logo
Bank of Maldives

Bank of Maldives

ޚަބަރު

ހުޅުމާލޭގެ މަގުތައް މަރާމާތުކުރަން ހަވާލުކޮށްފި

ޒިދާން މުޙައްމަދު
5 ޑިސެމްބަރު 2025 - 12:05
ހުޅުމާލޭގެ މަގުތައް މަރާމާތުކުރަން ހަވާލުކޮށްފި

ހުޅުމާލޭގެ ބައެއް މަގުތައް މަރާމާތުކުރަން ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްފިއެވެ.

އެޗްޑީސީގައި ބޭއްވި ރަސްމިއްޔާތުގައި 1.1 ކިލޯ މީޓަރުގެ މަގު 6 މަސް ދުވަހުގެ ތެރޭގައި މަރާމާތުކޮށް ނިންމަން ހަވާލުކުރީ ރޮޓައިމް އިންޖިނިއަރިން އެންޑް ޓެކްނޮލޮޖީ ނަމަކަށް ކިޔާ ކުންފުންޏަކާއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިމަސައްކަތުގެ އެއްބަސްވުމުގައި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން -- އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަލީ ޒުހެއިރެވެ. އަދި ރޮޓައިމްގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު ޖޯވޭޑޮންގުއެވެ.

މި މަޝްރޫއުގެ ދަށުން، ހުޅުމާލެ 1 ގައި މިހާރު މަރާމާތުކުރަން ޖެހިފައި ހުރި ހުރިހާ މަގުތަކެއް އަދި ހުޅުމާލެ 2ގެ ވިނަރެސް ފްލެޓްތަކާ އިންވެގެން ހުރި މަގުތައް މަރާމާތުކޮށް ނިންމާނެއެވެ.

މަޝްރޫއުގައި މައިގަނޑު ގޮތެއްގައި ހިމެނެނީ ތާރުގަނޑު ހަލާކުވެފައި ހުރި މަގުތެކެވެ. އޭގެ ތެރޭގައި ހުޅުމާލެ 1 ގައި ފިތުރޯނު މަގާއި އެ މަގާ ގުޅިފައިވާ ގޯޅިތަކުގެ ތެރެއިން ތާރުގަނޑު ހަލާކުވެފައިވާ މަގުތައް ހިމަނާފައިވެއެވެ.

އެޕޯލޯ ޓަވަރު، ފިތުރޯން، ވަން އެވެނިއު އަދި އައިރާ ރެސިޑެންސް ހިމެނޭ ސަރަހައްދުގެ މަގުތަކާއި ވަން ސެންޓްރަލް ކުރިމަތިން އޮންނަ މަގާއި ގޯޅި އާއި ޓްރީ ޓޮޕް ޕާކް ކައިރި އާއި ދަ ގާޑެންސް ރެސިޑެންސް ކައިރި ވެސް ހިމެނެއެވެ.

މަސައްކަތް ކުރިއަށް ގެންދަން ރާވާފައި ވަނީ ހުޅުމާލެ 1 އިން ފަށައި، ހުޅުމާލެ 2 އަށް ނިންމާ ގޮތަށެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އެޗްޑީސީގެ "ސިލްވަ ޖުބްލީ" ފާހަގަކުރަން ހާއްސަ ހަރަކާތްތަކެއް!ޚަބަރު | 15 ދުވަސް ކުރިންފޭސް 2 ގައި ޤާއިމްކުރި ރޯދަ މަރކޭޓް ހުޅުވައިފިޚަބަރު | 21 ދުވަސް ކުރިންއެސްޓީއޯގެ ޕީޕަލްސް ޗޮއިސްގެ އައު އައުޓްލެޓް ހުޅުމާލޭގައި ހުޅުވައިފި ޚަބަރު | 22 ދުވަސް ކުރިންހުޅުމާލޭގައި ހިލޭ ކުރިއަށް ގެންދާ ގުރުއާން ކްލާސްތަކަށް ބޮޑު ތަރުހީބެއް!ޚަބަރު | މަހެއް ކުރިން