logo
MPL

MPL

ޚަބަރު

ހުޅުމާލެ އިންޖީނުގޭގެ ޕަވަރ ސިސްޓަމް އަޕްގްރޭޑް ކުރުމުގެ މަސައްކަތެއް ހޮނިހިރު ދުވަހު ކުރަނީ

ހުޅުމާލެ އިންޖީނުގޭގެ ޕަވަރ ސިސްޓަމް އަޕްގްރޭޑް ކުރުމުގެ މަސައްކަތެއް ހޮނިހިރު ދުވަހު ކުރަނީ

މިމަހުގެ 23 ގައި ހުޅުމާލެ އިންޖީނުގޭގެ ޕަވަރ ސިސްޓަމް އަޕްގްރޭޑް ކުރުމުގެ މަސައްކަތެއް ކުރަން ނިންމާފައިވާ ކަަމަށް ސްޓެލްކޯ އިން ބުނެފިއެވެ.

ހުޅުމާލޭގެ 50 މެގަވޮޓް އިންޖީނުގޭގެ ޕަވަރ ސިސްޓަމަށް ގެންނަ އަޕްގްރޭޑަކާއި ގުޅޭގޮތުން މީޑިއާ އަށް ފޮނުވި ނޯޓެއްގައި ބުނީ އެ ކުންފުނިން މާލެ ސަރަޙައްދުގެ ރައްޔިތުންނަށް ދެމުންދާ ކަރަންޓުގެ ޚިދުމަތް އިތުރަށް ހަރުދަނާކޮށް، މެދުކެނޑުމެއްނެތި އެ ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި މުހިންމު މަސައްކަތްތަކެއް ކުރަމުން އަންނަކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިގޮތުން، ހުޅުމާލޭގައި ގާއިމުކޮށްފައިވާ 50 މެގަވޮޓްގެ އިންޖީނުގޭގެ ޕަވަރ ސިސްޓަމަށް ކޮންމެހެން ގެންނަންޖެހޭ މުހިންމު އަޕްގްރޭޑެއް ގެނައުމަށް ހަމަޖެހިފައިވާ ކަަމަށާއި މި އަޕްގްރޭޑާއެކު އެ އިންޖީނުގެއަށް އިތުރު ޖަނަރޭޝަން ފީޑް ކުރުމަށް ފުރުސަތު ހުޅުވި، މާލެ ސަރަހައްދުގެ ކަރަންޓުގެ ވިއުގައިގެ ޖަނަރޭޝަން ކެޕޭސިޓީ އިތުރު ކުރުމަށް ފުރުސަތު ފަހިވެގެންދާނެ ކަމަށް ބުނެއެވެ.

މިއީ ކަސްޓަމަރުންނަށް ފޯރުކޮށްދެމުންދާ ޚިދުމަތްތައް ޒަމާނީ ވަސީލަތްތަކާއެކު އިތުރަށް ފުރިހަމަކުރުމަށްޓަކައި ކުރެވޭ މުހިންމު މަސައްކަތެއްކަން ސްޓެލްކޯ އިން ފާހަގަކުރެއެވެ. އަދި މި މަސައްކަތް ފުރިހަމަކުރުމަށްޓަކައި 23 މޭ 2026 ވާ ހޮނިހިރު ދުވަހުގެ ފަތިހު 03:00 އިން ހެނދުނު 08:00 އަށް ހުޅުމާލޭގެ 50 މެގަވޮޓް އިންޖީނުގެ ނިއްވާލުމަށް ތާވަލުކުރެވިފައިވާ ކަމަށް ވެސް ބުނެއެވެ.

