logo
E-Platinum
ޚަބަރު

ކޮލިޓީ ބޭސް ފޯރުކޮށްދިނުމާ ގުޅޭ އެއްބަސްވުމެއްގައި ސޮއިކޮށްފި

އާމިނަތު ޝަފާ
25 ޖުލައި 2025 - 12:34
ކޮލިޓީ ބޭސް ފޯރުކޮށްދިނުމާ ގުޅޭ އެއްބަސްވުމެއްގައި ސޮއިކޮށްފި

ކޮލިޓީ ބޭސް ފޯރުކޮށްދިނުމާ ގުޅޭ އެއްބަސްވުމެއްގައި އިންޑިއާ ސަރުކާރާއި ދިވެހި ސަރުކާރާ ދެމެދު ސޮއިކޮށްފިއެވެ.

އިންޑިއަން ފާމަކޯޕީއަ ކޮމިޝަން (އައި.ޕީ.ސީ) އާއި މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމް.އެފް.ޑީ.އޭ) އާ ދެމެދު ސޮއިކުރެވުނު އެއްބަސްވުމުގެ ސަބަބުން ދެ ޤައުމުގެ ދެމެދުގައި ޞިއްޙީ ދާއިރާގެ އެއްބާރުލުން އިތުރުވެގެންދާނެއެވެ.

މިއަދު ސޮއިކުރެވުނު އެމް.އޯ.ޔޫ އާއެކު، ދިވެހިރާއްޖެއިން އިންޑިއަން ފާމަކޯޕީއަ (އައި.ޕީ) ބަލައިގަންނާނީ ރާއްޖޭގައި އުފައްދާ އަދި އިމްޕޯޓްކުރާ ބޭސްތަކުގެ މިންގަނޑުތައް ކަނޑައަޅާ ރަސްމީ ފޮތެއްގެ ގޮތުގައެވެ. މިކަމުގެ ސަބަބުން ދިވެހި ރައްޔިތުންނަށް ލިބޭ ބޭސްތަކުގެ ފެންވަރު ކަށަވަރުކުރުން އިތުރުވެ، ރެގިއުލޭޓަރީ މަރުޙަލާތައް ހަލުވިވެގެންދާނެއެވެ. މި އެއްބަސްވުމުގެ ދަށުން އިންޑިއާއިން އެތެރެކުރާ ބޭސްތައް ދެވަނަ ފަހަރަށް ޓެސްޓްކުރަން ނުޖެހި، އިންޑިއާގެ އުފެއްދުންތެރިން ދޫކުރާ ސެޓްފިކެޓް އޮފް އެނަލިސިސް ދިވެހި އިދާރާތަކުން ސީދާ ބަލައިގަނެވޭނެ ނިޒާމު ހަމަޖެހިގެންދާނެއެވެ.

މި މެމޮރަންޑަމް އޮފް އަންޑަސްޓޭންޑިންގެ ސަބަބުން ދިވެހިރާއްޖޭގެ ޞިއްޙީ ދާއިރާއަށް ވަރަށް ބޮޑު ފައިދާތަކެއް ކުރާނެއެވެ. އެގޮތުން ފެންވަރު ބެލުމުގެ ތަޙްލީލުތަކަށް ބޭނުންވާ އިންޑިއަން ފާމަކޯޕީއާ ރެފަރެންސް ސްޓޭންޑަޑްސް (އައި.ޕީ.އާރް.އެސް) އަދި އިމްޕިއުރިޓީ ސްޓޭންޑަރޑްސް އައި.ޕީއާރް.އެސް މެދުވެރިކޮށް އެކަށީގެންވާ އަގުތަކެއްގައި ލިބިގެންދާނެއެވެ. މި އެއްބާރުލުމުގެ ސަބަބުން ޖެނެރިކް ބޭސްތައް ތައްޔާރުކުރުމަށް ރަނގަޅު ފުރުސަތުތަކެއް ހުޅުވި، ދިވެހިރާއްޖޭގައި ހެޔޮއަގުތަކެއްގައި ބޭސް ލިބުމަށް މަގުފަހިވެގެންދާނެއެވެ. ދިވެހިރާއްޖެ ފަދަ ޤައުމަކަށް، މި އެމް.އޯ.ޔޫގެ ސަބަބުން ފެންވަރު ރަނގަޅު ބޭސް ލިބުން ކަށަވަރުވެ، ރެގިއުލޭޓަރީ ބުރަތަކާއި އެކަމާ ގުޅުންހުރި ޚަރަދުތައް ކުޑަވެގެންދާނެއެވެ.

މިއަދުގެ ބޭއްވުނު ރަސްމިއްޔާތުގައި، އިންޑިއަން ފާމަކޯޕިއާ ކޮމިޝަންގެ ފަރާތުން، އިންޑިޔާގެ ހައި ކޮމިޝަނަރު ޝްރީ ޖީ. ބާލާސުބްރަމަނިއަން، އަދި މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ ފަރާތުން ސިއްޙަތާބެހޭ ވަޒީރު މިސްޓަރ ޢަބްދުﷲ ނާޒިމް އިބްރާހީމް، އެމް.އޯ.ޔޫގައި ސޮއިކުރެއްވިއެވެ.

ޞިއްޙަތާބެހޭ ވަޒީރު، އިންޑިއާ ސަރުކާރާއެކު ވެވުނު މި އެއްބަސްވުމަށްޓަކައި އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކުރެއްވިއެވެ. މި ބައިވެރިވުމަކީ ދިވެހިރާއްޖޭގެ ބޭސް ރެގިއުލޭޓްކުރުމުގެ އޮނިގަނޑާއި ޞިއްޙީ ދާއިރާ ހަރުދަނާކުރުމަށް އިންޑިއާ ސަރުކާރުން ދެއްވާ މުހިންމުކަން ދައްކުވައިދޭ ކަމެއްކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

Regional Airports
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކޮލިޓީ ބޭސް ފޯރުކޮށްދިނުމާ ގުޅޭ އެއްބަސްވުމެއްގައި ސޮއިކޮށްފި ޚަބަރު | 6 ދުވަސް ކުރިންރައްޔިތުން އެދުނު ބަދަލާއެކު މާފަރު ހެލްތް ސެންޓަރުގެ ޖާގަ އިތުރުކޮށް އަލުން ހަވާލުކޮށްފި ޚަބަރު | 7 ދުވަސް ކުރިންނަފްސާނީ ސިއްހަތުގެ ހެލްޕްލައިނަށް ދިމާވި މައްސަލައާ ގުޅިގެން ވަގުތީ ނަންބަރެއް ޚަބަރު | 12 ދުވަސް ކުރިން ކެންސަރަށް ރައްކާތެރިވުމަށް މާލޭގެ 5 ސުކޫލަކުން 505 ދަރިވަރަކަށް ވެކްސިން ދީފިޚަބަރު | މަހެއް ކުރިން