ ގޮތުގައި ބެހެއްޓޭނީ ބޭންކުން ދޫކުރާ ލޯނަކަށް ނުވަތަ ފައިނޭންސް ކުރާ ކުންފުންޏަކުން އަދި މާލީ މުއައްސަސާއަކުން ދޫކުރާ ލޯނުތަކަށެވެ.

ޓަރމިނަލް އިލްނަސް ކަމަށް ބިލުގައި ބުނެފައިވަނީ ސިއްޙީ ފަރުވާ ފޯރުކޮށްދިން ނަމަވެސް 12 މަސްދުވަހަށްވުރެ ދިގުމުއްދަކަށް އެ މީހަކު ދިރިހުރުމަކީ ނާދިރުކަމެއް ކަމަށް އެ ބައްޔާބެހޭ ސްޕެޝަލިސްޓް ޑޮކްޓަރެއް ކަނޑައަޅާ ހާލަތްތަކެވެ. އެ ހާލަތުގައި އެ މީހާގެ ރިޓަޔަމަންޓް ސޭވިން އެކައުންޓުގައި ހުރި ހުރިހާ ފައިސާއެއް ދޫކުރެވޭނެއެވެ.

 

Ad by Hajj Corporation

Ad by Hajj Corporation

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޕެންޝަނަށްވުރެ ބޮޑު އާމްދަނީ ލިބޭ މީހުންނަށް ޕެންޝަން ނުލިބޭ އިސްލާހު ފާސްކޮށްފިޚަބަރު | 2 ގަޑިއިރު ކުރިންނިންމަންޖެހޭ މުހިންމު މަސައްކަތްތަކެއް ހުރުމުން މަޖިލީހުގެ ދައުރު އިތުރުކޮށްފިޚަބަރު | 3 ގަޑިއިރު ކުރިންކޯރަމް ހަމަނުވެގެން މަޖިލީހުގެ މިއަދުގެ ޖަލްސާ ނުބޭއްވުނު!ޚަބަރު | ދުވަހެއް ކުރިންލާމަރުކަޒީ ޤާނޫނަށް ގެންނަ އިޞްލާޙުތަކަށް ޢާންމުންގެ ޚިޔާލު ހޯދުމަށް ހުޅުވާލައިފިޚަބަރު | ދުވަހެއް ކުރިން