logo
Bank of Maldives

Bank of Maldives

ޚަބަރު

ރަސް މާލެ ހިއްކުމުގެ މަސައްކަތް ބާރަށް: މިހާތަނަށް 101 ހެކްޓަރުގެ ބިން ހިއްކައިފި

އަޙްމަދު ސަދޫފް މޫސާއަޙްމަދު ސަދޫފް މޫސާ
27 އޭޕްރީލު 2025 - 13:07
ރަސްމާލެ އިން ހިއްކާފައިވާ 101 ހެކްޓަރުގެ ބިން -- ފޮޓޯ: އެޗްޑީސީ
ރަސްމާލެ އިން ހިއްކާފައިވާ 101 ހެކްޓަރުގެ ބިން -- ފޮޓޯ: އެޗްޑީސީ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އެންމެ މުހިންމު އެއް ވައުދުފުޅުކަމުގައިވާ، ބޯހިޔާވަހިކަމުގެ ޖުމްލަ ޙައްލު ހޯދުމަށް ތަރައްޤީކުރާ ރަސްމާލޭގެ 101 ހެކްޓަރުގެ ބިން މިހާތަނަށް ހިއްކާފައިވާކަން އެޗްޑީސީން ހާމަކޮށްފިއެވެ.

އެޗްޑީސީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އެ މަޝްރޫގެ ދަށުން މި މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް ޖުމްލަ 101 ހެކްޓަރުގެ ބިން ހިއްކާފައިވާއިރު، އޭގެ ތެރެއިން 29 ހެކްޓަރުގެ ބިން ހިއްކީ އެ މަސައްކަތް އެންމެ ފުރަތަމަ ހަވާލުކުރި ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (ސީއެމްސީސީ) އިންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

އަދި ބާކީ އޮތް 72 ހެކްޓަރުގެ ބިން ހިއްކާފައިވަނީ އެ މަޝްރޫއުގެ ހަތަރު ސައިޓު ހިއްކުމުގެ މަސައްކަތްކުރާ މޯހަން މުތާ އެކްސްޕޯރޓްސް ޕްރައިވެޓް ލިމިޑުންނެވެ. އެ ކުންފުނިން މުޅި ޖުމްލަ 378 ހެކްޓަރުގެ ބިން ހިއްކާނެއެވެ.

އެޗްޑީސީން ބުނި ގޮތުގައި، މިހާރު ހިއްކި ބިމަކީ ހުޅުމާލޭ އެއްވަނަ ފިޔަވަހީގެ ދެ ބައިކުޅަ އެއް ބަޔަށް ވުރެ ބޮޑު ބަޔެކެވެ.

ސޭފް އައިލެންޑުގެ ގޮތުގައި ހިއްކާ ރަސްމާލޭގެ އިތުރު މައުލޫމާތު ދެމުން އެޗްޑީސީން ބުނި ގޮތުގައި، މޫސުމަށް އަންނަ ބަދަލުތަކާއި ރަށްގިރުމުން ސަލާމަތްކުރުމަށް ރަސްމާލެ ފަޅު ހިއްކަނީ މޫދުގެ ލޮނުގަނޑުން ފެށިގެން 2.5 މީޓަރު އުސްކޮށެވެ. އަދި އެ ރަށަކީ މިހާތަނަށް ރާއްޖޭގައި އެންމެ އުސްކޮށް ހިއްކި ހުޅުމާލެއަށް ވުރެ ވެސް 0.5 މީޓަރު އުސްތަނެއް ކަން އެޗްޑީސީން ވަނީ ފާހަގަކޮށްފައެވެ.

ރަސްމާލެ އަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އެންމެ ބޮޑު އަދި އެންމެ މުހިންމު މަޝްރޫއަށް ވާއިރު، މި މަޝްރޫއަކީ ރާއްޖޭގެ ތާރީޚުގައި ވެސް މިހާތަނަށް، ގެދޮރުވެރިކަމަށް ޚާއްސަކޮށްގެން ހިންގާ އެންމެ ބޮޑު މަޝްރޫއެވެ. މި މަޝްރޫއު ސީއެމްސީސީ އާ ހަވާލުކޮށްގެން އަމަލީ މަސައްކަތް ފަށައިފައިވަނީ ހުސްވި 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ.

އެގޮތުން މި މަޝްރޫޢުގެ ދަށުން މުޅި ޖުމްލަ 1،153 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވާއިރު، އެ ބިންތަކުގައި 11،000 ގޯއްޗާއި 26،000އަށް ވުރެ ގިނަ ފްލެޓް ގާއިމްކޮށް ދޫކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. މި ބިމަކީ، ހުޅުމާލޭގެ ދެވަނަ ފޭސް ހިމެނޭހެން ހުޅުމާލޭގެ ތިން ގުނަ ބޮޑު ސިޓީއެކެވެ.

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އެޗްޑީސީން ވެސް ފުލެޓުތައް ކުއްޔަށް ދީފައި ހުރިތޯ ބަލައި، ފިޔަވަޅު އަޅަނީޚަބަރު | 10 ދުވަސް ކުރިންރަސްމާލޭގެ މާސްޓާ ޕްލޭން ތައްޔާރުކުރުމަށް ކޮންސަލްޓެންޓެއް ހޯދަނީޚަބަރު | 17 ދުވަސް ކުރިންރައީސް ސޯލިހުގެ ވެރިކަމުގައި އެޗްޑީސީންވެސް 200 މިލިއަނާ ގާތްކުރާވަރުގެ ވައްކަމެއް ޚަބަރު | 20 ދުވަސް ކުރިންއަންނަ މަހުގެ 3 ވަނަ ދުވަހު ހުޅުމާލޭގެ ގޮނޑުދޮށް ސާފުކުރަނީ ޚަބަރު | 22 ދުވަސް ކުރިން