logo
ކުރިއަށް އޮތް 2 އަހަރު ތެރޭ ދެ ގައުމުގެ ވިޔަފާރި 200 މިލިއަން ޑޮލަރަށް އަރާނެ: ޕާކިސްތާނު ބޮޑުވަޒީރުMPL

MPL

ޚަބަރު

ބޭރުގެ އިންވެސްޓަރުންނަށް ރަސްމާލެ މަޝްރޫއުގައި އިންވެސްޓުކުރުމުގެ ފުރުސަތު

ހުސައިން ވަސީމް
1 ޖުލައި 2025 - 11:22
ބޭރުގެ އިންވެސްޓަރުންނަށް ރަސްމާލެ މަޝްރޫއުގައި އިންވެސްޓުކުރުމުގެ ފުރުސަތު

ސަރުކާރުން ހިންގާ ރަސްމާލެ މަޝްރޫއުގައި އިންވެސްޓުކުރުމުގެ ފުރުސަތު ސިންގަޕޫރުގެ އިންވެސްޓަރުންނަށް އޮތްކަން ސަރުކާރުން ހާމަކޮށްފި އެވެ.

ސިންގަޕޫރްގައި މިއަދު ބޭއްވި ރާއްޖޭގެ އިންވެސްޓްމެންޓް ފޯރަމްގައި ވަނީ ރާއްޖޭގައި ހުރި އިންވެސްޓްމަންޓް ފުރުސަތުތައް ކިޔައިދީފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރަސްމާލެއަކީ ބޯހިޔާވަހިކަމުގެ މައްސަލަ ޙައްލުކުރުމަށް ސަރުކާރުން ގެންގުޅުއްވާ ތަސައްވުރުގައި ހިމެނޭ އެންމެ ބިޔަ މަޝްރޫޢެވެ.ރަސްމާލެއަކީ 1150 ހެކްޓަރުގެ ބޮޑު ބިމެއް

މި ފޯރަމްގައި ރާއްޖޭގެ ފަރާތުން ހުށަހެޅި ޕްރެޒެންޓޭޝަންގައި ރަސްމާލޭގައި 65000 ހައުސިންގ ޔުނިޓު އެޅުމަށް ނިންމާފައިވާ ކަން ފާހަގަކޮށްފައިވެ އެވެ. އަދި ރަސްމާލެ ތަރައްގީކުރުމުގެ ފުރަތަމަ ފިޔަވަހީގެ ބިންހިއްކުމުގެ މަސައްކަތް ފެށިފައިވާކަންވެސް ފަހަގަކޮށްފައިވެ އެވެ.

ރަސްމާލޭގައި އިންވެސްޓް ކުރުމުގެ ފުރުސަތު ހުރި ދާއިރާތަކުގެ ތެރޭގައި ރެސިޑެންޝަން ޓައުންޝިޕް ތަރައްގީކުރުމާއި ފަތުރުވެރިކަން ކުރިއެރުވުމަށް ޔޮޓް މެރީނާ އާއި ތީމް ޕާކް ތަރައްގީކުރުމާއި ރިސޯޓް ތަރައްގީކުރުން ހިމެނެ އެވެ.

މީގެއިތުރުން ރާއްޖޭގެ އެކިކަންކޮޅުތަކުގައި ކުރިއަށް ގެންދާ ހައުސިން މަޝްރޫއުތަކުގައި އިންވެސްޓަރުންނަށް ފުރުސަތުތައް ހުރިކަންވެސް ފާހަގަކޮށްފައިވެއެވެ.

ރަސްމާލެ މަޝްރޫޢުގެ މަސައްކަތަށް ބޭނުންވާ 400 މިލިއަން ރުފިޔާ ބަޖެޓުގައި ހިމެނުމަށް ރައީށް މުއިއްޒު އޭރު މަޖިލީހަށް ހުށަހެޅުއްވި އެވެ. އެހެންނަމަވެސް އޭރުގެ މަޖިލީހުގެ މެޖޯރިޓީ އޮތް އެމްޑީޕީން އެ ފައިސާ ބަޖެޓުގައި ހިމަނަން ދެކޮޅު ހެދުމުން ރަސްމާލެ ހިއްކުމުގެ މަސައްކަތް އޮތީ މަޑުޖެހިފަ އެވެ.ރަސްމާލެގެ މަސައްކަތް އެންމެ ފުރަތަމަ ފެށީ 2023 ވަނަ އަހަރު ޑިސެމްބަރު މަހު 18 ވަނަ ދުވަހުއެވެ.

އޭރު މަސައްކަތް ކުރީ 10 މަހުން ބިން ހިއްކުމުގެ މަސައްކަތް ނިންމުމަށެވެ. ނަމަވެސް ދިމާވި މައްސަލަތަކެއްގެ ސަބަބުން، ބައެއް ބަދަލުތައް ޕްރޮޖެކްޓަށް ގެންނަމުންދާކަމަށް ސަރުކާރުން މީގެކުރިން ވަނީ ހާމަކޮށްފައެވެ.

ރަސްމާލެ މަޝްރޫޢުގެ މަސައްކަތަށް ބޭނުންވާ 400 މިލިއަން ރުފިޔާ ބަޖެޓުގައި ހިމަނާ އަލުން ރަސްމާލެ ހިއްކުމުގެ މަސައްކަތް ފަށާފައި ވަނީ 2024 ވަނަ އަހަރުގެ ނޮވެމްބަރު މަހު އެވެ. އެ މަޝްރޫއުގެ ދަށުން 1،153 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވާ އިރު، އެ މަސައްކަތް ކުރުމަށް އެޗްޑީސީން ހަވާލުކޮށްފައި ވަނީ ސްރީ ލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީއެމްސީސީ) އާއެވެ.

ފުށިދިއްގަރު ފަޅު ހިއްކައިގެން ތަރައްގީ ކުރަމުންދާ ރަސްމާލެ މަޝްރޫއު ފެށިގެން ކުރިއަށްދާއިރު، އެ މަޝްރޫއުގެ މަސައްކަތް ބާރު ސްޕީޑްގައި ކުރިއަށްދެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް ކާމިޔާބުކަމާއެކު ރަސްމާލެ މަޝްރޫޢު ކުރިއަށްދާނެކަމަށް ސަރުކާރުން  ވަނީ ބުނެފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރަސްމާލޭގެ މަޝްރޫއު ކުރިއަށް ގެންދާނީ ޕީއެސްއައިޕީ އުސޫލުން: މުއްތަލިބުޚަބަރު | 3 ދުވަސް ކުރިންރަސްމާލެ މަޝްރޫއުން ބޯހިޔާވަހިކަން ގެއްލޭ ކަމަށް ދައްކާ ވާހަކައަކީ ބުހުތާނު ދޮގެއް: ޝުޖާއުޚަބަރު | 5 ދުވަސް ކުރިންދުނިޔޭގެ ސިޓީތައް އާރާސްތުކުރި އީގަލް ހިލްސްގެ ރާއްޖޭގެ މަޝްރޫޢުން ދެކުނު އޭޝިއާ ސިއްސުވާލާނެ! ''ތޯތޯ'' ކުންފުންޏެއް، މަޝްރޫޢުއެއްނޫން!ވިޔަފާރި | 6 ދުވަސް ކުރިންބިން ވިއްކަން ވޯޓު ދީފައިވާ ޚަލީލަށް ކުއްލިއަކަށް ސަރުކާރު ގޯސްވުމަކީ ބޮޑު ޖޯކެއްރިޕޯޓް | 9 ދުވަސް ކުރިން