logo
Bank of Maldives

Bank of Maldives

ޚަބަރު

ހިތަދޫ އުތުރުދާއިރާގެ ޕީއެންސީ ޕްރައިމަރީގެ ވޯޓުލުން ކުރިއަށް ދަނީ

މަރިޔަމް މާޙީ
25 އޭޕްރީލު 2026 - 04:27
ހިތަދޫ އުތުރުދާއިރާގެ ޕީއެންސީ ޕްރައިމަރީގެ ވޯޓުލުން ކުރިއަށް ދަނީ

ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަނުގައި ވާދަކުރާނެ ކެންޑިޑޭޓަކު ހޮވުމަށް ބާއްވާ ޕްރައިމަރީގެ ވޯޓުލުން ފަށައިގެން ކުރިއަށް އެބަދެއެވެ.

މި ޕްރައިމަރީގެ ވޯޓުލުން މިއަދު ހެނދުނު 9:00ގައި ފަށައިފައިވާއިރު، ވޯޓުލުން ކުރިއަށްދާނީ ހަވީރު 4:00އާ ހަމައަށެވެ. ޕީއެންސީން މަޢުލޫމާތު ދޭ ގޮތުގައި، މި އިންތިޚާބުގައި 727 މީހުންނަށް ވޯޓުލުމުގެ ޙައްޤު ލިބިގެންވެ އެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި އިންތިހާބުގައި ހިތަދޫގައި ވޯޓު ފޮށި ބެހެއްޓިފައިވަނީ ހިތަދޫ ސްކޫލުގަ އެވެ. އަދި މާލޭގައި ދިރިއުޅޭ އެ ދާއިރާގެ ރައްޔިތުން ވޯޓުލުމަށް ޚާއްޞަ ފޮށި ބެހެއްޓިފައިވަނީ ކަލާފާނު ސްކޫލުގައެވެ.

ވޯޓުލުމުގެ އިންތިޒާމުތައް ތަރުތީބުކޮށްފައިވާ ގޮތުން، 2026 ވަނަ އަހަރުގެ ލޯކަލް ކައުންސިލް އިންތިޚާބުގައި ހިތަދޫ އުތުރު ދާއިރާއަށް ރަޖިސްޓްރީވެފައިވާ ފަރާތްތަކުން ވޯޓުލާނީ ހިތަދޫގައި ބެހެއްޓިފައިވާ ފޮއްޓަށެވެ. އަދި މާލެއާއި އަތޮޅުތެރޭގެ އެހެން ރަށްތަކަށް ރަޖިސްޓްރީވެފައިވާ އެ ދާއިރާގެ މެންބަރުން ވޯޓުލުމަށް ހަމަޖެހިފައިވަނީ މާލޭގައި ބެހެއްޓިފައިވާ ވޯޓު ފޮށްޓަށެވެ.

މި ޕްރައިމަރީގައި ވާދަކުރައްވަނީ އެ ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު ސިނާންގެ އިތުރުން، ހިތަދޫ މޫލެކެޑެ ދާއިރާގެ މިހާރުގެ ކައުންސިލަރު އަޙްމަދު ސަޢީދެވެ.

ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވީ، އެ ދާއިރާގެ މެންބަރުގެ މައްޗަށް ސާބިތު ދަރަންޏެއް އޮތް ކަމަށް ކަނޑައަޅައި، އޭނާގެ ގޮނޑި ގެއްލިފައިވާ ކަމަށް މި މަހުގެ 12 ވަނަ ދުވަހު ސުޕްރީމް ކޯޓުން ޙުކުމް ކުރުމާ ގުޅިގެންނެވެ. އެއީ މޯލްޑިވްސް އިސްލާމިކް ބޭންކުން ނެގި 2.5 މިލިއަން ރުފިޔާގެ ލޯނަކަށް، ކޯޓު ޙުކުމާ އެއްގޮތަށް ފައިސާ ދައްކަމުން ނުދާ މައްސަލައެއްގައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

''ޕީއެންސީގެ ސަޕޯޓަރުންނަށް ކޮށްދެވޭނެ އެންމެ އަގުބޮޑު ޚިދުމަތަކީ ބައިބައިނުވެ ރައީސް ދެވަނަ ދައުރަކަށް ހޮވަން މަސައްކަތްކުރުން''ޚަބަރު | 2 ދުވަސް ކުރިންބަޔަކު ދައްކާހާ ވާހަކަޔަކަށް ޕީއެންސީ ނުގުޑާނެ: އަބުދުއްރަހީމްޚަބަރު | 6 ދުވަސް ކުރިންމިއޮތީ އެމްޑީޕީގެ ވެރިކަމުގައި އުތީމު ލަތީފްބެއަށް ދިން އަނިޔާ، ނަޝީދު އެއިރު އިންނެވީ ތާކިހާ އަޅުއްވައިގެންޚަބަރު | 6 ދުވަސް ކުރިންކޮންމެފަހަރަކު ޕީއެންސީ އިން ވެރިކަމާ ހަވާލުވާން ޖެހެނީ އެމްޑީޕީ އިން ހޭވި 'ހަޑި' ސާފުކުރަން: ޝުޖާއުޚަބަރު | 8 ދުވަސް ކުރިން