މަސައްކަތް ކުރިއަށްދާ ވަގުތު، ކަރަންޓު ބޭނުންކުރާ މިންވަރު އުފެއްދޭ މިންވަރަށްވުރެ އިތުރުވެއްޖެނަމަ، ބައެއް ސަރަހައްދުތަކުން ކަރަންޓުގެ ޚިދުމަތް މެދުކަނޑާލަން ޖެހިދާނެ ކަމަށާއި މި ވަގުތަކީ ކަރަންޓު ބޭނުންކުރާ މިންވަރު އެންމެ މަދު ވަގުތު ކަމަށްވާތީ، ޚިދުމަތަށް ކުރާނެ އަސަރު ކުޑަވާނެ ކަމަށް ސްޓެލްކޯ އިން ބުނެއެވެ. އަދި އެކުންފުނީގެ އަމާޒަކީ ކަނޑައެޅިފައިވާ ވަގުތަށްވުރެ އަވަހަށް މަސައްކަތް ނިންމައި، ވީއެންމެ އަވަހަކަށް ޚިދުމަތް އާންމު ހާލަތަށް ގެނައުން ކަމަށް ވެސް ވަނީ ބުނެއެވެ.

ސްޓެލްކޯ އިން ބުނީ މަސައްކަތް ކުރިއަށްދާ ވަގުތު، ކަރަންޓު ކަނޑާލަންޖެހޭ ފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ، އެ މަޢުލޫމާތު ސޯޝަލް މީޑިއާ މަންސަތަކުން ވަގުތުން ހިއްސާކުރަމުންދާނެ ކަމަށާއި މިފަދަ ކަންކަމުގައި ކަސްޓަމަރުންގެ ފަރާތުން އަބަދުވެސް ލިބެމުންދާ އެއްބާރުލުމަށްޓަކައި ޝުކުރު އަދާކުރާ ކަމަށެވެ.

މީގެއިތުރުން ހުޅުމާލޭގެ 50 މެގަވޮޓް އިންޖީނުގެ ނިއްވާލި ނަމަވެސް، އެ ވަގުތުތަކުގައި މާލެއާއި ހުޅުމާލެއަށް ބޭނުންވާ ވަރަށް ކަރަންޓު ފޯރުކޮށްދިނުމުގެ ގާބިލްކަން ގްރޭޓަރ މާލޭ އިންޓަރކަނެކްޝަން ގްރިޑްގައި ހުންނާނެ ކަމަށް ވެސް ސްޓެލްކޯ އިން ވަނީ ބުނެފައެވެ.

އެހެންކަމުން އެ ގަޑީގައި އެއްވެސް ތަނަކުން ކަރަންޓު ކެނޑުމުގެ ފުރުސަތު ވަރަށް ކުޑަކަން ފާހަގަކޮށްފައިވާއިރު، އެހެން ނަމަވެސް، އެ ވަގުތު މާލެ އާއި ހުޅުމާލޭގެ ބޮޑު އިންޖީނަކަށް ކަމެއް ދިމާވެއްޖެ ހާލަތެެއްގައި، ލޯޑް މެނޭޖްކުރުމަށްޓަކައި، ބައެއް ތަންތަނުން ކަރަންޓު ކަނޑާލަންޖެހުމުގެ ފުރުސަތު އޮންނާނެ ކަމަށް ވެސް ބުނެފައި ވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރައީސްގެ ނިންމެވުމާ އެއްގޮތަށް، ފެނަކައިގެ ޚިދުމަތްތައް ސްޓެލްކޯއަށް ބަދަލުކޮށް ނިންމާލައިފިޚަބަރު | 10 ގަޑިއިރު ކުރިންތިނަދޫ ސިޓީގެ ޔުޓިލިޓީ ޚިދުމަތްތައް ސްޓެލްކޯއިން ރަސްމީކޮށް ފަށައިފިޚަބަރު | 10 ދުވަސް ކުރިންސްޓެލްކޯއިން ތިނަދޫ ކަރަންޓުގެ ހިދުމަތާ ހަވާލުވެއްޖެ ވިޔަފާރި | 10 ދުވަސް ކުރިންސްޓެލްކޯއިން ހޯރަފުށީގައި 1 މެގަވޮޓްގެ ޖަނަރޭޓަރެއް ރަސްމީކޮށް އިފްތިތާހުކޮށްފިޚަބަރު | 12 ދުވަސް ކުރިން