logo
Bank of Maldives

Bank of Maldives

ޚަބަރު

އެސްޓީއޯގެ ޕީޕަލްސް ޗޮއިސްގެ އައު އައުޓްލެޓް ހުޅުމާލޭގައި ހުޅުވައިފި

މުޙައްމަދު އަފްރާޙް
18 ފެބްރުއަރީ 2026 - 07:21
އެސްޓީއޯގެ ޕީޕަލްސް ޗޮއިސްގެ އައު އައުޓްލެޓް ހުޅުމާލޭގައި ހުޅުވައިފި

އެސްޓީއޯ ޕީޕަލްސް ޗޮއިސް ހުޅުމާލޭ އައުޓްލެޓް ރަސްމީކޮށް ހުޅުވައިފިއެވެ.

މި އައުޓްލެޓް ހުޅުވުނީ 17 ފެބްރުއަރީ 2026 ވަނަ ދުވަހުގެ ރޭ ހުޅުމާލޭ ޕީޕަލްސް ޗޮއިސް އައުޓްލެޓްގައި ބޭއްވި ހާއްސަ ހަފްލާއަކުންނެވެ. މި ހަފްލާ ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް އިކޮނޮމިކް، ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް މުހައްމަދު ސަޢީދެވެ.

Ad by Hajj Corporation

Ad by Hajj Corporation

ހުޅުމާލޭގައި އާބާދީ ދުވަހެއް ދުވަހަކަށް ބޮޑުވަމުންދާއިރު، އެސްޓިއޯގެ ޕްރެޒެންސެއް ހުޅުމާލޭގައި ނެތުމަކީ ގިނަ ބަޔަކު ކުރަމުން އަންނަ ޝަކުވާއެކެވެ. އެހެންކަމުން، ހުޅުވިގެން ދިޔަ މި އައުޓްލެޓާއި އެކު ހުޅުމާލޭގައި ދިރިއުޅުއްވާ ފަރާތްތަކަށް އެސްޓީއޯ އިން ވިއްކާ މުދާތައް ފަސޭހަ ކަމާއިއެކު ލިބިގެންދާނެއެވެ. އަދި ކުރިއަށް އޮތް ބަރަކާތްތެރި ރަމަޟާން މަހު، ހަނޑޫ ހަކުރު އަދި ފުށުގެ އިތުރުން އަސާސި ކާބޯތަކެތީގެ ލިސްޓަށް އިތުރު ކުރެވިގެން ދިޔަ 23 ބާވަތް މި އައުޓްލެޓުން ލިބެން ހުންނާނެއެވެ.

މީގެ އިތުރުން އެސްޓީއޯއިން އެތެރެކޮށް ވިއްކާ ބްރޭންޑްތަކުގެ އުފެއްދުންތައް، މާލޭގެ އެސްޓީއޯ ޕީޕަލްސް ޗޮއިސްއާއި އެއްގޮތަށް ހުޅުމާލޭ އައުޓްލެޓުން އާއްމުންނަށް ލިބިގެންދާނެއެވެ. މި ތަކެތީގެ އިތުރުން އެސްޓީއޯގެ މަޝްހޫރު ބްރޭންޑްތައް ކަމަށްވާ ހިޓާޗީ، އެލްޖީ އަދި ފިލިޕްސް ބްރޭންޑުގެ ހޯމް އިމްޕްރޫވްމެންޓް ސާމާނުތައް ވެސް މި އައުޓްލެޓުން ލިބެން ހުންނާނެއެވެ.

މި އައުޓްލެޓުން އަސާސީ ކާބޯތަކެތީގެ ގޮތުގައި ކަނޑައަޅާފައިވާ ހުރިހާ އައިޓަމްތަކެއް ރީޓެއިލްކޮށް ލިބެން ހުންނާނެއެވެ. އަދި ކުރިއަށް އޮތްތާނގައި ހުޅުމާލޭގައި އުޅުއްވާ ވިޔަފާރި ވެރިންނަށް ހޯލްސޭލްކޮށް މިތަކެތި ދޫކުރުމުގެ އިންތިޒާމުވެސް ހަމަ ޖެހިގެންދާނެއެވެ.

މި އައުޓްލެޓަކީ ރަމަޟާން މަހާއި ގުޅިގެން ހުޅުވުނު އައުޓްލެޓެއް ކަމުގައި ވިޔަސް ކުރިއަށް އޮތް ތާނގައިވެސް މި އައުޓްލެޓްގެ ޚިދުމަތް އާމުންނަށް ލިބިގެންދާނެއެވެ.

މި ފިހާރަ ހުންނާނީ ހުޅުމާލޭ ރީތިގަސް މަގު (ރެއިން ކޮރަލް ރެޒިޑެންސް) ގައެވެ. ހުޅުވާފައި ހުންނަ ގަޑިތަކަކީ ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހަކު ހެނދުނު 8:30 އިން ރޭގަނޑު 22:00 އަށް އަދި ހުކުރު ދުވަހު ހަވީރު 16:00 ން ރޭގަނޑު 22:00 އަށެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މާލެ އަދި ހުޅުމާލެއިން ކަރަންޓު ކެނޑިއްޖެޚަބަރު | 8 ދުވަސް ކުރިންހުޅުމާލެ އިންޖީނުގޭގެ ޕަވަރ ސިސްޓަމް އަޕްގްރޭޑް ކުރުމުގެ މަސައްކަތެއް ހޮނިހިރު ދުވަހު ކުރަނީޚަބަރު | 9 ދުވަސް ކުރިންހުޅުމާލޭގައި ތަރައްގީކުރި ސްޕޯޓްސް ޕާކު ރަސްމީކޮށް ހުޅުވައިފިޚަބަރު | 12 ދުވަސް ކުރިންއެސްޓީއޯގެ ހިއްސާއަކަށް 85 ރުފިޔާ ބަހަން ފާސްކޮށްފި، މިއީ ފަހުގެ ތާރީޚެއްގައި ހިއްސާއަކަށް ޖެހުނު އެންމެ ބޮޑު އަދަދުޚަބަރު | 14 ދުވަސް ކުރިން