logo
Bank of Maldives

Bank of Maldives

ޚަބަރު

ބޮޑު ޑްރެޖަރެއް ގެނެސް އޭޕްރީލްގެ ނިޔަލަށް ރަސްމާލެ ހިއްކައި ނިންމަނީ

މުހައްމަދު މޫސާމުހައްމަދު މޫސާ
26 ނޮވެމްބަރު 2025 - 03:01
ބޮޑު ޑްރެޖަރެއް ގެނެސް އޭޕްރީލްގެ ނިޔަލަށް ރަސްމާލެ ހިއްކައި ނިންމަނީ

ރާއްޖޭގައި މިހާތަނަށް ހިންގާ އެންމެ ބިޔަ ބޯހިޔާވަހިކަމުގެ މަޝްރޫޢު ހިންގަން ނިންމާފައިވާ ރަސްމާލެ ހިއްކުމުގެ މަސައްކަތް އަންނަ މަހުގެ ތެރޭގައި ގެނެވޭ ބޮޑު ޑްރެޖަރަކާއެކު، އަންނަ އޭޕްރީލް މަހުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު އަންގާރަ ދުވަހުގެ ރޭ ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، އަންގާރަ ދުވަހުގެ ރޭ މާލޭ ސިޓީގެ މައްޗަންގޮޅީގެ ރައްޔިތުންނާއެކު އަމީނިއްޔާ ސްކޫލްގައި ބޭއްވެވި މަޝްވަރާ ބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ސަރުކާރުން އިސްކަންދީގެން ކުރިއަށްގެންދާ މި ބިޔަ މަޝްރޫޢުގެ ދަށުން ހުޅުމާލެއަށްވުރެ ތިންގުނަ ބޮޑު ސަރަޙައްދެއް ހިއްކާނެ ކަމަށެވެ. ރަސްމާލޭ ހިއްކުން އަވަސްކުރުމަށްޓަކައި އަންނަ މަހުގެ ފުރަތަމަ ހަފްތާގައި ރާއްޖެއަށް ގެނެވޭ ބޮޑު ޑްރެޖަރަކީ، މިހާރު ހުޅުމާލޭ ފޭސް 3 ހިއްކުމުގެ މަސައްކަތް ކުރަމުން އަންނަ ޑްރެޖަރުތަކަށްވުރެ ބޮޑު ޑްރެޖަރެކެވެ. މި ޑްރެޖަރުގެ އެހީގައި ބިން ހިއްކުމުގެ މަސައްކަތް އިތުރަށް އަވަސްވެ، އަންނަ އޭޕްރީލް މަހަށް އެތަނުގެ މަަސައްކަތް އެއްކޮށް ނިންމާލެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. މިވަގުތުވެސް 3 ސަރަޙައްދަކުން ރަސްމާލެ ހިއްކުމުގެ މަސައްކަތް ކުރިއަށްދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރަސްމާލެ ހިއްކާ ނިމޭއިރު އެ ސަރަޙައްދުން ގޯތި ލިބޭ ފަރާތްތައް ކަނޑައަޅާ ނިމޭނެ ކަމަށާއި، އެކަމަށްޓަކައި އުސޫލުގެ ތެރެއިން މިހާރުވެސް މަސައްކަތްތައް ކުރެވެމުންދާކަން ރައީސް ވިދާޅުވިއެވެ. މި މަޝްރޫޢުގެ ދަށުން ޖުމްލަ 25,000 ގޯތި ދޫކުރުމަށް ނިންމާފައިވާއިރު، ފުރަތަމަ ބުރުގައި 15,000 ގޯތި ދޫކުރުމަށް ވަނީ ޢިއުލާން ކުރެވިފައެވެ. ރަސްމާލޭގެ މާސްޓަރޕްލޭން ހެދުމުގެ މަސައްކަތް ބޭރުގެ ކޮންސަލްޓަންޓަކާ ހަވާލުކުރަން މަސައްކަތް ކުރަމުންދާ ކަމަށްވެސް ރައީސް މުޢިއްޒު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ކުރީ ސަރުކާރުން ގޯތި ދޫކޮށްފައިވާ ނުހިއްކާ ތަންތަން ހިއްކުމުގެ މަސައްކަތްވެސް މި ސަރުކާރުން ފަށާފައިވާކަން ފާހަގަކުރެއްވިއެވެ. މި މަސައްކަތްތައް އަވަސް ކުރުމަށް އިތުރު ޑްރެޖަރެއް ގެނެސްފައިވާއިރު، ހުޅުމާލޭ ފޭސް ތިނެއް ހިއްކުން މާދަމާ ފަށައި، އަންނަ މަހުގެ ނިޔަލަށް ނިމޭނެ ކަމަށާއި، އޭގެފަހުން ގިރާވަރު ފަޅު ހިއްކުން ދެ މަސް ތެރޭގައި ނިމޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ، ހުޅުމާލޭ ފޭސް 2 ގައި ތަރައްގީކުރަމުން އަންނަ ފްލެޓްތަކަށް، އާ ދިރާސީ އަހަރު ފެށޭއިރަށް މީހުންނަށް ވަދެވޭނެ ކަމަށެވެ. ރިޔާސީ އިންތިޚާބުގައި ވެވަޑައިގެންނެވި ވަޢުދުފުޅާ އެއްގޮތަށް، ފްލެޓާއި ގޯތި ލިބުނު ފަރާތްތަކަށް ހަމައެގޮތަށް އެތަކެތި ލިބޭނެ ކަމަށްވެސް ރައީސް މުޢިއްޒު ވަނީ ޔަގީންކަން ދެއްވާފައެވެ.

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބޮޑު ޑްރެޖަރެއް ގެނެސް އޭޕްރީލްގެ ނިޔަލަށް ރަސްމާލެ ހިއްކައި ނިންމަނީޚަބަރު | 24 މިނިޓު ކުރިންތިން މަސް ތެރޭ ގިރާވަރުފަޅު ހިއްކަން އިތުރު ޑްރެޖަރެއް ޚަބަރު | 15 ގަޑިއިރު ކުރިންމާލެ ސަރަހައްދުގެ ސިލްސިލާ ބައްދަލުވުންތައް: ދެވަނަ ބައްދަލުވުން މިރޭ މައްޗަންގޮޅީ ރައްޔިތުންނާއެކު ޚަބަރު | ދުވަހެއް ކުރިންވިހެއުމުގެ ތެރޭގައި ނިޔާވި ޒުވާނާގެ އާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެޚަބަރު | ދުވަހެއް ކުރިން